Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުމޫދުގެ މަރުގެ މައްސަލަ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދެ ދައުވާގައިވެސް އިއުތިރާފުގެ އެއްބަސްވުން ވެވެން ނެތްކަމަށް ދައުލަތުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 06:22
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ޝާ އަލޮމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަހުމޫދު މަރާލި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށެވެ. 

Advertisement - newsAdvertisement

މި އަޑުއެހުން ކުރިއަށް ގެންދަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 19 ޖެނުއަރީގައެވެ. އެ އަޑުއެހުމުގައި ކުރިއެކޭ އެއްގޮތަށް އިއުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށާއި، މިހާރު ހުންނެވި ވަކީލާއެކު ކުރިއަށް ގެންދަން ބޭނުންވާކަމަށް ޝާ އަލޮމް ވަނީ ބުނެފައެވެ. އަދި އިއުތިރާފް އެއްބަސްވުމަކަށް ދިފާއުން އެދުނު ނަމަވެސް، ދައުލަތުން މި ބާވަތުގެ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލައިފިނަމަ، ގަސްތުގައި މީހަކު މެެރުމުގެ ދައުވާގައި ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ޙާލަތުގައިވެސް ދައުވާ ލިބޭ މީހާއަށް ލުއި ލިބިދޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވާތީ ދެ ދައުވާގައިވެސް އިއުތިރާފުގެ އެއްބަސްވުން ވެވެން ނެތްކަމަށް ދައުލަތުން ބުނެއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން ބޭނުންވަނީ ހެކި ހުށައަޅައިގެން ކުރިއަށް ދިޔުމަށްކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް އަދި އޭގެ ފަހުން ސިޓީއެއް މެދުވެރިކޮށްވެސް އެދިފައިވާނެ ކަމަށާއި، އަވަސް ނިޔާގެ ޝަރީއަތް ކުރިއަށް ގެންދަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ނިންމަވާފައިވާ ނިންމެވުން ދަމަހައްޓަވާފައިވާކަން ސިޓީގެ ޖަވާބުގައި ދައުލަތަށް އަންގާފައިވާ ކަމަށެވެ. އަދި ހުރިހާ ވާރިސުން މަރަށް މަރު ހިފަން އެދޭނަމަ އެ އަދަބު ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި، މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށައަޅާ ޙާލަތުގައި ދައުވާ ލިބޭ މީހާ އިއުތިރާފުން ރުޖޫއަވެއްޖެނަމަ އޮންނާނެ ހަަމައެކަނި ހެއްކަކީ ޝަރީއަތުގައި ވީ ހެކިބަސް ކަމަށް ދައުލަތުން ފާހަގަ ކުރެއެވެ.

އެކަމާއި ގުޅިގެން ގާޒީ ވިދާޅުވީ، ދައުވާ ލިބޭ މީހާ އިއުތިރާފުވުމުން، އަވަސް ނިޔާގެ ބަދަލުގައި ހެކި ހުށައަޅައިގެން ކުރިއަށް ގެންދަންޖެހޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އަދި މީހަކު ޝަރީއަތުގެ މަޖިލީހުގައި މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޙުތިޔާރުގައިވާ އިއުތިރާފަށްވުރެ ވަކި ބޮޑު ހެއްކެއް ނޯންނާނެކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ދައުވާ ހުށައެޅުމަށް ދެންނެވިއެވެ.

އެއާއެކު ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ޝާ އަލޮމް މިއާގެ މައްޗަށް މި 2 ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވަނީ ނިމިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޝާ އަލޮމް ވަނީ ކުރިންވެސް ބަޔާންކޮށްފައިވާ ގޮތަށް ދައުވާއަށް އިއުތިރާފުވާކަމަށް ބުނެފައެވެ. އިއުތިރާފު ދަމަހައްޓަނީ އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ނެތި، ބުއްދި ސަލާމަތުން ހުރެގެންކަމަށް ޝާ އަލޮމް ބުނެފައިވެއެވެ. އަދި އެކަމަކީ ޝައިތާނާ ވަސްވާސް ދީގެން ކޮށްފައިވާ ކަމެއްކަމަށް ބުނި ބުނުން އޭނާ ވަނީ ތަކުރާރު ކޮށްފައެވެ.

ދިފާއީ ވަކީލު ވަނީ އިތުރަށް އިއުތިރާފު ޔަޤީން ކުރުމަށްޓަކައި، މަހުމޫދުގެ ފޮޓޯއެއް ދެއްކުމަށްފަހު އިތުރަށް ސުވާލުކޮށް ކަށަވަރު ކޮށްދިނުމަށް އެދިލައްވާފައެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒު ކޮށްފައެއް ނުވެއެވެ.

އެއާއެކު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ދިޔަ މި އަޑުއެހުމުގައި ވަނީ މަހުމޫދުގެ ފޮޓޯއެއް ދައްކައި، ޝާ އަލޮމްއާ ސުވާލުކޮށްފައެވެ. ފުރަތަމަ ދައުލަތުން ހުށައެޅި ފޮޓޯ ޝާ އަލޮމްއަށް ސާފުނުވުމުން ދައުލަތުން ވަނީ ދައުލަތުން މި މައްސަލައިގެ ލިޔެކިޔުންތަކާއެކު ހުށައަޅާފައިވާ ފޮޓޯ ރިޕޯޓާއި ފޮޓޯތައް ދެއްކުމަށް އެދިލައްވާފައެވެ. އެ ފޮޓޯތަކުގެ ތެރޭގައި ޝާ އަލޮމް ދިރިއުޅުނު ނެދުންގެެއިން ނަގާފައިވާ މަހުމޫދުގެ ބައެއް ސާމާނުތަކާއި، އޭނާގެ އަންނައުނުގެ އިތުރުންވެސް ޙާދިސާއާ ގުޅޭ ގިނަ ފޮޓޯތަކެއް ހިމެނެއެވެ.

އަދި ޙާދިސާ ހިނގިއިރު މަހުމޫދު ލައިގެން ހުރި އަންނައުނާއި ގުޅިގެން ޝާ އަލޮމްގެ ކިބައިން އިތުރަށް ސާފުކުރަންޖެހޭ ކަންކަން ދައުލަތުން ވަނީ ސާފުކޮށްފައެވެ. އެގޮތުން ފޮޓޯއިން ފެންނަ އަންނައުނަކީ މަހުމޫދު މަރާލި ރޭގައި މަހުމޫދު ލައިގެން ހުރި އަންނައުނުތޯ އެހުމުން ޝާ އަލޮމް ވަނީ މާ ބޮޑަށް ހަނދާނުގައި ނެތް ނަމަވެސް ބެލެވޭ ގޮތުގައި އެއީ އެރޭ މަހުމޫދު ލައިގެން ހުރި އަންނައުނުކަމަށް ބުނެފައެވެ.

މި މައްސަލައިގައި ޝާ އަލޮމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ޝާ އަލޮމް ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައާއި، އަދި ބުދަ ދުވަހުގެ އަޑުއެހުމުގައިވެސް އެ އިއުތިރާފް ދަމަހައްޓާފައިވާތީ އެއީ ސައްޙަ އިއުތިރާފެއް ކަމަށް ކަނޑަައަޅައި، ޝާ އަލޮމް މިއާގެ މައްޗަށް ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުއްވިއެވެ.

މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އަމަލުކޮށްފައިވާ ގޮތުން އުފުލާފައިވާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާވެސް ދައުލަތުން އިއްވާފައިވާއިރު، އެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެއާއެކު އެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ދައުލަތުން ވަނީ ދައުވާތައް ސާބިތުވުމާއެކު، ވާރިސުންގެ ހެކިބަސް ނެގުމަށްފަހު އަދަބު ކަނޑައެޅުމަށް އެދިލައްވާފައެވެ.

ގާޒީ ވިދާޅުވީ، ބައެއް ވާރިސުން މިވަގުތު ބަލިކޮށް އުޅުމާއި، ބައެއް ވާރިސުން ކަރަންޓީންގައި ތިބުމާއެކު، ވާރިސުންގެ ބަސް ނެގުމުގެ ބައި ބުދަ ދުވަހު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ވާރިސުން ސާބިތު ކުރުމަށް ހެކިންގެ ހެކިބަސް ނެގުން ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވިއެވެ.

ގާޒީ ވިދާޅުވީ، ވާރިސުންގެ ބަސް ނެގުމަށްފަހު، މައްސަލަ ނިންމަވާނެ ކަމަށެވެ.

މަޙްމޫދު މަރުކްރިމިނަލް ކޯޓްދަނގެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު