Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ މަރު: ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވޭ

19 ޖެނުއަރީ 2022 | ބުދަ 05:40

ދައުވާ އުފުލާފައިވަނީ މަހުމޫދު މަރާލި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖެނުއަރީ 2022 | ބުދަ 05:40
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ޝާ އަލޮމްގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ދައުލަތުން ބުނެފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަހުމޫދު މަރާލި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ޝާ އަލޮމް މިއާގެ މައްޗަށް މި 2 ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވަނީ ނިމިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި އަޑުއެހުން ކުރިއަށް ގެންދަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ޝާ އަލޮމް މިއާއަށް ލިބިގެންވާ ޙައްޤުތައް ކަށަވަރު ކުރުމުގެ ބައި ކުރިއަށް ގެންދަވާފައެވެ. އެގޮތުން ޝާ އަލޮމް މިއާ ހާޒިރުވެފައިވަނީ ވަކީލަކާވެސް އެކުގައެވެ. އޭނާގެ ވަކީލު ވަނީ ދައުލަތުން ސިއްރު ކުރަން އެދިފައިވާ ލިޔެކިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުލަތުން ވަނީ ބައެއް ހެކިތައް ރައްކާތެރި ކުރުމަށް އެދި ޝަރީއަތަށް ފޯމު މެދުވެރިކޮށް ހުށައަޅުއްވާފައެވެ.

ޙައްޤުތައް ސާފު ކޮށްދިނުމަށްފަހު ދައުލަތުން ދައުވާ އިއްވުމުގެ ބައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދައުލަތުން ވަނީ ޝާހު އަލޮމްގެ މައްޗަށް ދައުވާ އުފުލާ ސަބަބުތައް ވިދާޅުވެ، އޭނާގެ މައްޗަށް އަންނާނެ އަދަބު ސާފު ކޮށްދެއްވައި ދައުވާ އިއްވަވާފައެވެ. އެގޮތުން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރަށް މަރު ހިފުމުގެ ޙުކުމެއް ކަމަށާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަސާސީ އަދަބެއްގެ ގޮތުގައި އަންނާނީ 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއްކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް، ދައުވާތަކަށް އިއުތިރާފް ވެއްޖެނަމަ އަންނާނެ ލުއިތައްވެސް ވަނީ ސާފު ކޮށްދެއްވާފައެވެ.

މަހުމޫދުގެ ފަރާތުން ދިފާއީ ވަކީލުން ވަނީ ދައުވާ ސާފުވެއްޖެކަން ބަޔާން ކުރައްވާފައެވެ.

މި އަޑުއެހުމުގައި ތަރުޖަމާނަކު މެދުވެރިކޮށް ޝާ އަލޮމްވެސް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް އިއުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށާއި، މިހާރު ހުންނެވި ވަކީލާއެކު ކުރިއަށް ގެންދަން ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ދިފާއީ ވަކީލުވެސް ވަނީ މަހުމޫދު އިއުތިރާފް ދަމަހައްޓާނަމަ، އެގޮތުގެ މަތިން ދައުލަތާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އިއުތިރާފް އެއްބަސްވުމެއް ހަދާނަމަ، އެކަން ދައުލަތުން ސާފު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން މި ބާވަތުގެ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލައިފިނަމަ، ގަސްތުގައި މީހަކު މެެރުމުގެ ދައުވާގައި ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ޙާލަތުގައިވެސް ދައުވާ ލިބޭ މީހާއަށް ލުއި ލިބިދޭ ކަމަށެވެ. ނަމަވެސް ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވާތީ ދައުލަތުން އެ ދައުވާގައި އިއުތިރާފްގެ އެއްބަސްވުން ވާން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ވަކީލާ އިތުރަށް ވިދާޅުވީ، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކޮށްފައިވަނީ މަރުގެ ދައުވާއާއި ގުޅިގެން ކަމަށާއި، އެ ދައުވާގައިވެސް ކުރިއަށް ގެންދަން ބޭނުންވަނީ ހެކިން ހާޒިރުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި މަރާލިކަމަށް އިއުތިރާފް ވެފައިވާތީ ދައުލަތުން ވަނީ ދައުވާގައި ބަޔާންކޮށްފައިވާ ކަންކަން ޝަރީއަތުން ވަކިވަކިން ސާފުކޮށްދިނުމަށް އެދިފައެވެ.

ދިފާއީ ވަކީލު ވަނީ ޝާ އަލޮމް އެކަން ކޮށްފައިވަނީ "ޝައިތާނާ ބޮލަށް ވަދެގެން" ކަމަށާއި އިއުތިރާފްވާކަމަށް ބުނާއިރު، އޭނާއަށް އެ ޙައްޤު ލިބިދޭންޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުލަތުން އެދުނު ގޮތަށް ޝަރީއަތުން ވަނީ ދައުވާއާއި ގުޅޭ ކަންކަން ޝާ އަލޮމް މިއާ މެދުވެރިކޮށް ސާފު ކުރައްވާފައެވެ. އެގޮތުން ޙާދިސާ ހިނގި ތާރީޚާއި، ވަގުތާއި، ތަނާއި، ހިނގި ގޮތާއި ގުޅޭ ތަފްސީލުތައް ވަނީ ޝާ އަލޮމްގެ ކިބައިން ސާފުކުރައްވާފައެވެ.

މައްސަލައިގެ ޚުލާސާއެއް:

އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ، ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ވަނީ މަހުމޫދު މަރާލިކަމަށް އެއްބަސްވެފައެވެ.

މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށް ވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި މަހުމޫދަށް ހަމަލާ ދިނުމުގައި ތޫނު ހަތިޔާރު ބޭނުން ކޮށްފައިވާއިރު މަހުމޫދުގެ ބައެއް ތަކެތި ޝާ އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ފުރަތަމަ ހަމަލާ ދީފައިވަނީ ނެދުން ގޭގައި ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހޯދިފައިވާ ފޫޓޭޖްތަކުން އެކަން ސާފުވާ ކަމަށާއި، ފަސްގަޑިއިރު ފަހުން ކޮނޑުމައްޗަށް މީހެއްގެ ހަށިގަނޑުލައިގެން ދާތަން ފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެގޭގައި ވަޅުލާފައިވާ މަހުމޫދުގެ ހުރިހާ ސާމާނެއް ހޯދިފައިވާ ކަމަށާއި، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ނެދުން ގެއިން ދެތިން ހަތިޔާރު ފެނިފައިވާ ކަމަށާއި، ހެކީގެ ގޮތުގައި އެހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާދީފައިވަނީ ކުރިއާލައި ރާވައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މަޙްމޫދު މަރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް