Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ދަނީ ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނަމުން: ޔޫކްރެއިން ރައީސް

1 މާރިޗު 2022 | އަންގާރަ 01:52

ފާއިތުވި ފަސް ދުވަހު 56 ރޮކެޓް ހަމަލާ އަދި 113 ކްރޫޒް މިސައިލް ހަމަލާ ޔޫކްރެއިންއަށް ފޮނުވާލާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2022 | އަންގާރަ 01:52
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ރަޝިޔާއިން އަންނަނީ ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނަމުން ކަމަށާއި އެކަންކަން ބެލެންޖެހޭކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކުރައްވާ ވާހަކަދައްކަމުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ފާއިތުވި ފަސް ދުވަހު 56 ރޮކެޓް ހަމަލާ އަދި 113 ކްރޫޒް މިސައިލް ހަމަލާ ޔޫކްރެއިންއަށް ފޮނުވާލާފައިވާކަމަށެވެ. ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ހިންގަމުންދާ ހަނގުރާމައިގެ ކުށްތައް ބައިނަލްއަގްވާމީ ގޮތުން ބެލެންޖެހޭކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ މިސައިލްތަކާއި، މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތަކަށް ނުއުދުހެވޭ ޒޯނެއް ކަނޑައަޅަންޖެހޭކަމަށެވެ.

މީގެއިތުރުން ޒެލެންސްކީ ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު ކުރިޔަށްދިޔައިރުވެސް ރަޝިޔާއިން ދިޔައީ ޔޫކްރެއިން އަށް ހަމަލާތައް ދެމުންކަމަށެވެ. ޒެލެންސްކީ ވިދާޅުވީ ސުލްހައިގެ ވާހަކަތައް ކުރިޔަށްދާނީ ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން ހަމަލާ ނުދޭކަމަށްވާނަމަ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ހެކިންގެ ގޮތުގައި އެތައް ހާސް ބަޔަކު އެބަތިބިކަމަށެވެ. އަދި އާންމުންނަށް އަމާޒުކޮށް ހަމަލާދެނީ ގަސްތުގައި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ދިރިއުޅޭ ރައްޔިތުންނަށް އެސިޓީއަށް އަމާޒުކޮށް އިތުރު ހަމަލާތައް އަމާޒުވާނެކަމުގެ އިންޒާރު ދެއްވާފައެވެ. ކިޔެވް އަކީ ދުޝްމިނުންގެ އެންމެ މައި އަމާޒުކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ދުޝްމަނުން ބޭނުންވަނީ އެސިޓީގެ ކަރަންޓް ކަނޑާލާ ކަނުއަނދިރީގައި ރައްޔިތުން ބޭތިއްބުމަށްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ މީހުންނަށް ޔޫކްރެއިން އަށް ވިސާ އާއި ނުލާ އެތެރެވެވޭނެކަމަށެވެ.

ޒެލެންސްކީގެ ވާހަކަފުޅުގައި ވަނީ އދ އަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނަ ބަޔަކަށް އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އިނދެވިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2017

މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ

24 މެއި 2017
މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ
24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
17 އެޕްރީލު 2017

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް