Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަހި ފުރުސަތު ޕްރޮގްރާމް

ޕެރޯލް ދޭ ގައިދީންނަށް ކުރިއަށްގެންދާ "ފަހި ފުރުސަތު" ފްރޮގްރާމް ފުޅާކުރުމުގެ ގޮތުން، އާރްޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

27 ފެބުރުއަރީ 2022 | އާދީއްތަ 18:59

މި އެމްއޯޔޫގެ މުއްދަތަކީ 12 މަސްދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2022 | އާދީއްތަ 18:59
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ގައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާހުރި ރަނގަޅު މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޕެރޯލް ފުރުސަތުގެ ދަށުން މުޖްތަމައުއަށް ދޫކުރާ ފަރާތްތަކަށް "ފަހި ފުރުސަތު"ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަރންޝިޕް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)ން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ މާފުށީ ޖަލުގައި ގައިދީންނަށް ހިންގާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މި ފަހުމުނާމާގައި ސޮއިކުރައްވާފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ހަސަން ސައީދުއެވެ.

މި އެމްއޯޔޫގެ މުއްދަތަކީ 12 މަސްދުވަހެވެ.

މި ފަހުމުނާމާގެ ދަށުން, "ފަހި ފުރުސަތު" ޕްރޮގްރާމް މެދުވެރިކޮށް, އެމްސީއެސްގެ ޖަލުތަކުގައި ހުކުމްތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން, އުޅުން އެންމެ ރަނގަޅު، މުޖްތަމައުއަށް އެ ގައިދީންގެ ފަރާތުން ގެއްލުން ނުލިބޭނެކަމަށް ޔަގީންވާ ގައިދީން، އާރްޑީސީން ހަވާލުކުރާ މަސައްކަތްތައް ކުރުމުން އެލަވަންސް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް އެ ކުންފުނިން ދާއިމީ ވަޒީފާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިގޮތުން އޮކްޓޯބަރު 2020ގައި އިފްތިތާހުކުރެވުނު "ފަހި ފުރުސަތު"ގެ ދަށުން، ސްޓެލްކޯގައި, ޕެރޯލް ފުރުސަތު ލިބިފައިވާ ފަރާތްތައް މަސައްކަތްކުރަމުންދެއެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ ދާއިމީ ވަޒީފާ ލިބިފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް