Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުރައިދޫ މަރުކަޒުގައި ދިރިއުޅޭ ޒުވާނުން

ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ ތައުލީމީ ޒުވާނުންނަށް ވަޒީފާއަށް ދެވޭނެ ގޮތް ހަދަނީ

މަރުކަޒު ހުންނަނީ ގުރައިދޫގައިކަމަށްވުމުން، ވަޒީފާ ހޯދައިދިނުމަށް ދަތިތައް ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ފެބުރުއަރީ 2022 | އާދީއްތަ 18:37
ގުރައިދޫގައި ހުންނަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ސިކުނޑީގެ މައްސަލައަކުން ނުވަތަ ދިމާވި ހާދިސާއަކުން މިހާރު ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ ތައުލީމީ ޒުވާނުންނަށް, ވަޒީފާއަށް ދެވޭނެ ފަހި ގޮތެއް ހޯދުމަށް މަސައްކަތްކުރާ ކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, ގުރައިދޫ މަރުކަޒަކީ ވަންނާނެ ތަނެއް ނެތް ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ގާއިމުކުރި ތަނެއް ކަމަށެވެ. ނަމަވެސް މިހާރު އެތަނުގައި ގިނައިން ދިރިއުޅެމުންދަނީ, ނަފްސާނީ ބަލީގެ ސަބަބުން މައިންބަފައިންނަށް އެމީހުން ނުގެންގުޅެވޭތީ ވަގުތީ ގޮތުން ގެނެސްފައި ތިބި ޒުވާނުން ކަމަށެވެ. އޭގެ ތެރޭގައި ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ މޮޅެތި ގާބިލް ޒުވާނުން ހިމެނޭ ކަމަށެވެ. އަދި އެމީހުން ވަޒީފާއަށް ދާން ބޭނުންވެ އެކަމަށް އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޒުވާނުންނަށް ދޭން ޖެހޭ ފަރުވާ ދީ ރަނގަޅަށް ބެލެހެއްޓޭނަމަ މުޖުތަމައުއަށް ނެރެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, މަރުކަޒު ހުންނަނީ ގުރައިދޫގައިކަމަށްވާތީ, ވަޒީފާ ހޯދައިދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި، ތައުލީމު ހާސިލްކޮށްފައިވާ ދާއިރާއިން ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާކަމަށެވެ. އެހެންކަމުން އެފަދަ ޒުވާނުން ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާއަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުޑަ ކުދިންގެ ހިޔާ ބަންދުކޮށްފައި ހުންނަތާ މިހާރު ވަނީ ދުވަސްތަކެއްވެފައެވެ. އެތަނުގައި ދިރިއުޅުނު ކުޑަ ކުދިންތައް ވަނީ އަމާންވެށިތަކަށް ބަދަލުކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ, ދުވަސްވީ މީހުން ބަލަހައްޓާ މީހުންނަށް ކާމިޔާބު ތަމްރީންތަކެއް ދެމުންދާ ކަމަށާއި، އިޖްތިމާއީ ރައްކާތެރިކަން އަތޮޅުތެރެއަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ވެސް ކާމިޔާބު ކަމަށެވެ. އެގޮތުން "އިބަމަ" ޕްރޮގްރާމްގެ ދަށުން, އެހީތެރިކަން ބޭނުންވާ އާއިލާތައް ދެނެގަނެ، ކަންކަން ހުއްޓުވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަނީ ގެވެށި އަނިޔާތައް ހުއްޓުވައި ރައްކާތެރި މުޖުތަމައުއެއް ގާއިމްކުރަން ކަމަށާއި، ރުޅިގަދަ މީހުން ރުޅި މަޑުކުރުވަން ކަމަށެވެ. އެފަދަ މީހުން ޖަލަށްލުމަށްވުރެ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު މުޖުތަމައުއަށް ނެރުމުން ގައުމަށްވެސް އާއިލާއަށްވެސް ފައިދާ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
15 އެޕްރީލު 2017

ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

15 އެޕްރީލު 2017
ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު