Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުން ދި

ޖެންޑާ މިނިސްޓަރު ކުދިންގެ ހައްގުގައި ''އަޅުގަނޑު ކުށްވެރިވި ނަމަވެސް ވަޒީފާ ހަމަނުޖެހޭނަމަ އަތުން ދޫކޮށް ނުލާނަން''

މުޖުތަމައުގެ ތެރެއަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 17:44
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް 18 އަހަރުވީ ނަމަވެސް ވަޒީފާއެއް ހަމަނުޖެހޭނަމަ އަތުން ދޫކޮށް ނުލައްވާނެ ކަަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މުޖުތަމައުގެ ތެރެއަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ފިޔަވަތީގައި ވެސް ދިރިއުޅެމުންދާ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ވަރަށް ހުނަރުވެރި ތައުލީމަށް މޮޅު ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ކުދިންނަށް 18 އަހަރުވީ ނަމަވެސް ދޫކޮށްލަނީ ވަޒީފާއެއް ހަމަޖެހުމުން ކަމަށާއި، ކުށްވެރިވި ނަމަވެސް ވަޒީފާ ހަމަ ނުޖެހޭ ނަމަ އަތުން ދޫކޮށް ނުލާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުން މުޖުތަމައުއަށް ނުކުންނަ ކުދިންނަކީ ވެސް ވަރަށް ހިތްވަރު ގަދަ، އަހުލާގު ރަނގަޅު ކުދިން ކަމަށާއި، އެކުދިންނަށް ފަހި ފުރުސަތުތައް ހޯދައިދޭން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވެސް އެމްއޭސީއެލްއާއެކު އެފަދަ ކުދިންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކުދިންނަށް ވެސް ފަހި މުސްތަގުބަލެއް އެބައޮތް ކަމަށާއި، މިހާރު ވެސް އޯލެވަލް އިމްތިހާންގައި ބައިވެރިވާ ކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދާ ކަމަށެވެ.

ވަޒީފާއަށް ފޮނުވުމަށް ދިމާވާ ދަތިތަކަށް އިޝާރަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުދިންނަކީ އެކަނި ދިއުމަށް ފަސް ޖެހޭ ކުދިން ކަމަށާއި، އެކަނިވެރި ވެދާނެތީ ބިރު ގަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުދިން ވަޒީފާ އަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އާއިލާއަށް ވެސް އެކަން އެންގުމަށްފަހު ކަމަށެވެ. ބައެއް ކުދިންނާއި އާއިލާއިން ހަވާލުވެފައިވާ ކަމަށާއި، އަނެއް ބައި ކުދިން އާއިލާއަށް ދިއުމަށްފަހު އެނބުރި އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް އަންހެން ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ގޮންޖެހުންތައް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު