Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖެންޑަރ މިނިސްޓަރުގެ ދިރިއުޅުން

ޖެންޑަރ މިނިސްޓަރު: ފިޔަވައްޗަށް ވަނުމުން ކުޑައިރުގެ ހަނދާން ''އައި ލިވްޑް ދެއަރ ލައިފް''

އުމުރުން 8 އަހަރު ނުވަނީސް މާލެއަށް ބަދަލުކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2022 | ހޯމަ 02:19
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ހުންނެވި މަގާމުގެ ގޮތުން އެތަނަށް ޒިޔާރަތް ކުރަން ޖެހެއެވެ. ދިރިއުޅެމުންދާ ކުޑަކުދިންގެ ހާލަތު ވަރަށް ގާތުން ބަލަންޖެހެއެވެ. ޚިދުމަތްތައް ދެމުންދަނީ އެންމެ ރަނގަޅަށްތޯ ބަލައި މޮނިޓަރ ކުރަންޖެހެއެވެ. މާ އުފާވެރި މާޒީއަކަށް ނުވި ނަމަވެސް މިއަދު ވެސް ފިޔަވައްޗަށް ޒިޔާރަތް ކޮށްފިނަމަ ކުޑައިރު ހަނދާންތައް ވަށާލައެވެ. އެއީ ސަބަބެއް ވެސް ނެތިއެއް ނޫނެއެވެ. ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އައިޝަތު މުހައްމަދު ދީދީ ކުޑައިރުގެ ދުވަސްތައް ހޭދަކުރެއްވީ ފިޔަވަތީގައި ކުދިން ދުވަސްތައް ހޭދަކުރަމުންދާ ގޮތަށެވެ.

މާޒީގެ ބައެއް ސޮފުހާތަކާއި، މަސައްކަތުގެ ތަޖުރިބާ ވަރަށް ތަފްސީލީ ގޮތެއްގައި މިނިސްޓަރު އައިޝަތު ވަނީ ފަށާއިރުގައި ކިޔައިދެއްވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުތަކަށް ބަލާއިރު، އެކަމަނާއަށް 8 އަހަރު ވުމުގެ ކުރިން ތައުލީމު ހާސިލް ކުރުމަށް މާލެއަށް ބަދަލުކުރި އެވެ. މާލޭގެ ގެއެއްގައި ކިޔަވަން ހުރުމަށްފަހު އެގޭގެ މަންމަ ބަލިވުމާއި ގުޅިގެން ހޭސްލީން ނަމަކަށް ކިޔާ ބޯޑިން ތަނަކަށް ބަދަލުވީއެވެ. ސްކޫލު ދައުރު ނިންމާލީ އެތަނުގައި އުޅުނު 40 ވަރަކަށް ކުދިންނާއެކުއެވެ. ހަނދާނުން ފުހެލަން ދަތި ބައެއް ކަންކަން ހުރި ނަމަވެސް ހޭސްލީންއިން ދިރިއުޅުމުގެ ގިނަ ކަންކަން ދަސްކޮށްދިނެވެ. އޭގެ ތެރޭގައި ކެއްކުމާއި އިސްތިރިކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

އެހެންކަމުން މިއަދު ޖެންޑަރ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މަރުކަޒުތަކަށް ޒިޔާރަތް ކުރުމުން އެ ހަނދާންތައް އައު ވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ސްކޫލުގެ ދައުރަށް ބަލާއިރު، ގިނަ އިތުރު ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. އެގޮތުން ބަހުސްކުރުމާއި، ވާހަކަ ދެއްކުމުގެ މުބާރާތްތަކަށް ބޮޑަށް އިސްކަންދެއްވިއެވެ. ކުޅިވަރު ކުޅުއްވުމަށް އެހާއި މޮޅު ނުވި ނަމަވެސް ފާރު މައްޗަށާއި، ފުރާޅު މައްޗަށް އަރުއްވައި ވަރަށް މަޖާ ކަންކަން ކުރުއްވާފައިވެއެވެ. އެގޮތުން ސްކޫލުގައި ހުރި އަނބު ގަހަކަށް އަރުއްވައި އަނބު ބިނދެ ޕްރިންސިޕަލް އޮފީހަށް ގެންދިޔަ ވާހަކަ ހިއްސާކުރެއްވީ ވަރަށް މަޖާ ރާގެއްގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުގެ ދައުރު މަސައްކަތް ކޮށްފިނަމަ ހުރިހާ ކަމެއް ވެސް ވާނެ ކަމަށް ވިސްނުނީ އޭރު ޓީޗަރަކަށް އުޅުއްވި ލަތީފާ އަހުމަދުގެ ނަސޭހަތުގެ ސަބަބުންނެވެ. އަދި އެއީ ހަނދާނުން ފުހެލަން ދަތި ރަނގަޅު މުދައްރިސެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިނިސްޓަރު މިއަދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއަޒުމުގައެވެ. މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޯންނާނެ ކަމަށް އެކަމާނާ ގަބޫލުކުރައްވައެވެ. ސިޔާސީ މައިދާނަށް ނުކުމެވުނު ގޮތާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ސިޔާސީ މީހަކަށް ވުމަށް އެއްވެސް އިރެއްގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. ނަމަވެސް 2005 އަހަރުގެ މެދުތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ވެރިކަމުގައި ކެބިނެޓަށް ޓެކްނިކަލް ބޭފުޅުންތަކެއް އަންޔަންކުރެއްވިއިރު ފުރުސަތު ލިބިވަޑައިގެންނެވީ ކަަމަށް މިނިސްޓަރު ވިިދާޅުވިއެވެ. އޭރުވެސް އެކަމަނާއާ މަތިކުރެއްވީ ޖެންޑަރ މިނިސްޓްރީ ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު އަންނަންދެން މިނިސްޓަރު މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައެވެ. ގިނަ ވަގުތު ހޭދަ ކުރެއްވީ މާމަ ދަރިންގެ ގާތުގައެވެ. ނަމަވެސް މިސަރުކާރާއެކު އަނެއްކާ ވެސް ދައިރާ ބަދަލު ކުރެއްވިއެވެ. އެއީ ވަރަށް ވިސްނެވުމަށްފަހު ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަން ބޭނުންފުޅުވާތީއެވެ. އެގޮތުން މިސަރުކާރުން ދެއްވި ފުރުސަތާއެކު ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ގަބޫލުކުރައްވައި އިންޑިއާއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އަދި ހީނަރުވެފައިވާ ދެގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް ރެއާދުވާލު ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މި މިމަސައްކަތުގައި އުޅުއްވަނިކޮށް އޭރު ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް އައުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އަބަދުވެސް އިޖްތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން ހުންނާތީ އެ ފުރުސަތު ގަބޫލުކުރައްވައި މަސްއޫލިއްޔަތާއި ހާވަލުވެވަޑައިގެންނެވިއެވެ.

ދުވަސް ހޭދަކުރައްވާ ގޮތަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރައްވަނީ ވަކި ޝެޑިއުލެއްގެ ދަށުން ކަމަށެވެ. މަދުވެގެން ހަފްތާގެ ތިން ދުވަހު ކަސްރަތު ކުރުމަށް އިސްކަންދޭ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގައެވެ.

މިނިސްޓަރު މިއަދު ހުންނެވީ މުޖުތަމައުއާއި އާއްމު ރައްޔިތުންނާއި އެންމެ ބޮޑަށް ގުޅުންހުރި މިނިސްޓްރީގެ މަސައްކަތްތަކާއި ހަވާލުވެވަޑައިގެންނެވެ. ގޮންޖެހުން ބޮޑު މަސައްކަތެއް ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ އަޒުމުގައެވެ. ހެޔޮ ބަދަލުތަކެއް ގައުމަށް ގެނެސްދެއްވުމަށެވެ. ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމާއި ޖީލުގެ ހައްގުގައެވެ.''އަޅުގަނޑު މިނިސްޓަރަކަށްވާ ހިތެއް ނުވޭ. އެކަމަކު މަސައްކަތް ކުރާ ހިތްވޭ. އެހެންވީމަ ޖެންޑަރ މިނިސްޓަރު ކަމާއި ހަވާލުނުވެވުނު ކަމަށް ހިތަކަށް ނާރާ.''މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2019

ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!

16 ނޮވެމްބަރު 2019
ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!
22 ޑިސެމްބަރު 2018

މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟

22 ޑިސެމްބަރު 2018
މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟
29 ޑިސެމްބަރު 2017

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް
19 ނޮވެމްބަރު 2017

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!
01 އޮކްޓޯބަރު 2017

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
07 ޖުލައި 2017

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު