Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ

ޔޫކްރެއިންގެ ހަނގުރާމަ – ކުޑަކުދިން ބިކަ ވެފައި، ބެލެނިވެރިން ގޮތްހުސްވެފައި

ރަޝިޔާގެ ފައުޖުތަކާއި ކުރިމަތިލުމަށްޓަކައި، 18 އަހަރާ 60 އަހަރާ ދެމެދުގެ ފިރިހެނުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 12:28
ކުޑަކުދިން ބަހެއްގެ ތެރޭގައި - ގައުމު ދޫކޮށް ޔޫކްރެއިންގެ ރައްޔިތުން ދަނީ ސަލާމަތުގެ އައްސޭރިއަށް ދިއުމަށް ދަތުރުކުރަމުން

ކުޑަކުދިން ބަހެއްގެ ތެރޭގައި - ގައުމު ދޫކޮށް ޔޫކްރެއިންގެ ރައްޔިތުން ދަނީ ސަލާމަތުގެ އައްސޭރިއަށް ދިއުމަށް ދަތުރުކުރަމުން

ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާތާ 3 ދުވަސް ވަނީ ވެފައެވެ. 115،000ށްވުރެ ގިނަ މީހުން ވަނީ ޕޮލެންޑަށް އެކަނިވެސް އެތެރެވެފައެވެ. ބައެއް މީހުން ރައްކާތެރި ހިސާބުތަކަށް ދަތުރުކުރާ 2 ދުވަސް ވެއްޖެއެވެ. އަދި އެއްބައި މީހުން ތިބީ 10 މޭލުގެ ދިގުމިން ހުރި ކިއުތަކުގައި މަޑުކޮށްގެނެވެ.

އަމިއްލަ ވަޒަން ދޫކޮށް ގައުމުން ބޭރަށްދާން ހަދާފައިވާ ކިއުގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ސަބަބަކީ ޔޫކްރެއިންގެ, އުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ ފިރިހެނުން ގައުމުން ފުރުން ވަނީ މަނާކޮށްފައިވާތީއެވެ. ގައުމުގައި ތިބެގެން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައެވެ. އަނެއްބައި މީހުން ތިބީ އާއިލާއަށް ވީނުވީއެއް ނޭނގި އެކަހެރިވެފައެވެ.

މޯލްޑޯވާގެ ބޯޑަރުން ޔޫކްރެއިނަށް ބަލައިލާއިރު އެގައުމު ސިފަވަނީ އަންހެނުން އެކަނި ދިރިއުޅޭ ގައުމެއްގެ ގޮތުގައެވެ. ފެންނަނީ މަންމައިންނާއި މާމައިން ފޮށިތަންމަތި ބަނދެގެން ރައްކާތެރި ހިސާބަކަށް ދިއުމަށް ކުރާ މަސައްކަތެވެ. ދަރިންކޮޅު ގޮވައިގެން އަމާޒެއް ނެތް ތަނަކަށް ދަތުރުކުރާ ތަނެވެ.

ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް މޯލްޑޯވާއަށް ދަތުރުކުރުމަށް ދިޔަ އަނާއަށް އެހިސާބަށް ދެވުނީ 24 ގަޑިއިރު ވަންދެން ކިއުގައި ހުރުމަށްފަހުގައެވެ. އޭނާގެ ރީނދޫ ކުލައިގެ ކުޑަ ކާރު ފުރިފައި އޮތީ ސާމާނުންނެވެ. އޭގެ ތެރޭގައި އޭނާގެ 6 އަހަރުގެ މާމަ ދަރި އިނީ ކާރުގެފަހަތު ސީޓުގައި އަމިއްލައަށް ލަވަ ކިޔާލަކިޔާލައެވެ.

އަނާއާއި އޭނާގެ ދޮންދަރިފުޅު އެހިސާބަށް ދިޔައީ ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އޮޑެއްސާއިންނެވެ. 50 ކިލޯ މީޓަރުގެ ދަތުރެއް ކޮށްފައި އަނާ އެތަނަށް ދިޔައިރު، އެތަނަކީ މިހާރު ހަނގުރާމައިގެ އެންމެ ވަރުގަދަ ހަމަލާ ދެމުން އަންނަ އެއް ސަރަހައްދެވެ.

"އަޅުގަނޑުގެ އުއްމީދަކީ ހުޅަނގުން އަޅުގަނޑުމެންނަށް އެހީތެރިވުން. މިވަގުތު ރަޝިޔާގެ ރުޅިވެރިކަމާ ކުރިމަތިލަމުން މިދަނީ އެކަނިމާ އެކަނި." އަނާ ބުންޏެވެ.

އަނާގެ ވަށައިގެން ބޯޑަރު ކައިރިން ފެންނަ މަންޒަރަކީ މޯލްޑޯވާގެ ރަށްރަށުންނާއި އަވަށްތަކުން ވޮލަންޓިއަރުން ނުކުމެ, ހިނގާފައި ބޯޑަރު ހުރަސްކުރާ ފަރާތްތަކަށް އެހީވަމުން އަންނަ މަންޒަރެވެ.

އަނާއަށް ރައްކާތެރި ހިސާބަކަށް ދެވުމުން މޫނުމަތިން ފެނުނު ހިތްހަމަޖެހުން ފަނޑުވެގެންދިޔައީ އޭނާގެ ތަޖުރިބާތައް ހިއްސާކުރަމުން ދިޔަ ވަރަކަށެވެ. ލޮލުން ކަރުން ފާއްދާލީ އޭނާގެ ފިރިމީހާ ގައުމުގެ ދިފާއުގައި ބަހައްޓާފައި އަންނަން ޖެހުމުން އެ ކުރެވޭ އިހުސާސާއި ހިތްދަތިކަން ބަންޑުންކޮށްލަމުންނެވެ.

އަނާ ފަދައިން އަމިއްލަ ވަޒަން ދޫކޮށް ސަލާމަތުގެ އައްސޭރިއަށް ދާން ދަތުރުފެށި ގިނަ މީހުންނަށް, ދެން ވާނެ ގޮތެއް ހިތަށްވެސް ނުގެނެވެއެވެ. އަމިއްލަ ނަފްސަށާއި ގައުމަށެވެ.

ރޭގަނޑުގައި ކީވް، ވިއާ-ލިވިވްއިން މީގެ ކުރިން ފަސިންޖަރުންނާއި ދަތުރުވެރިން ގޮވައިގެން ދަތުރުކުރާ ރޭލުގެ މަންޒިލްތަކަށް ދަތުރުކުރަމުން, އެ ރޭލު މިހާރު ދަތުރުކުރަނީ ޔޫރަޕްގެ އައު ރެފިއުޖީން ގޮވައިގެންނެވެ. ރޭލުގެ މަންޒިލެއްގެ ގޮތުގައި މަޑުކުރީ 19 ވަނަ ގަރުނުގައި ޕްރެޒެމިސްލްގެ ހަދާފައިވާ ރޭލު ސްޓޭޝަނަކަށެވެ. މިއަދު އެތަނަކީ ޒަމާނީ ރިސެޕްޝަން ސެންޓަރެކެވެ.

އެތަނަށް ދިއުމަށް 52 ގަޑިއިރު ހޭދަކުރިކަމަށް ކެޓަރީނާ ލެއޮންޓީވާ ބުންޏެވެ. އޭނާ ދަތުރުކުރީ ޚާރްކީވްއިން އޭނާގެ އަންހެން ދަރިފުޅު ގޮވައިގެންނެވެ. އަތުގައި އޮތީ އެމީހުންގެ ޔޫކްރެއިން ޕާސްޕޯޓެވެ. އަނެއް އަތުގައި ދަމަމުން ގެންދިޔައީ ފޮށިތައްމައްޗެވެ. އެމީހުންނަށް އިރުމަތީ ޕޮލެންޑަށް ސަލާމަތުން ދެވުނެވެ.

އިހުސާސްތައް ކިޔައިދެމުން ކެޓަރީނާއަށް ކޮށްފައިވާ އަސަރާއި ކުރެވުނު އިހުސާސްތައް ކިޔައިދޭން ދަތިވެގެން ބުނެވުނީ "އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގޭ"ކަމަށެވެ. ބޭއިޚްތިޔާރުގައި ލޮލުން ކަރުނަ އަންނަނީ ކަމަށެވެ. އެއިރު އޭނާގެ ދެލޯ ހުރީ ކަރުނައިން ފުރިފައެވެ. ކެޓަރީނާ ބުނީ އެއްވެސް ކަހަލަ އިހުސާސެއް ނުވާކަމަށާއި އަދި ކިރިޔާ އެއްޗެއް އެނގޭފަދައެވެ. އަދި އުއްމީދަކީ މިއީ ކުޑަކުޑަ ދަތުރަކަށް ވުން ކަމަށާއި، އަދި އަނބުރާ އާދެވުން ކަމަށެވެ.

މީހުން މަޑުކޮށްގެން ތިބޭ ކޮޓަރިއެއްގައި އިން އައިރީނާއެކު އޭނާގެ 2 ދަރިން ތިބީ އައިރީން ގައިގައި އޮޅުލައިގެންނެވެ. އޭނާގެ ފިރިމީހާ ވެސް ވަޒަން ދިފާއުކުރުމަށްޓަކައި ލިވިވްގައި ޖެހުނީ މަޑުކުރާށެވެ.

"ހަމައެކަނި އަންހެނުންނާއި ކުޑަކުދިންނަށް ދާން ފުރުސަތު ދިނީ. ފިރިހެނުން ބޭނުންވަނީ މަޑުކޮށްގެން ކުރިމަތިލާން. އަމިއްލަ ނަފްސާއި ލެއިން ގުރުބާންވާން. އެމީހުންނަކީ ބަތަލުން." އައިރީން އެހެން ދުނިޔެއަކަށް ގެއްލިފައި އިންގޮތަށް އިނދެ ބުނެލިއެވެ.

ފިރިމީހާ ބަހައްޓާފައި އަންނަން ޖެހުމުން ކުރެވޭ އިހުސާސުގެ ވާހަކަ އަހާލުމުން އޭނާ ބުނީ, ބިރުގަނެ ހިތް ނުތަނަވަސް ވާ ކަމަށެވެ. އެ ވާހަކަތައް ހިއްސާކުރަމުން ދިޔަ އިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ. އިތުރަށް އޭނާއަށް ދުލުން ބޭރުކޮށްލެވުނީ ދެ ވާހަކައެކެވެ. އެއީ ހުރިހާކަމެއް ވެސް ރަނގަޅުވާނެ ކަމަށެވެ. އެމީހުންނަށްޓަކައި އަހަރުމެން ދުއާކުރާނެ ކަމަށެވެ.

ރައްކާތެރި މަންޒިލަކަށް ދިއުމަށް ވިކްޓޯރިއާ އައީ ހުޅަނގު ޔޫކްރެއިނުންގައި އޮންނަ އިރްޝާވާ އިންނެވެ. "އަޅުގަނޑު މިތަނަށް މިއައީ އަޅުގަނޑުގެ 2 ދަރިން ގޮވައިގެން. އެ ދެކުދިން ގާތްތިމާގެ މީހުންނާ ހަވާލުކޮށްފައި އަޅުގަނޑު މިދަނީ ފިރިމީހާ ކައިރިއަށް." އޭނާ ބުންޏެވެ. ހިތްނުތަނަވަސްކަމުގައި ހުރެ ހިނިތުންވުމަކާއެކު ވިކްޓޯރިއާ އެހެން ބުނި އިރު، އޭނާގެ 2 ދަރިން ބަލައި, ތިމާގެ މީހުން އައިސް ތިބީ ބޯޑަރު ކައިރީގައެވެ.

އަނބުރާ ދާން ބިރުގަނޭތޯ އެހުމުން ވިކްޓޯރިއާ ބުނީ, ތެދު ތެދުތެދަށް ބުނާނަމަ ބިރު ނުގަންނަ ކަމަށެވެ. ހަމައެކަނި ކަންބޮޑުވަނީ ދަރިންނަށްޓަކައި ކަމަށެވެ. ފެންނަ މަންޒަރުތަކުން ޔޫކްރެއިންގެ ކަންކަން ރަނގަޅު ނޫންކަމަށް ވިޔަސް، ގައުމު ދޫކޮށް ދެވެން ނެތްކަމަށް ވިކްޓޯރިއާ ބުންޏެވެ. ވިކްޓޯރިއާ ބުނީ އެމީހުން ވަތަނީވާން ޖެހޭ ކަމަށެވެ. އޭނާގެ ފިރިމީހާ ހުރީ ގައުމުގެ ކުރިމަގަށްޓަކައި ތައްޔާރަށް ކަމަށާއި, އަދި ދަރިންނަށްޓަކައި ނުކުމެ ކަމަށާއި، އެގޮތް ބޭނުން ނުވިޔަސް ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ކަންތަކެވެ. އަމިއްލަ ގެދޮރު ދޫކޮށް އަންހެނުން އެކަނިމާ އެކަނި ދާނެ މަންޒިލެއް ނެތި ކުޑަކުދިން ގޮވައިގެން އެތައް ކިލޯ މީޓަރެއް ދަތުރުކުރަނީއެވެ. ދެވަނަ ފަހަރަށް އާއިލާ ފެންނާނެ ކަމުގެ އުއްމީދެއް ނެތި, ދުވަހަކުވެސް ހަތިޔާރު ނުނަގާ މީހުން މިއަދު އެތިބީ ހަނގުރާމައިގެ މައިދާނެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު