Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ޕްރިމިއާ ލީގު

ޔޫވީން ގްރީން ސްޓްރީޓްސް ބަލިކޮށްފި

27 ފެބުރުއަރީ 2022 | އާދީއްތަ 09:30

މި މެޗު ޔޫވީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 27 ފެބުރުއަރީ 2022 | އާދީއްތަ 09:30
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ޔޫވީން އެންމެ ފަހުން ކުޅުނު މެޗުގައި ދަ ގްރާންޑޭ އަތުން ވަނީ މޮޅުވެފައެވެ. އަނެއްކޮޅުން ގްރީން ސްޓްރީޓްސް އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ވަނީ ކުރިހޯދައިފައެވެ.

މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޔޫވީގެ ކިރްގިސްތާން މިޑްފިލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް ސާގިބެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ ފޯވާޑް ހޯސޭ އަވީލާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް ޔޫވީގެ ކީޕަރު އަޙްމަދު އަނަފް ޒަރިޔަންދު ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޔޫވީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސްއެވެ.

މި ލަނޑާއެކު ގްރީންއިން ވަނީ ކުރިއަށް ޖެހި ޔޫވީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ގްރީންގެ އަވީލާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. މުޅިން ހުސްކޮށްހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ފަހު ކޮޅުގައި ގްރީން ސްޓްރީޓްސް އިން ދިޔައީ ފުލުފުލުގައި އެޓޭކްކުރަމުންނެވެ. އޭގެ ތެރެއިން ބޯޅައެއްގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ޖެހި ބޯޅައެއް ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިއަކު އަތުގައި ޖެހުނު ކަމަށް ބުނެ، ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ އަފްޝީން ނަސީރު ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

މި ނަތީޖާއާއެކު ޔޫވީން ލީގު ތާވަލުގެ ގަދަ ތިނަކަށް އަރާފައިވާއިރު، އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް ވެލެންސިއާ އަދި ތިންވަނައިގައި އޮތް ޔޫވީއަށް ވެސް ހަ ޕޮއިންޓް ވަނީ ލިބިފައެވެ. އެކަމަކު މާޒިޔާ އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ވެލެންސިއާ އާއި ތިންވަނައިގައި އޮތް ޔޫވީ ލަނޑުގެ ގޮތުންވެސް އެއްވަރެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

12 މާރިޗު 2017
ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް
05 މާރިޗު 2017

ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި

05 މާރިޗު 2017
ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި
25 ފެބުރުއަރީ 2017

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް