Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ނިއުޔޯކްގައި މަޑުކުރަން ނިންމަވާ، ހިއުމަން ރައިޓްސް ކައުންސިލަށް ޝާހިދުގެ ވީޑިއޯ މެސެޖެއް

މަޑުކުރަން ނިންމެވީ ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ އާއި ގުޅިގެން އދ ގެ ސަލާމަތީ މަޖީލިހުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 03:24
 އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

ޔޫކްރެއިންގައި ކުރިއަށްދާ ކުރިމަތިލުންތަކާއި ގުޅިގެން އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިއުޔޯކްގައި މަޑުކުރަން ނިންމަވައިފިއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިއުމަން ރައިޓްސް ކައުންސިލްގެ 49 ވަނަ ޝެޝަނަށް އާދިއްތަ ދުވަހު ޖެނިވާއަށް ދަތުރުނުކުރުމަށް ނިންމަވާފައިވާ ކަަމަށެވެ. އަދި ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ އާއި ގުޅިގެން އދ ގެ ސަލާމަތީ މަޖީލިހުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެތީ ވެސް މަޑުކުރަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ޝެޝަނަށް ވީޑިއޯ މެސެޖެއް ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު ދާއިމީ ސުލްހައަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމަށާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގައި ފަށައި، މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާއި ގުޅޭގޮތުން، އދ. ގެ އާންމު މަޖިލީހުގެ ރައީސް، އެމަޖިލީހުގައި ދެއްވި ބަޔާނުގައި ވިދާޅުވީ އ.ދ ގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނީ "ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުން" ކަމަށްވާއިރު އެއިބާރާތަކީ އ.ދ އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. 1945 އާއި ހަމައަށް ދުނިޔެ އައި އިރު، އެ ޖަމްއިއްޔާގެ ފައުންޑަރުން ދުނިޔޭގެ ދެ ބޮޑު ހަނގުރާމައިގެ ގެއްލުމާއި، ހަލާކާއި، ކެކުޅުމާއި، ވޭން ތަހައްމަލްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

‎އ.ދ.ގެ ޗާޓަރުގެ 1 ވަނަ މާއްދާއަށް އިޝާރަތްކުރައްވައި ޝާހިދު ވިދާޅުވީ އ.ދ.ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސުލްހަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި މަގުން އަދި އަދުލު އިންސާފާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި، އޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުން ކަމަށެވެ. އެހެންކަމުން، ގާނޫނުގެ ހުކޫމަތާއި އެއްގޮތްވާ ގޮތުގެ މަތިން، އަމަންއަމާންކަން ދެމެހެއްޓުމަކީ، އ.ދ.ގެ އެއް މަގުސަދު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ދާއިމީ ސުއްލައަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުންކަމަށެވެ. އެއީ އ.ދ.ގެ ހަޔާތުން ވޭތުވެގެން ދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާއެއް ފިލާވަޅު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާ އާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިސާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިގުތިސާދު ރުޖޫއަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން ރައްކާވެތިބުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

‎ދެބަސްވުންތައް ހައްލުކުރަން ބޭނުންވާ ވަސީލަތް ރުކުރުވާލުމަށް އިލްތިމާސްކުރައްވައި ޝާހިދު ވިދާޅުވީ ޑިޕްލޮމަސީ އާއި، އިސް ފަރާތްތަކުގެ މަދަދާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތިބި ބޭފުޅުން މިކަމަށް އިސްކަންދޭން ޖެހޭ ކަމަށާއި، ސުލްހައަށް ހައްގުވާ ހުރިހާ ފުރުސަތެއް ދޭންޖެހޭ ކަމަށެވެ. އ.ދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަގުސަދުތަކާއި، އެ ޗާޓަރުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ، ދާއިމީ ސުލްހައެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލޫކީ ކޮމެޓީއަކުން މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަކަށް ސުޕްރީމް ކޯޓަކުން ނިންމަވާނެ ކަމަކަށް ނުދެކެން:ހަސަން ލަތީފް

ސުލޫކީ ކޮމެޓީއަކުން މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަކަށް ސުޕްރީމް ކޯޓަކުން ނިންމަވާނެ ކަމަކަށް ނުދެކެން:ހަސަން ލަތީފް

13 އޯގަސްޓު 2017
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި

ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި

10 އޯގަސްޓު 2017
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

02 ޖުލައި 2017
އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

01 ޖުލައި 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު