Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރާއްޖޭގައި ތިބި ޔޫކްރެއިނާއި ރަޝިއާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ނިންމައިފި

އާދިއްތަ ދުވަހު ތަފްސީލު ހާމަކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ފެބުރުއަރީ 2022 | ހޮނިހިރު 08:15
ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ރާއްޖޭގައި ތިބި ޔޫކްރެއިނާއި ރަޝިޔާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ, ރާއްޖޭގައި ތިބި ޔޫކްރެއިނާއި ރަޝިއާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު, އާދިއްތަ ދުވަހު އެކަމުގެ އިތުރު ތަފްސީލު ހާމަކޮށް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހަނަފީ މިހެން ވިދާޅުވެފައިވާ ދާދިފަހުން ޕީއެސްއެމުން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް, އެތަނުގައި ތިބި ރަޝިޔާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ އަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް މިހާރު މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. ރަޝިޔާއާއި ޔޫކްރެއިންއަކީވެސް ރާއްޖެއިން އޮން އެރައިވަލް ވީސާ ދޭ ދެ ގައުމެވެ. 

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފާނެތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާއަކީ މިދިޔަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އަދި ޔޫކްރެއިނަކީ އަހަރުގެ މިހާތަނަށް 8 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މި ދެ ގައުމުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިންގެ ރާއްޖެއަށް އަންނައިރު, މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެކަމަށް ވަނީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު