Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގުގެ ފައިނަލް ޕެރިހުގައި

ޗެމްޕިއަންސް ލީގުގެ ފައިނަލް އެންމެ ފުރަތަމަ ކުޅެން ނިންމީ ރަޝިޔާގެ ޕީޓާސްބާގުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 26 ފެބުރުއަރީ 2022 | ހޮނިހިރު 09:14
ޗެމްޕިއަންސް ލީގު ފައިނަލް އެންމެ ފުރަތަމަ ކުޅެން ނިންމި ރަޝިޔާގެ ގެޒްޕްރޮމް އެރިނާ

ޗެމްޕިއަންސް ލީގު ފައިނަލް އެންމެ ފުރަތަމަ ކުޅެން ނިންމި ރަޝިޔާގެ ގެޒްޕްރޮމް އެރިނާ

ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ދިގުލައިގެންދާނެ ކަމަށް ބަލައި އަންނަ މެއި މަހު ރަޝިޔާގެ ޕީޓާސްބާގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެެ ޕެރިހަށް ބަދަލުކޮށްފިއެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އެންމެ ފުރަތަމަ ކުޅެން ނިންމީ ރަޝިޔާގެ ޕީޓާސްބާގުގައި ހުންނަ ގެޒްޕްރޮމް އެރިނާގައެވެ. އެކަމަކު ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމައިގެ ކަންކަމާއި ގުޅިގެން ޔުއެފާއިން ވަނީ ފައިނަލް މެޗު ޕެރިހުގައި ހުންނަ ސްޓޭޑް ޑީ ފްރާންސް ސްޓޭޑިއަމްގައި ކުޅޭގޮތަށް ނިންމާފައެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅޭ އިނގިރޭސި ކުލަބުތަކުން ވަނީ މި މެޗު ރަޝިޔާ ނޫން ގައުމަކަށް ބަދަލުކޮށްދޭން ޔުއެފާގައި އެދިފައެވެ.

ފައިނަލް މެޗު ޕެރިހުގައި ކުޅެން ނިންމިއިރު، މި މެޗު ވެސްޓް ހޭމް ޔުނައިޓެޑްގެ މެޗުތައް ކުޅެމުން އަންނަ ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅެން ވެސް ބިޑް ކުރިއެވެ. އެކަމަކު ޕެރިހުގައި މި މެޗު ކުޅެން ނިންމީ ގިނަ ވޯޓު ލިބުމުންނެވެ.

މިއީ އެކިއެކި ސަބަބުތަކާއި ހުރެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސި ދަނޑު ބަދަލުކުރަން ޖެހިޖެހިގެން ޖެހުނު ތިން ފަހަރެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލް ކުޅޭތަން ބަދަލުކުރަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޕޯޗުގަލްގެ ލިޒްބަންގައި ކުޅުމުންނެވެ. އަދި މިދިޔަ އަހަރުގެ ފައިނަލް ތުރުކީގެ އިސްތަންބޫލްގައި ކުޅެން އޮއްވައި ޕޯޗުގަލްއަށް ބަދަލުކުރަން ޖެހުނީ ތުރުކީގައި ކޮވިޑްގެ ހާލަތު ގޯސްވުމުންނެވެ.

ހާލަތު ގޯސްވަމުން އަންނާތީ އަންނަ މަހު ކުޅެން އޮތް ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް މެޗުތައް ރަޝިއާގައި ނުބާއްވަން ޔޫރަޕްގެ ތިން ގައުމަކުން ވަނީ ގޮވާލައިފައެވެ.

ރަޝިޔާގައި މެޗުތައް ހޮސްޓު ނުކުރަން ގޮވާލި ގައުމުތަކަކީ ޗެކް ރިޕަބްލިކާއި، ސްވިޑެން އަދި ޕޮލެންޑެވެ. މި ތިން ޓީމަކީވެސް ޕްލޭއޮފްގައި ރަޝިޔާގެ ފަޅީގައި ހިމެނޭ ތިން ގައުމެވެ.

ޔޫކްރެއިނާއި ރަޝިއާ އިން ހަނގުރާމައެއް ނުފަށަން ކުޅިވަރުގެ އެކި ތަރިންނާއި ޓީމުތަކުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖްތަކެއް ދެމުންނެވެ.

ޔުއެފާ ޔޫރަޕާ ލީގައި ޔޫރަޕްގެ ބޮޑު ފަސް ލީގުގެ މެޗުތަކުގައި ވެސް ހަނގުރާމަ ނުކުރުމަށް ގޮވާލާ ކުޅުންތެރިން ވަނީ އެކިއެކި މެސެޖުތައް ދެމުންނެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އަދި އެނޫންވެސް ގޮތްގޮތަށް ކުޅުންތެރިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު