Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލެކްސަންޑަ އިސާކް

އިސާކް ނިއުކާސަލްގެ އެއްބަސްވުން އައު ނުކުރި

ނިއުކާސަލް އިން ބޭނުން ވަނީ އިސާކް އެ ކުލަބުގައި މަޑުކުރުވަން ނަމަވެސް އޭނާ މިހާރު ނިއުކާސަލް ގައި މަޑުކުރަން ބޭނުމެއް ނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 27 މާރިޗު 2025 | ބުރާސްފަތި 16:43
އެލެގްޒެންޑަރ އިސާކް: އޭނާ ކުލަބުގައި ބެހެއްޓުމަށް ނިއުކާސަލް އިން ދަނީ މަސައްކަތް ކުރަމުން

އެލެގްޒެންޑަރ އިސާކް: އޭނާ ކުލަބުގައި ބެހެއްޓުމަށް ނިއުކާސަލް އިން ދަނީ މަސައްކަތް ކުރަމުން

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެން ގައުމީ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް، އެ ކްލަބްގެ އެބަސްވުން އިތުރު ނުކުރުމަށް ނިންމައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލް އިން ބޭނުން ވަނީ އިސާކް އެ ކުލަބުގައި މަޑުކުރުވާށެވެ. އެހެން ނަމަވެސް އޭނާ މިހާރު ނިއުކާސަލް ގައި މަޑުކުރަން ބޭނުމެއް ނުވެ އެވެ.

އިސާކް ނިއުކާސަލް ގައި މަޑުކުރަން ބޭނުން ނުވާ ސަބަބަކީ އޭނާ އިތުރު ކުލަބަކަށް އައު ތަޖުރިބާއެއް ކޮށްލަން ދިއުމަށް ބޭނުން ވުމެވެ. އިސާކް ނިއުކާސަލްގެ އެއްބަސްވުން އައު ނުކުރަން ނިންމާފައި މިވަނީ އަންނަ ހޫނު މޫސުމުގައި ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުކާސަލްގައި މިވަގުތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސާކް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ބައެއް ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އާސެނަލް، ލިވަޕޫލް ފަދަ ކުލަބުތަށް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުކާސަލުން އަންނަނީ އެ ޓީމުގެ ފޯވާޑް އެ ކްލަބްގައި މަޑުކުރުވަން ކުރެވުނުހާ ކަމެއް ކުރަންމުންނެވެ. ދާދި ފަހުން ނިއުކާސަލް އިން ވަނީ އިސާކްގެ ގޯލަކާ އެކު، 2-1 އިން ލިވަޕޫލް ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ، 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ. މި ކާމިޔާބީގައި އިސާކް ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.

ނިއުކާސަލްގެ ޗެއާމަން، ޔާސިރު އަލް ރުމައްޔާން ބުނީ އިސާކް އަކީ އެ ކްލަބްގެ އަގުހުރި "އެސެޓް" އެއް ކަމަށާއި އޭނާ ވަށައިގެން ނިއުކާސަލުން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ލެވަލްގެ ކުޅުންތެރިއަކު ދޫކޮށްލުމަކީ، ޓީމުގެ ކުރިއެރުމަށް އެޅޭނެ ހުރަހެއް ކަމަށެވެ.

އިސާކް ވަނީ މި ސީޒަނުގައި މިހާތަނަށް ނިއުކާސަލަށް އޭނާ ކުޅެދިން 33 މެޗުގައި 23 ގޯލު ޖަހައިފަ އެވެ. ނިއުކާސަލް އިން ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި އިސާކް އަކީ މުހިންމު ކުޅުންތެރިއެކެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު