Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ކީވްއަށް ރަޝިޔާއިން ހަމަލާތަކެއްދީފި

މި ހަމަލާތައް ދީފައިވަނީ ޔޫކްރެއިންގެ ހުޅަނގު އުތުރު ބިތަށާއި ހުޅަނގު ދެކުނު ބިތަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 ފެބުރުއަރީ 2022 | ހޮނިހިރު 04:01
ކީވް ދިފާއުކުރުމަށް ވޮލަންޓިއަރުން މަސައްކަތްކުރަނީ

ކީވް ދިފާއުކުރުމަށް ވޮލަންޓިއަރުން މަސައްކަތްކުރަނީ

ޔޫކްރެއިންގެ ކެޕިޓަލް ސިޓީ ކީވްއަށް ރަޝިޔާއިން ހަމަލާތަކެއްދީފިއެވެ.

ސީއެންއެންގެ ރިޕޯޓުތައް ބުނާގޮތުން, ރަޝިޔާއިން މި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތުގައެވެ. ރަޝިޔާއިން ކީވްއަށް ހަމަލާދީފައި ވާއިރު، ރަޝިޔާއިން ކީވްއަށް ހަމަލާދޭން މަސައްކަތް ކުރާނެކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވަނީ ހުކުރު ދުވަހުގެރޭ ވިދާޅުވެފައެވެ. ޔޫކްރެއިންގެ ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ޒެލެންސްކީ ވިދާޅުވީ, ހުކުރު ދުވަހުގެރޭ ކީވްއަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ސަބަބަކީ އެގައުމުގެ ކެޕިޓަލް ސިޓީއަކީ ގައުމަށް ވަރަށް މުހިންމު ތަނަކަށް ވާތީއެވެ.

ރިޕޯޓުތައް ބުނާގޮތުން މި މަންޒަރުދުށް ބައެއް ފަރާތްތަކަށް ވަނީ, ބޮންގޮވުމާއި ބަޑީގެ ހަމަލާތަކެއް ފެނިފައެވެ. މި ހަމަލާތައް ދީފައިވަނީ ޔޫކްރެއިންގެ ހުޅަނގު އުތުރު ބިތަށެވެ. އެސަަހައްދުގައި ޔޫކްރެއިންގެ މިލިޓަރީ ބޭހެއްވެސް ހުރެއެވެ.

ޔޫކްރެއިންގެ ކެޕިޓަލް ސިޓީ، ކީވްގައި ހަރަކާތްތެރިވާ ސީއެންއެންގެ ބައެއް ރިޕޯޓަރުންނަށް ވަނީ އެގައުމުގެ ހުޅަނގު ދެކުނު ފަރާތުންވެސް ހަމަލާތަކުގެ އަޑު އިވިގެން ރިޕޯޓުކޮށްފައެވެ.

ރަޝިޔާއިން މިހާތަަނަށް 160އަށްވުރެ ގިނަ މިސައިލް ހަމަލާފޮނުވާލާފައިވާއިރު, އޭގެތެރޭގައި ކްރޫޒް މިސައިލާއި އެކި ރޭންޖްތަކުގެ މިސައިލް ހިމެނެއެވެ.

މީގެއިތުރުން ޔޫކްރެއިންގެ އަސްކަރީ ތަންތަން ހަލާކުކޮށްލައި ޔޫކްރެއިންގެ އަސްކަރިއްޔާގެ ބާރު ކަނޑުވާލުމަކީވެސް ރަޝިޔާގެ އަމާޒެކެވެ.

ރަޝިޔާގެ ހަމަލާތައް ޔޫކްރެއިނަށް އަމާޒުކުރަމުންދަނީ މައިގަނޑު ތިން ދިމާއަކުންނެވެ. އޮފިޝަލް ވިދާޅުވީ ފުރަތަމަ ހަމަލާތަކަކީ ޚާރްކީވްއާ ދިމާއިން ދެމުންދާ ހަމަލާތަކެވެ. ދެވަނަ ހަމަލާތައް ކްރައިމިއާއާ ދިމާލުން ދެކުނު ފަރާތުން ދެމުންދާއިރު, ތިން ވަނަ ހަމަލާތަކަކީ ބެލަރޫސް މަގުން ހުޅަނގު ދެކުނު އަދި ހުޅަނގު އުތުރުން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދެމުންދާ ހަމަލާތަކެވެ.

ތިން ދިމާ ބޭނުންކޮށްގެން ރަޝިޔާއިން މަސައްކަތްކުރަނީ މީހުން އެންމެ ގިނަ ސިޓީތަކުގެ ކޮންޓްރޯލް ހޯދުމަށެވެ.

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2019

ބޯކޯ ހަރާމް ޖަމާއަތުން ޗޭޑަށް އަރައި ބަޑީގެ ހަމަލާތަކެއްދީފި

19 ޑިސެމްބަރު 2019
ބޯކޯ ހަރާމް ޖަމާއަތުން ޗޭޑަށް އަރައި ބަޑީގެ ހަމަލާތަކެއްދީފި
22 އެޕްރީލު 2019

ޔޫކްރެއިންގެ އިންތިޚާބު:ރައީސްކަމަށް ކޮމޭޑިއަން ޒެލެންސްކީ؟

22 އެޕްރީލު 2019
ޔޫކްރެއިންގެ އިންތިޚާބު:ރައީސްކަމަށް ކޮމޭޑިއަން ޒެލެންސްކީ؟
01 އެޕްރީލު 2019

ޔޫކްރެއިންގެ އިންތިޚާބު: ޕްރުޝެންކޯ އާއި ޒެލެންސްކީ ދެވަނަ ބުރަށް

01 އެޕްރީލު 2019
ޔޫކްރެއިންގެ އިންތިޚާބު: ޕްރުޝެންކޯ އާއި ޒެލެންސްކީ ދެވަނަ ބުރަށް
31 މާރިޗު 2019

ޔޫކްރެއިންގެ ރިޔާސީ އިންތިޚާބު ވޯޓްލުން ފަށަނީ

31 މާރިޗު 2019
ޔޫކްރެއިންގެ ރިޔާސީ އިންތިޚާބު ވޯޓްލުން ފަށަނީ
30 ޖެނުއަރީ 2019

ޔޫކްރެއިންގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޕްރޮޝެންކޯ ކުރިމަތިލައްވަނީ

30 ޖެނުއަރީ 2019
ޔޫކްރެއިންގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޕްރޮޝެންކޯ ކުރިމަތިލައްވަނީ
28 އޯގަސްޓު 2018

ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ

28 އޯގަސްޓު 2018
ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ
07 އެޕްރީލު 2018

ނަރވް އެޖެންޓް ޙަމަލާގެ މައްސަލައިގައި ވާހަކަ ދައްކަން ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފި

07 އެޕްރީލު 2018
ނަރވް އެޖެންޓް ޙަމަލާގެ މައްސަލައިގައި ވާހަކަ ދައްކަން ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފި
27 ނޮވެމްބަރު 2017

ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ

27 ނޮވެމްބަރު 2017
ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު