Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުން

ހަމަހަމަކަމާއެކު އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް: ނައިބު ރައީސް

ވެކްސިނަކީ ހަޤީޤީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތަޢައްސަބުން އެއްކިބާވާން ޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2022 | ހުކުރު 18:07
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ހަމަހަމަކަމާއެކު އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން ތައްޔާރަށްއޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ “ގެލްވަނައިޒިންގ މޮމެންޓަމް ފޮރ ޔުނިވަރސަލް ވެކްސިނޭޝަން” ގެ ނަމުގައި އ.ދ. ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޤައުމުތަކަށް އިސްކަން ދޭންޖެހިފައިވާކަން ފާހަގަކުރައްވާ، އާމްދަނީ މަދު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަމުގައި ވިދާޅުވިއެވެ. ވެކްސިނަކީ ހަޤީޤީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތަޢައްސަބުން އެއްކިބާވެ، އެމަގުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މޭރުމުން އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ނުލިބެނީސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތެވެ.

ވެކްސިނަކީ އެންމެންގެ ހައްޤު އޭގައި އެކުލެވޭ އެއްޗެއްގެ ގޮތުގައި ދެކި، އެމަގުން ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، 2020 ވަނަ އަހަރު ވަރލްޑް ޓްރޭޑް އޮގަނައިޒޭޝަނުން ހުށައެޅި ފަދައިން ކޯވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި، ވެކްސިންގެ ރައްކާތެރިކަން އެންމެހާ ޤައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ޤައުމުތަކުގެ ލީޑަރުންނަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އެގޮތުން ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ގާއިމްކޮށްފައިވާ އޭ.ސީ.ޓީ. އެކެސެލެރޭޓަރގެ ގްރާންޓް ފަންޑިންގއަށް މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވަނީ، ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ކޯވިޑް 19ގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެ ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގައި ކޯވިޑުން ރައްކާތެރިކަން ހޯދައިދިނުމަށް އަމާޒުކޮށް ހިންގުނު ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިން “ދިފާޢު” ކެމްޕޭނުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ. އެގޮތުން ކޯވިޑުގެ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ޙާލަތުގައި ދިވެހިން އެއް ބައެއްގެ ގޮތުގައި ދެއްކި އެއްބައިވަންތަކަމާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ރާއްޖެއާ ދެމެދު ބެހެއްޓި ގާތްކަމާއި ދެއްވި އެހީތެރިކަން ކަމުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވަމުންނެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު