Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިހާރު ފޯރުކޮށްދެމުންދަނީ ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް: މެނޭޖަރު ދާވޫދު

25 ފެބުރުއަރީ 2022 | ހުކުރު 09:49

ގިނަ ޚިދުމަތްތަކެއް ތައާރަފް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2022 | ހުކުރު 09:49
ފަލަސުރުޚީ ޕްރޮގްރާމްގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާވޫދު ވާހަކަދައްކަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާވޫދު ވާހަކަދައްކަވަނީ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިހާރު ފޯރުކޮށްދެމުންދަނީ ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާވޫދު ވިދާޅުވެއްޖެއެވެ.

ރީޖަނަލް ހޮސްޕިޓަލަށް ގެންނަމުންދާ ބަދަލުތަކާއި، ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދާވޫދު ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އައު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެހޮސްޕިޓަލް އެޅުމަށް ބިން ހަމަޖައްސާފައިވާކަމަށާއި މިއަހަރުގެ ތެރޭގައި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދާވޫދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި ދާވޫދު ވިދާޅުވީ މިސަރުކާރުން ހަވާލުވިއިރު ހޮސްޕިޓަލްގެ ޚިދުމަތްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ކުރެވުނު މަސައްކަތާއެކު މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތް ވަރަށް ބޮޑަށް ފުޅާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަކީ ޓާޝަރީ ފެންވަރުގެ ޚިދުމަތްތަކެއް ކަމަށް ދާވޫދު ވިދާޅުވިއެވެ.

ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ވަކިން އިމާރާތް ކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ދާވޫދު ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކު، ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް އެ ހޮސްޕިޓަލަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި ވަކިން ދެ ހޮސްޕިޓަލެއް ހިންގުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެއިތުރުން ދާވޫދު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލް ނިމި ޚިދުމަތްތައް ބަދަލުކުރެވޭ ހިސާބުން މިހާރު އެޅުމަށް މަސައްކަތް ކުރާ ހޮސްޕިޓަލްގެ އިމާރާތް ވެސް ބޭނުންކުރަމުންދާނީ ހޮސްޕިޓަލްގެ އެކިއެކި ޔުނިޓްތައް ހިންގުމަށް ކަމަށެވެ. އަދި ވިދާޅުވީ މިކަންކަމުގައި ސަރުކާރު ލެވަލްގައި ވަކި ގޮތެއް އަންގާފައިނުވާ ކަމަށާއި، ކަންކަން ނިންމާނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށެވެ.

މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މުވައްޒަފުންގެ އަދަދު 200 އިން 370 އަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ކުލިނިކަލް އެސިސްޓެންޓުންނާއި، ރިސެޕްޝަނިސްޓް އަދި ރޭޑިއޮގުރާފަރސްގެ އިތުރުން އެޓެންޑެންޓުންގެ އަދަދު ގާތްގަނޑަކަށް ދެ ގުނައަށް އިތުރު ކުރެވިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. ލެބޯޓްރީއަށް އައު ގިނަ މެޝިނަރީސް ހޯދުމުގެ އިތުރުން ގިނަ ތަހުލީލްތަކެއް ކުރެވޭނެ ގޮތްވެސް ހަދާފައިވާކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ތައާރަފްކޮށްފައިވާ ގިނަ ޚިދުމަތްތަކުގެ ތެރޭގައި އެމްއާރުއައި، ސީޓީ ޚިދުމަތާއި ތެލަސީމިޔާ ޑީއެންއޭ ޓެސްޓިންގެ ޚިދުމަތް، ސްޕީޗު ތެރަޕީގެ ޚިދުމަތް އަދި މެމޯގްރާމްގެ ޚިދުމަތް ތައާރަފުކޮށްފައިވެއެވެ. ދާއިމީ ފުޓުނި އަދި ރޫޓް ކެނަލްގެ ޚިދުމަތާއި ސާޖިކަލް އެކްސްޓްރެކްޝަނާއި މީގެއިތުރުންވެސް ދަތާއި ގުޅުން ހުރި ޚިދުމަތްތައް ތައާރަފު ކުރުމަށް ސްޓްރަކްޗަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ހަދައި، ކުރިޓިކަލް ކެއަރ ދެވޭ ގޮތަށް ތަރައްގީ ކުރުމުގެ އިތުރުން އެންއައިސީޔޫ އަށް ވަނީ ތަފާތު ކުރިއެރުންތައް ގެނެސްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން ޑެންޓަލް އޯޕީޑީގެ ޚިދުމަތް ތައާރަފްކޮށްފައިވާއިރު، އައު ލޭބަރ ރޫމެއް ހަދައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މޯބައިލް ކިއު ސިސްޓަމްއެއް ގާއިމްކޮށް، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ ކުރުމަށް ކަސްޓަމަރުންނާއި ގުޅޭ އިތުރު ގޮތްތަކުގެ ތެރޭގައި ވައިބަރ، އެސްއެމްއެސް، ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ތައާރަފު ކުރެވިގެން ދިޔަ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގިނަ ޚިދުމަތްތައް ތައާރަފްކުރެވި ހަރުދަނާ ކުރެވިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވައި ކުލަ އައުކޮށް ބައެއް މަރާމާތުތައް ކުރުމަށް 2.2 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގާފައިވާކަމަށްވެސް އެހޮސްޕިޓަލުގެ ފަރާތުންވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް