Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުން

ޔޫކްރޭންގައި ތާށިވި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ދީފި

ބީއެމްއެލް ކާޑު މެދުވެރިކޮށް ބޭރު ފައިސާ ބޭނުންކުރެވޭނެ ލިމިޓް ވަނީ އިތުރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ފެބުރުއަރީ 2022 | ބުރާސްފަތި 18:54
ޔޫކްރެއިން ރަޝިޔާ މަޝްރަހު

ޔޫކްރެއިން ރަޝިޔާ މަޝްރަހު

ޔޫކްރޭންގައި ތާށިވި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ދީފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔޫކްރޭންގައި ތާށިވެފައި ތިބި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ބޭރު ފައިސާއިން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރެވޭ މުއާލަމާތް އިތުރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ބޭރު ފައިސާގެ ލިމިޓް އިތުރުކޮށްފައިވަނީ މާޗް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރަޝިއާއާ ކައިރި ގައުމުތަކާއި ގުޅިގެން ދިވެހި ދަރިވަރުން ރައްކާތެރި ހިސާބަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އެސަރަހައްދުގެ އެހެން ގައުމުތަކުގެ ސަރުކާރާއެކު ފޮރިން މިނިސްޓްރީން މަޝްވަރާކުރަމުންދާ ކަމަށާއި, އަދި މިކަމާގުޅޭގޮތުން ރަހުމަތްތެރި އެހެން ބައެއް ގައުމުތަކާއެކުވެސް މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ޔޫކްރޭންގައި ތިބި ދަރިވަރުންގެ އިތުރުން އެސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތުވެސް ފޮރިން މިނިސްޓްރީން ބަލަމުންދާކަމަށެވެ. އަދި ދިވެހިންގެ ހާލަތު, ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލު ރަނގަަޅު ކަމަށް މިނިސްޓްރީން ބުނެއެވެ.

ޔޫކްރެންގައި ތިބި ދިވެހި ދަރިވަރުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެ ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީއަށް އެންގެވުމާއެކުއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު