Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާއާއި ޔޫކްރޭންގެ ކޯޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޔޫކްރޭނުން މިނިވަންވި ޑޮނަބަސްއަށް ރަޝިއާއިން ތާއީދުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2022 | ބުރާސްފަތި 18:03
ރަޝިއާއިން ޔޫކްރޭން ހިފަން މަސައްކަތްކުރުމުގެ ފަހަތުގައި އެތައްކަމެއްވޭ

ރަޝިއާއިން ޔޫކްރޭން ހިފަން މަސައްކަތްކުރުމުގެ ފަހަތުގައި އެތައްކަމެއްވޭ

ރަޝިއާއިން ހުރިހާ ގޮތަކުން ވަނީ ޔޫކްރޭނަށް އަރައިގަތުމުގެ މަސައްކަތް ފަށާފައެވެ. ވައިގެ މަގުންނާއި، ކަނޑުމަގުންނާއި, އެއްގަމު މަގުންނެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ހުޅަނގުގައި އެއްގައުމު އަނެއް ގައުމަށް އަރައިގަންނަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އެތައް މަސްތަކެއް ވަންދެން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ޔޫކްރޭނަށް އަރަން އުޅޭކަން ދޮގުކުރައްވާފައެވެ. ނަމަވެސް ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ވިދާޅުވީ, ޔޫކްރެއިންގައި ތިބި ރަޝިއާގެ ރައްޔިތުންގެ އިތުރުން ރަޝިއާގައި ތިބި އާންމުންގެ ރައްކަލަކަށްޓަކައި, އަދި ބޮޑު ލޭއޮހޮރުވުމެއް ހުއްޓުވުމަށްޓަކައި ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް އޯޑަރު ދެއްވާފައިވާ ކަމަށެވެ. ހުޅަނގުން މިކަން ސިފަކުރަނީ ދެކޮޅު ނުޖެހޭ ޕްރޮޕެގެންޑާއެއްގެ ގޮތުގައެވެ.

ޔޫކްރޭނާ ރަޝިއާއާ ދެމެދުއޮތް މައްސަލައަކީ ކޮބާ؟

ޔޫކްރޭނަކީ ޔޫރަޕްގެ ގައުމުތަކުގެ ރަޝިއާ ފިޔަވައި އެންމެ ބިން ބޮޑު ގައުމެވެ. ޑިމޮކްރަސީއަށް ތާއީދުކުރާ ޔޫކްރޭނަކީ 1000 އަހަރުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އެގައުމުގައި 44 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ. ޔޫކްރޭން ރަޝިއާގެ އަތްދަށުން މިނިވަންވެފައިވަނީ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔަ ހިސާބުންނެވެ. އަދި އެގައުމުން މިހާރު ބޭނުންވަނީ ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ނޭޓޯއާ ގުޅުމަށެވެ.

ޕުޓިން ސިފަކުރައްވާ ގޮތުގައި ޔޫކްރޭނަކީ, ދުޝްމަނުން އަޑީގައި ތިބެގެން އުފައްދާފައިވާ ގައުމެކެވެ. ޕުޓިން ވަނީ ޔޫކްރޭނަކީ ހުޅަނގުގެ ޕަޕެޓެއް ކަމަށާއި, އެއީ ދައުލަތެއްގެ ސިފަ ލިބިފައިވާ ގައުމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޕުޓިން ޔޫކްރޭނާއި ހުޅަނގުގެ ގައުމުތަކަށް ޑިމާންޑް ކުރައްވަނީ ޔޫކްރޭން ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ދިނުމަށެވެ. ނޭޓޯއަކީ 30 ގައުމުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ. މީގެ އިތުރުން ޔޫކްރޭނަކީ އަސްކަރީ ސިފައިން ނުތިބޭ, އަދި ވަކިކޮޅަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮތުމަށެވެ.

ނަމަވެސް ނިމިގެންދިޔަ އަހަރުގެ ޖެނުއަރީ މަހު ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވަނީ ޔޫކްރޭން ނޭޓޯއާއި ގުޅެން ހުއްދަ ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގޮވާލައްވާފައެވެ. މިއާއެކު ރަޝިއާއިން އޮތީ އެކަމާ ރުޅިގަދަވެފައެވެ. ރަޝިއާއިން، ޔޫކްރޭން ހުޅަނގުގެ އެއްވެސް ޖަމިއްޔާއަކާ, އީޔޫއާ, އަދި ނޭޓޯއާއި ވެސް ގުޅޭކަށް ބޭނުމެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބަކީ ކޮބާ؟ ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ރަޝިއާއާއި ހުޅަނގުން ޔޫކްރޭން ދެކެނީ އެއީ އެއްބަޔަކު އަނެއްބަޔަކަށް ރައްކާތެރިވުމުގެ ގޮތުން އޮތް މުހިންމު އައްޑަނައެއްގެ ގޮތުގައެވެ. ރަޝިއާއިން ގަބޫލުކުރާ ގޮތުގައި ޔޫކްރޭނަކީ ގުދުރަތީގޮތުން އެމީހުންގެ ބެލުމުގެ ދަށުގައި ނުވަތަ ބާރު ފޯރުވޭ ހިސާބުގައި އޮތް ތަނެކެވެ. އަދި މީގެ އެތައް ގަރުނެއްގެ ކުރިން އެތަނަކީ ރަޝިއަން އެމްޕަޔަރެއްގެ ގޮތުގައި އޮތްތަނަކަށް ވެފައި, ޔޫކްރޭންގެ ރައްޔިތުންނަކީ ރަޝިއާ ބަހުން ވާހަކަދައްކާ ބައެއްގެ އިތުރުން، ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި, 1991 ވަނައަހަރު މިނިވަން ވުމާ ހަމައަށް އޮތް ގައުމެކެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ޔޫކްރޭނުން އެގައުމުގައި ހުންނެވި, ރަޝިއާއާ ގާތްގުޅުމެއް އޮތް ރައީސް މަގާމުން ދުރުކޮށް, ހުޅަނގާ ގުޅުން އޮންނަ ރައީސަކު އައްޔަންކުރި ހިސާބުން ރަޝިއާއަށް އެކަމުގެ ނުތަނަވަސްކަން އިހުސާސްވާން ފެށިއެވެ.

2014 ވަނަ އަހަރު އައި ބަހާރު

ޔޫކްރޭންގައި ހުންނެވި, ރަޝިއާއާއި ގާތް ގުޅުމެއް ބާއްވަވަމުން އައި ޔޫކްރޭންގެ އެއިރުގެ ރައީސް, އެގައުމުގެ ރައްޔިތުން ނުކުމެ ވެރިކަމުން ދުރުކޮށްފައިވަނީ ފެބްރުއަރީ 2014ގައެވެ. އަދި މިއާއެކު ރަޝިއާއިން މިކަމުގެ ރައްދެއްގެ ގޮތުގައި ޔޫކްރޭންގެ ބައެއް ކަމުގައިވާ ކްރީމިއަން ޕެނިންސިއުލާ ރަޝިއާގެ ބާރުގެ ދަށަށް ގެނެއެވެ.

މީގެ އިތުރުން މި ހަމަނުޖެހުންތަކުގައި ޔޫކްރޭންގެ އިރުމަތީ ސަރަހައްދު ނުވަތަ ޑޮމްބަސްގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދު ޔޫކްރޭނާ ވަކިވެގަންނަން މަސައްކަތް ކުރިއެވެ. އެ ސަރަހައްދަކީ ރަޝިއާ ބަހުން ވާހަކަ ދައްކާ މީހުން އެންމެ ގިނައިން އުޅޭ ސަރަހައްދެވެ.

އެޕްރީލް 2014ގައި ރަޝިއާއިން ވަނީ, ވަކިވެގެންފައިވާ ސަރަހައްދުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ, ސަރުކާރުގެ އޮފީސްތައް ހިސޯރުކޮށް, ޔޫކްރޭންގެ ސިފައިން އެސަރަހައްދުން ބާލާފައެވެ. އަދި ޑޮމްބަސްގައި, ޑޮނެސްޓްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހާންސްކް ޕީޕަލްސް ރިޕަބްލިކް އުފެދިގެން ދިޔައެވެ.

އަދި ޖެހިގެން އައި މަހު, ވަކިވެގެންފައިވާ ސަރަހައްދުގެ މީހުން ވަނީ ވޯޓެއް ނަގައި, އެ ސަރަހައްދަކީ މިނިވަން ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން ރަޝިއާގެ ބައެއްގެ ގޮތުގައި ވުމަށް ވެސް ނިންމިއެވެ. ނަމަވެސް އޭރު ރަޝިއާއިން އެ ނިންމުން ބަލައިގެންފައެއްނުވެއެވެ. ނަމަވެސް އެ ސަރަހައްދު ބޭނުންކުރަމުން ދިޔައީ، ޔޫކްރޭންގެ މައްޗަށް ބާރު ފޯރުވާ ނޭޓޯއާއި ނުގުޅޭނެ ގޮތަކަށް މަސައްކަތްކުރާ ސަރަހައްދެއްގެގޮތުގައެވެ.

ޔޫކްރޭނާއި ހުޅަނގުން ތުހުމަތުކުރަނީ, ވަކިވެގެންފައިވާ ސަރަހައްދުގެ މީހުންނަށް ރަޝިއާއިން ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. ނަމަވެސް މިކަން ރަޝިއާއިން ދޮގުކުރެއެވެ.

ޔޫކްރޭންގެ ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއް؟

ރަޝިއާއިން އަނެއްކާ ވެސް ޔޫކްރޭން ހިފާފާނެކަމުގެ ވާހަކަތަކާއެކު, އެގައުމުގައި ތިބި ރަޝިއާ ބަހުން ވާހަކަދައްކާ މީހުން ވަނީ އެކަތިގަނޑަކަށް ވެފައެވެ.

2001 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުން، ޔޫކްރޭންގެ ދެބައިކުޅަ އެއްބައި މީހުން ޔޫކްރޭން ސޯވިއެޓް ޔޫނިއަނުން ވަކިވާން ނިންމި ނިމުމަށް ތާއީދުކުރެއެވެ. ނަމަވެސް މިއަދު 80 އިންސައްތަ މީހުން މިނިވަންކަމަށް ތާއީދުކުރާއިރު, އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ނޭޓޯއާ ގުޅުމަށް ތާއީދު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު

08 ފެބުރުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު

ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު

18 ޑިސެމްބަރު 2017
ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

26 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު