Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޝިޔާ ޔޫކްރެއިންގެ މަސްރަހު

އަސްކަރީ މުއާމަލާތްތަކުން ސުލްހައެއް ނުގެނެވޭނެ، މަޝްވަރާތައް ވަރުގަދަ ކުރަން ޖެހޭ: ޝާހިދު

ސުލްހަމަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ހައްލުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ފެބުރުއަރީ 2022 | ބުރާސްފަތި 05:31
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

‎‎ދާއިމީ ސުލްހައަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމަށާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުން ކަމަށް އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގައި ފަށައި، މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާއި ގުޅޭގޮތުން، އދ. ގެ އާންމު މަޖިލީހުގެ ރައީސް، އެމަޖިލީހުގައި ދެއްވި ބަޔާނުގައި ވިދާޅުވީ އ.ދ.ގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނީ "ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުން" ކަމަށްވާއިރު އެއިބާރާތަކީ އ.ދ އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. 1945 އާއި ހަމައަށް ދުނިޔެ އައި އިރު، އެ ޖަމްއިއްޔާގެ ފައުންޑަރުން ދުނިޔޭގެ ދެ ބޮޑު ހަނގުރާމައިގެ ގެއްލުމާއި، ހަލާކާއި، ކެކުޅުމާއި، ވޭން ތަހައްމަލްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

‎އ.ދ.ގެ ޗާޓަރުގެ 1 ވަނަ މާއްދާއަށް އިޝާރަތްކުރައްވައި ޝާހިދު ވިދާޅުވީ އ.ދ.ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސުލްހަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި މަގުން އަދި އަދުލު އިންސާފާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި، އޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުން ކަމަށެވެ. އެހެންކަމުން، ގާނޫނުގެ ހުކޫމަތާއި އެއްގޮތްވާ ގޮތުގެ މަތިން، އަމަންއަމާންކަން ދެމެހެއްޓުމަކީ، އ.ދ.ގެ އެއް މަގުސަދު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ދާއިމީ ސުއްލައަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުންކަމަށެވެ. އެއީ އ.ދ.ގެ ހަޔާތުން ވޭތުވެގެން ދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާއެއް ފިލާވަޅު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިސާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިގުތިސާދު ރުޖޫއަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން ރައްކާވެތިބުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

‎ދެބަސްވުންތައް ހައްލުކުރަން ބޭނުންވާ ވަސީލަތް ރުކުރުވާލުމަށް އިލްތިމާސްކުރައްވައި ޝާހިދު ވިދާޅުވީ ޑިޕްލޮމަސީއާއި، އިސް ފަރާތްތަކުގެ މަދަދާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ތިބި ބޭފުޅުން މިކަމަށް އިސްކަންދޭން ޖެހޭ ކަމަށާއި، ސުލްހައަށް ހައްގުވާ ހުރިހާ ފުރުސަތެއް ދޭންޖެހޭ ކަމަށެވެ. އ.ދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަގުސަދުތަކާއި، އެ ޗާޓަރުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ، ދާއިމީ ސުލްހައެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

‎68 އަހަރު ކުރިން ކުރީގެ ސެކްރެޓަރީ ޖެނެރަލް ދާގް ހަމްމަރޝްޖޯލްޑް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައި ޝާހިދު ވިދާޅުވީ އ.ދ.އަކީ އިންސާނާ ގޮވައިގެން ސުވަރުގެ އަށް ދާން އުފެއްދި ތަނެއް ނޫން، ނަމަވެސް މި މުއައްސަސާ އުފެއްދީ އިންސާނިއްޔަތު ނަރަކައިން ސަލާމަތް ކުރުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2017

އިންޑިއާގައި ރާއްޖެއިން އަސްކަރީ ތަމްރީންތަކެއް ހަދަނީ

14 ޑިސެމްބަރު 2017
އިންޑިއާގައި ރާއްޖެއިން އަސްކަރީ ތަމްރީންތަކެއް ހަދަނީ
07 ޑިސެމްބަރު 2017

ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގަނީ ޗައިނާގެ އަމިއްލަ ބޭނުމަށް، އަސްކަރީ ބޭނުންތައް ވެސް ހިފޭނެ: ޗައިނާގެ މުހައްލިލުން

07 ޑިސެމްބަރު 2017
ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގަނީ ޗައިނާގެ އަމިއްލަ ބޭނުމަށް، އަސްކަރީ ބޭނުންތައް ވެސް ހިފޭނެ: ޗައިނާގެ މުހައްލިލުން
21 ނޮވެމްބަރު 2017

ރަންނަމާރި ހަންޓްގެ ނަމުގައި އަސްކަރީ ތަމްރީނުގެ ހަރަކާތްތައް ފަށައިފި

21 ނޮވެމްބަރު 2017
ރަންނަމާރި ހަންޓްގެ ނަމުގައި އަސްކަރީ ތަމްރީނުގެ ހަރަކާތްތައް ފަށައިފި
07 އޮކްޓޯބަރު 2017

ލަދުގެ ލިސްޓަށް އެރުވުމާއިއެކު ސައުދީގެ އަސްކަރީ ކޯލިޝަނުން ރާއްޖެ ވަކިވުމަށް އެމްޑީޕީން ގޮވާލައިފި

07 އޮކްޓޯބަރު 2017
ލަދުގެ ލިސްޓަށް އެރުވުމާއިއެކު ސައުދީގެ އަސްކަރީ ކޯލިޝަނުން ރާއްޖެ ވަކިވުމަށް އެމްޑީޕީން ގޮވާލައިފި
04 ސެޕްޓެމްބަރު 2017

އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް

04 ސެޕްޓެމްބަރު 2017
އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް
12 ޖުލައި 2017

ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް

12 ޖުލައި 2017
ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް
27 ޖޫން 2017

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ

27 ޖޫން 2017
އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ
10 މާރިޗު 2017

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު