Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއެސްއާ ގުޅުންހުރި މީހަކު ހައްޔަރު ކުރުން

އައިއެސްއާ ގުޅުންހުރި މީހަކު މާލެއިން ހައްޔަރުކޮށްފި

މާލެއިން ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ފެބުރުއަރީ 2022 | ބުދަ 18:48
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން

ހަރުކަށި ފިކުރުގެ ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގުޅުންހުރި ދިވެއްސަކު މާލެއިން ހައްޔަރުކޮށްފިއެވެ.

އައިއެސް ޖަމާއަތުގެ މީހަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ, އެމްރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި ޔޫރަޕިއަން ޔޫނިއަންގެ 2 ގައުމެއްގެ އެހީތެރިކަމާއެކު ދިވެހި ފުލުހުން 30 އަހަރުގެ ދިވެހި ފިރިހެނަކު މާލެއިން ހައްޔަރުކޮށްފައިވާކަމަށެވެ.

ސީޕީ ވިދާޅުވީ މި މީހާ ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގުޅުން އޮންނަ ކަމާއި، މީޑިއާ ކެމްޕޭންތައް ކުރިއަށް ގެންދިއުމުގެ އިތުރުން, ހަރުކަށި ފިކުރު ފެތުރުން ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕްގައި ޓެރަރިޒަމްގެ އަމަލު ހިންގަން ގޮވާލުމާއި، އެތަންތަނުގެ ވެރިންނަށް ގެއްލުން ދިނުމަށް ވެސް ގޮވާލާފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.

ސީޕީ ވިދާޅުވީ އޭނާ މި ކަން ކުރަމުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ކަމަށާއި، މި ހުރިހާކަމެއް ވެސް ކުރަމުން އަންނަނީ ރާއްޖޭގައި ހުރެގެން ކަމަށެވެ. އަދި މި މައްސަލަ ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު