Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓާން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕް

ވެސްޓާން އޭޝިއާ ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ

23 ފެބުރުއަރީ 2022 | ބުދަ 14:49

މި މުބާރާތުގައި 26 އެސޯސިއޭޝަނަކުން 350 ކުޅުންތެރިން ބައިވެރިވާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 23 ފެބުރުއަރީ 2022 | ބުދަ 14:49
ނެޝެނަލް ޗެސް ޗެމްޕިއަންޝިޕްގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށްބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނެޝެނަލް ޗެސް ޗެމްޕިއަންޝިޕްގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށްބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވެސްޓާން އޭޝިއާ ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހުގެ 15 އިން 25 އަށް ރާއްޖޭގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ ޗެސްގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ކުރިއަށް ދާނީ އއ. އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުބާރާތުގައި 26 ފެޑަރޭޝަނަކުން 350 ކުޅުންތެރިން ވާދަކުރާނެ ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ޕާކިސްތާން, ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ، އިންޑިއާ، އަފްގާނިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން، އުޒްބެކިސްތާން، ބަހްރެއިން، ލެބަނަން، އިރާން، އޮމާން، އިރާގް، ފަލަސްތީން، ޖޯޑަން، ގަތަރު، ކުވެއިތް، ސައުދީ އަރަބިއްޔާ، ސީރިއާ، ޔޫއޭރީ އަދި ޔަމަންއެވެ.

18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދާނެއެވެ. އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށް އަދި 8 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައިވެސް ވާދަކުރާނީ ކޮންމެ ގައުމަކުންވެސް އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެކެވެ.

އާންމު ގޮތެއްގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ތިން ފޯމެޓް ކަމަށްވާ، ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓަށްވެސް މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރަސްމީ ހޯލެއް ނެތި ރާއްޖޭގައި ޗެސްގެ އެކި ހަރަކާތްތައް ބާއްވަމުން އައިސް 2019 ވަނަ އަހަރުގެ އޮގަސްޓްމަހު ވަނީ ނެޝަނަލް ޗެސް އާކޭޑް ހުޅުވާފައެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް