Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ލާރިން މަނީލޯންޑަރ ކުރުން

ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ދައުވާއަށް ޙަސަން ރަޝީދާއި ޙަސަން ލޫތު އިންކާރު ކޮށްފި

ދިފާއީ ވަކީލު އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުން އެމީހުންނަށް ކުރާ ދައުވާ ކުރިއަށް ގެންގޮސްފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2022 | ބުދަ 11:05
 މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުމުގެ ބައެވެ. އެގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި މި މައްސަލައިގައި ދައުވާލިބޭ ޙަސަން ރަޝީދާއި ޙަސަން ލޫތުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގ ގެ ދައުވާ ޝަރީއަތަށް ޤަބޫލު ކުރެވޭ މިންވަރަށް ސާފު ވެފައިވާކަމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވުމާއި ގުޅިގެން ދިފާއުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

Advertisement - newsAdvertisement

ދެން އޮންނަ އަޑުއެހުމެއްގައި އެ ދެމީހުންގެ މައްޗަށް ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އިއްވައި ޖަވާބުދާރީވުން އޮންނާނެއެވެ.

މި މައްސަލައިގެ ދައުވާލިބޭ އިސްމާއިލް ޝަރީފްއާއި ސާނިޔާ އިބްރާހިމްގެ ދިފާއީ ވަކީލު އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުން އެމީހުންނަށް ކުރާ ދައުވާ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އެ ދައުވާތައް އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންގޮސްފައިވެއެވެ.

މަސްތުވާތަކެތިމަނީ ލޯންޑަރިންގކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު