Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހޮސްޕިޓަލް އެޅު

އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހޮސްޕިޓަލް އެޅުމަށް އެއްވެސް ހުރަހެއް ނެތް: މިނިސްޓަރު

ސިއްހީ ޚިދުމަތް ދޭންޖެހޭނީ ހަމައެކަނި ސަރުކާރުން ކަމަށް ގަބޫލުނުކުރަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2022 | ބުދަ 08:07
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ސިއްހީ ޚިދުމަތް ދޭންޖެހޭނީ ހަމައެކަނި ސަރުކާރުން ކަމަށް ގަބޫލުނުކުރައްވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަން އެހެންވާ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ކުރަމުންދާކަމަށެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލް އަޅައިގެން ހިންގުމުގައި އެއްވެސް ކަހަަލަ ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަަމަށް އެދި ހުށަހެޅުމުން ހޮސްޕިޓަލް އަޅައިގެން ހިންގުމަށް ހުށަހަޅާފައިވަނީ އެކަށީގެންވާ ފަރާތަކަށްވާނަމަ އެކަމުގެ ހުއްދަދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑެތި އާބާދީތައް ހުންނަ ތަންތަނުގައި ހޮސްޕިޓަލްތައް ނެތުމަކީ ހިތާމަކުރައްވާ ކަމެއްކަމަށެވެ. އެހެންކަމުން އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހޮސްޕިޓަލް އަޅައިގެން ހިންގުމަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި ޒަމާނުއްސުރެ ހިންގަމުން އަންނަ އޭޑީކޭ ހޮސްޕިޓަލަކީ އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހޮސްޕިޓަލަކަށް ވާއިރު ބައެއް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ކުލިނިކް ފަދަ ތަންތަން އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ޚަރުދަނާކުރުމުގެ ގޮތުން ޓާޝަރީ ހޮސްޕިޓަލްތަކެއް ރާއްޖޭގެ ފަސް ސަރަަހައްދެއްގައި ތަރައްގީ ކުރުމުގެ މަސައްކަތް މިސަރުކާރުން އަންނަނީ ކުރަމުންނެވެ. އެހޮސްޕިޓަލްތައް އެޅުމަށްޓަކައި އެކި މަރުހަލާތަކުގައި އަންނަނީ މަސައްކަތްތައް ކުރެވެމުން ކަމަށް ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
30 އޯގަސްޓު 2024

މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް

30 އޯގަސްޓު 2024
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު