Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރިވެންޝަންއަށް ކުރެވޭ މަސައްކަތްތައް

އެންމެ ބޮޑު އިސްކަމެއް ދެނީ ޕްރިވެންޝަންއަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރަން – ޖެންޑަރ މިނިސްޓަރ

23 ފެބުރުއަރީ 2022 | ބުދަ 02:16

ސާސްތުރަ މަޖައްލާގެ ސަބަބުން މުޖުތަމައުގައި އިތުރުވެގެންދާނީ ހޭލުންތެރިކަން ކަމަށާއި، ބަދަލުވުމަށް މަގުފަހިވެގެން އަންނާނީ ޒަމާނުއްސުރެ އަށަގެންފައި އޮތް ބޯދާ ވިސްނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ފެބުރުއަރީ 2022 | ބުދަ 02:16
އާއިޝަތު މުހައްމަދު ދީދީ

އާއިޝަތު މުހައްމަދު ދީދީ

މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ އެއް ކަމަކީ ޕްރިވެންޝަންއަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރެއްވުން ކަމުގައި ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރު މިހެން ވިދާޅުވީ ގެވެށި ގުޅުން ކެންޕެއިންގެ މަޖައްލާ “ސާސްތުރަ” ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ނެރެވޭ މިމަޖައްލާ އަކީ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން މުޖުތަމައުގައި އިތުރުވެގެންދާނީ ހޭލުންތެރިކަން ކަމަށާއި، ބަދަލުވުމަށް މަގުފަހިވެގެން އަންނާނީ ޒަމާނުއްސުރެ އަށަގެންފައި އޮތް ބޯދާ ވިސްނުން ކަމަށެވެ. އަދި ބަދަހިވެގެން އަންނާނީ އާއިލާތަކުގެ ތެރޭގައި އޮތް ގެވެށި ގުޅުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މީގެ ދެ އަހަރު ކުރިން މަގާމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ އެއް ކަމަކީ ޕްރިވެންޝަންއަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރެއްވުން ކަމަށެވެ. އަދި ހޭލުންތެރިކުރުވުމަކީ ޕްރިވެންޝަންއަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށާއި، ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާއަކަށް ވަނީ ގެވެށި އަނިޔާފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކާ މެދު ކަންބޮޑުވާ މީހުން އިތުރުވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރު ވިދާޅުވީ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން އައުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެން އެކަން އޮތްކަމުގައި ވިޔަސް އަނިޔާ ތަހައްމަލުކުރަމުން އަންނަ ފަރާތްތަކުގެ ތެރެއިން އެހީތެރިކަމަށް އެދޭ ފަރާތްތައް އިތުރުވަމުން އައުމަކީ އަނިޔާގެ ސަބަބުން ވަކިވަކި ފަރުދުންނަށާއި، އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން އިތުރުކޮށް، އިތުރު އަނިޔާއަށް އެފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރެއްވުން ކަމަށްވެސް ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރމިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
01 ސެޕްޓެމްބަރު 2023

ހުވަފެނަކީ ބިލާހެއް ނޫންކަން މިދިޔަ ފަސް އަހަރު ފެނިގެންގޮސްފި: ޖެންޑަރ މިނިސްޓަރު

01 ސެޕްޓެމްބަރު 2023
ހުވަފެނަކީ ބިލާހެއް ނޫންކަން މިދިޔަ ފަސް އަހަރު ފެނިގެންގޮސްފި: ޖެންޑަރ މިނިސްޓަރު
18 ޖުލައި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ
27 ޖޫން 2023

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި
26 މެއި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި
25 މާރިޗު 2023

ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

25 މާރިޗު 2023
ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ
24 މާރިޗު 2023

"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"

24 މާރިޗު 2023
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"
26 ފެބުރުއަރީ 2023

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

26 ފެބުރުއަރީ 2023
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް