Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ ދިވެހި ޕްރިމިއާ ލީގު

ގްރާންޑޭ އަތުން ޔޫވީއަށް ހަނި މޮޅެއް

ގްރާންޑޭގެ މައްޗަށް ޔޫވީން ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 14:42
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ކުރިހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ޔޫވީ އިން ކާމިޔާބުކުރީ ހަނި ތަފާތަކުން 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެވަނަ މިނެޓުގައި ޔޫވީގެ އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ގްރާންޑޭގެ ކީޕަރު ހަސަން މުއާޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބައްކު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަސް މިނެޓު ފަހުން ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގްރާންޑޭއިން ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ގްރާންޑޭ އަށްކުޅޭ ސްރީލަންކާ ދެ ކުޅުންތެރިންކަމަށްވާ ޗަމޯދު ދިލްޝާން އާއި މުޙައްމަދު އާކިބް އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ތެރެއިން އާކިބް ލަނޑެއް ޖެހި ނަމަވެސް އޭނާ ޖެހީ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫވީ އިން ގްރާންޑޭގެ ހާފަށް ބާރުބޮޑުކުރިއިރު، މި ހާފުގައި ޔޫވީގެ ފުރަތަމަ ހަމަލާ އުފެއްދީ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ)އެވެ. އޭގެ ދިހަ މިނެޓު ފަހުން ޓޯނީ ވަނީ ހިތްގައިމު ލަނޑެއް ޖަހާ ޔޫވީއަށް ލީޑު ނަގައިދީފައެވެ.

މިއީ ލީގުގައި ޔޫވީން ހޯދި ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ މެޗުގައި ޔޫވީން ވަނީ ކްލަބް ވެލެންސިއާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މި މޮޅާއިއެކު ޔޫވީން ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. ޔޫވީއަށް ދެ މެޗުން 3 ޕޮއިންޓް ވަނީ ލިބިފައެވެ.

ދިވެހި ޕްރިމިއާ ލީގުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު