Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާސްތުރަ މަޖައްލާ

"ގެވެށި ގުޅުން" ކެންޕެއިންގެ މަޖައްލާ "ސާސްތުރަ" ނެރެފި

މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި ގުޅޭ މައުލޫމާތު ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 10:46
ސާސްތުރަ މަޖައްލާ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ނެރެދެއްވަނީ

ސާސްތުރަ މަޖައްލާ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ނެރެދެއްވަނީ

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން "ސާސްތުރަ" ގެ ނަމުގައި މަޖައްލާއެއް ނެރެފިއެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި މަޖައްލާ ނެރެދެއްވީ އަންގާރަ ދުވަހުގެ ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. މި މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން “ސާސްތުރަ” މި ނަމުގައި ނެރުނު މަޖައްލާއަކީ 62 ޞަފްހާގެ އެކުލެވޭ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ތައް ހިމެނިފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޙިދުމަތްތަކާ ގުޅޭ މަޢުލޫމާތު މި މަޖައްލާގައި ހިމެނިފައިވެއެވެ.

މި މަޖައްލާގައި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ “ގެވެށި ގުޅުން ސާސްތުރަ” ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވިދާޅުވުންތަކާއި، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވިފައިވާ ބައެއް ޙަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައްވެސް، އެއާ ގުޅުންހުރި ކުރެހުންތަކާއެކު ހިމެނިފައިވެއެވެ. އަދި، ހަމަ މިއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކަ އާއި ކޮމިކް އަދި ޅެންވެސް މި މަޖައްލާގައި ހިމަނާފައިވެއެވެ. “ސާސްތުރަ” މަޖައްލާގައި ހިމަނާފައިވާ އާޓިކަލްތައް ލިޔެފައިވާ ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ޢިލްމު ހާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ ބައެއް މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރމިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު