Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ98 ކިލޯ ޑްރަގް ކޭސް

މެޖިސްޓްރޭޓަކު ހައިކޯޓުގެ ޙުކުމެއް ސަސްޕެންޑު ކުރުން، ފެންވަރާމެދު ސުވާލު އުފެދޭ ކަމެއް: ޕީޖީ އޮފީސް

22 ފެބުރުއަރީ 2022 | އަންގާރަ 10:02

އެކަން ބެލުމަށް ޖޭއެސްސީއަށް ހުށައަޅުއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ފެބުރުއަރީ 2022 | އަންގާރަ 10:02
ޕީޖީ އޮފީހުގެ އައްޑޫ ގޮފީގައި ކުރިއަށްދިޔަ ޝަރީއަތުގެ ސެޝަނެއްގެ ތެރެއިން

ޕީޖީ އޮފީހުގެ އައްޑޫ ގޮފީގައި ކުރިއަށްދިޔަ ޝަރީއަތުގެ ސެޝަނެއްގެ ތެރެއިން

ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމަށް ނިންމެވި މެޖިސްޓްރޭޓުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، މެޖިސްޓްރޭޓަކު ހައިކޯޓުގެ ޙުކުމެއް ސަސްޕެންޑު ކުރުމަކީ އެފަރާތުގެ ފެންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ވުމާއެކު އެކަން ބެލުމަށް ޖޭއެސްސީއަށް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ. ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި މެޖިސްޓްރޭޓް ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ދަށު ކޯޓުތަކުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައިވެސް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި ސ.ހިތަދޫ މަންދޫބުގެ ރުޝާން އަޙްމަދު ދީދީގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި އޭނާ އާއި އެމައްސަލަ އާއި ގުޅުން ހުރި އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، ދައުލަތުން އެ ނިންމުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެގޮތުން އޭގެ ކުރިން ހަމަ އެ ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުގައި އެމައްސަލަ އާއި ގުޅިގެން ރުޝާން އަޙްމަދު ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ކަނޑައަޅާފައިވާކަންވެސް ދައުލަތުން ފާހަގަކުރެއެވެ.

މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެހެންނަމަވެސް މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމުގައި ވަނީ ރުޝާން އަހްމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން، 90 ދުވަހަށް ސަސްޕެންޑް ކުރާ ކަމަށެވެ. އަދި އެ މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް ވަނީ އަމުރު ކުރައްވާފައެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެ އަމުރު ނެރުއްވީ މެޖިސްޓްރޭޓް ރަފީއުދީން އަހްމަދުއެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރައްވާ ޒާތުގެ ކަމެއް ނޫންކަމަށް ވިދާޅުވެ އެ ނިންމެވުމަށް ފާޑުވިދާޅުވެފައެވެ. އަދި މީހަކު ދޫކޮށްލަން ބޭނުންފުޅުވި ނަމަވެސް، ރަނގަޅު ސަބަބެއް ދައްކަވާންވާނެކަން ފާހަގަކުރައްވައި، ޖޭއެސްސީއަށް އެކަން ހުށައަޅުއްވާނެކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް