Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް

ގާނޫނު އަސާސީ އިސްލާހުކުރުމުގައި އެހެން ޕާޓީތަކާވެސް މަޝްވަރާކުރަން ޖެހޭ: ނަޝީދު

އިސްލާހުތައް ގެނައުމުގައި ހަމައެކަނި މެޖޯރިޓީ ޕާޓީ އެދޭ ގޮތަށް ގެންދިޔުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް އެކަން ކުރިޔަށް ގެންދިޔުމަކީ ބުއްދިވެރިކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 06:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ގާނޫނު އަސާސީއަށް ގެނައުމަށް އެމްޑީޕީން ބޭނުންވާ އިސްލާހުތަކާއި ގުޅޭގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ގުޅޭ ގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހާއި ގުޅޭގޮތުން އަންގާރަ ދުވަހު ކުރިޔަށްދިޔަ ބަހުސްގައި އިދިކޮޅު މެމްބަރުން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މިހާރުން މިހާރަށްވެސް ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. މިއިސްލާހަށް ވާހަކަދެއްކެވި އެމްޑީޕީ މެމްބަރުން ވަނީ ހަމައެކަނި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމުގެ އިތުރުން ގާނޫނު އަސާސީއަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެއިސްލާހުތަކާމެދު ފުންކޮށް ދިރާސާ ކުރަންޖެހޭކަން އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށާއި އެއިސްލާހުތައް ގެނައުމުގައި ހަމައެކަނި މެޖޯރިޓީ ޕާޓީ އެދޭގޮތަށް ގެންދިޔުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް އެކަން ކުރިޔަށް ގެންދިޔުމަކީ ބުއްދިވެރިކަމެއްކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އެމްޑީޕީން ޓައިމްލައިނެއް އެކުލަވާލާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.

އޭގެ ތެރޭގައި، ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި ކޮންގްރަސްއެއް ބޭއްވުން ހިމެނެއެވެ. އެ ކޮންގްރެސްގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކުރަން ވެސް ގައުމީ މަޖިލީހުން ނިންމާފައިވެއެވެ. ގައުމީ މަޖިލީހުން ވަނީ އެމްޑީޕީގެ ކޮންގްރެސް އޮގަސްޓްމަހު ބޭއްވުމަށް ނިންމާފައެވެ.

ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެނައުމާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އަދަދަށް ބަދަލުގެނައުމާއި، ސުޕްރީމް ކޯޓުގެ އަދަދު ގާނޫނު އަސާސީގައި އޮތުމާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރު ބާއްވަން ގާނޫނު އަސާސީގައި ކަނޑައެޅުމެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހު ކަނޑައެޅުމާއި އެ ނަތީޖާ އާއި އެއްގޮތަށް ގާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ގާނޫނު އަސާސީގައި ލާމަރުކަޒީ އިތުރު އުސޫލުތައް ކަނޑައެޅުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލިސްއެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު