Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިޔާ އައުޓް ބިލް

"އިންޑިޔާ އައުޓް" ބިލާއި ރައީސް ޞާލިހު ފެކްޝަން ދެކޮޅު

ބިލު މަޖިލީހަށް ހުށަހެޅުމުގައި ބޮޑެތި ޚިޔާތު ތަފާތުވުންތަކެއް ހުރިކަމަށް އާޒިމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2022 | ހޯމަ 07:12
މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިޔަށްގެންދަވާ "އިންޑިޔާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހުށަހަޅަން ނިންމާފައިވާ ބިލްގެ މަސައްކަތް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ތިއްބެވި "ސަރުކާރަށް ތާއީދު" ކުރާ މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ހުއްޓިފައިވާކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ބިލެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޕީޖީ ގުރޫޕުގެ އެ ދުވަހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ވާދަކުރައްވާ އާޒިމްއަށް ވަނީ ނާކާމިޔާބީ ކުރިމަތިވެވަޑައިގަންނަވާފައެވެ. އިންތިޚާބަށްފަހު ކުރިޔަށްދާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މެޖޯރިޓީ ލީޑަރު ކަމުގައި ހުންނަވާ ރައްޔިތުންނަށް ބޭނުންވާ މުހިންމު ބިލްތަކުގެ މަސައްކަތްތަކެއް ނިމިފައިވާކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

އާޒިމް ވަނީ ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން އާޒިމް ޕީޖީ ލީޑަރަކަށް ހުންނަވާ ކުރިޔަށް ގެންދެވި ބައްދަލުވުމުގައި ނިންމި ނިންމުމެއް ތަޅުމަށް ހުށަހެޅިފައިނުވާކަން ފާހަގަކުރައްވާ އެކަމުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ގައުމުތަކާއި ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުތައް ކުރާނެ އަމަލުތައް ހުއްޓުވާނެ ބިލު މަޖިލީހަށް ހުށަހެޅުމުގައި ބޮޑެތި ޚިޔާތު ތަފާތުވުންތަކެއް ހުރިކަމަށް އާޒިމް ވިދާޅުވިއެވެ.

އިންޑިޔާ އައުޓް ކެމްޕެއިނާއި ގުޅިގެން އެކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު މިކެޕްއިނާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރު އަންނަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރަމުންނެވެ. ކޮމިޓީގެ ބައްދަލުވުންތަކުގައި ކަމާގުޅޭ ފަރާތްތައް ހާޒިރުކުރަމުންދާއިރު އެކެމްޕެއިންގެ ސަބަބުން ތަފާތު އެކި ދާއިރާތަކަށް ނުރަނގަޅު އަސަރު ކުރަމުންދާކަމަށް އަންނަނީ ބުނަމުންނެވެ.

އިންޑިޔާ އައުޓްގެ ނަމުގައި ބިލެއް ހުށަހަޅާނެކަން އެމްޑީޕީ ޕީޖީން ހާމަކުރުމާއެކު އެއީ ޚިޔާލުފާޅުކުރުމަށް ހުރަސްއެޅޭ ކަމެއްކަމަށް ބުނެ އެކަމަށް ފާޑުކިޔުންތައްވެސް އަންނަނީ އަމާޒުވަމުންނެވެ.

ރައްޔިތުންގެ މަޖިލިސްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު