Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޫޓުގެ ފައިސާ ފޭރުނު މައްސަލަ

ރޫޓް ފައިސާ ފޭރުން: ދައުވާލިބޭ މީހުން ކުށަށް އިއުތިރާފުވެފައިވާތީ 2 އަހަރާ 4 މަހާއި 24 ދުވަހަށް ޖަލަށް

މުޙައްމަދު ޢަޒްމީންގެ މައްޗަށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2022 | ހޯމަ 03:14
ރޫޓް ފައިސާ ފޭރުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

ރޫޓް ފައިސާ ފޭރުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

25 އޮކްޓޫބަރު 2020 ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހުން ދައުވާއަށް އިއުތިރާފުވެފައިވާތީ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެ އެންމެންވެސް 2 އަހަރާ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު އާދިއްތަ ދުވަހު ކުރެއްވި މި ޙުކުމުގައި ވިދާޅުވެފައިވަނީ، ދައުވާލިބޭ 4 މީހުންގެ އިއުތިރާފާއެކު އެމީހުންގެ މައްޗަށް ކުށްސާބިތުވެފައިވާކަމަށާއި، އެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުން ކަމަށެވެ. ނަމަވެސް އެމީހުން އިބްތިދާއީ މަރުޙަލާއާއި އަވަސްނިޔާގެ ޝަރީއަތުގެ މަރުޙަލާގައިވެސް ކުށަށް އިއުތިރާފުވެފައިވާތީއާއި، އަދަބު މަތި ކުރާނެ ޙާލަތެއް ނެތުމާއެކު، އެމީހުންނަށް އިއްވާފައިވަނީ 2 އަހަރާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ.

އެގޮތުން ކުށް ސާބިތުވެފައިވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެދަށުން އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދަޢުވާއެވެ.

އެމީހުން ބަންދުގައި ތިބި މުއްދަތު ކެނޑުމުން ޙުކުމުން ތަންފީޒު ކުރަން ޖެހެނީ ގާތްގަނޑަކަށް އަހަރު ދުވަހުގެ މުއްދަތެކެވެ. ސަބަބަކީ އެމީހުން ބަންދުގައި ތިބޭތާވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީއެވެ.

އޭގެ އިތުރުން، ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. އެހެންނަމަވެސް އޭނާ ދައުވާއަށް އިއުތިރާފު ވެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި "ރޫޓް" ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅާއިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑު ކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެ ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތްކޮށްފައެވެ.

ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބު ނުވީ، ބޭންކް އޮފް ސިލޯންގެ ސެކިއުޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީ ގާޑު ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެ މީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.

ސައިކަލުގައި ދިޔަ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ. ފައިސާ ފޭރެން މަސައްކަތް ކުރި އެ ވަގުތަކީ، އެ ސަރަހައްދުގެ ކާރުބާރު ބޮޑު، އަދި މީހުން ގިނަ އަދަދަކަށް ތިބި ވަގުތެއް ނަމަވެސް، ވީޑިއޯއިން ފެންނަ މަންޒަރުން، އާންމުންގެ ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން އިރު އަނެއްބަޔަކު އުޅުނީ، އެ ސަރަހައްދު ދޫކޮށް ދިއުމުގައެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު