Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ޅ ދަތުރުފުޅު

ރައީސްގެ ޅ ދަތުރުފުޅު - ކުރެންދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސް އާއި ހިއްސާ ކޮށްފައި

މަގުހެދުމާއި އަދި ބަނދަރާއި ގުޅިގެން ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލަރުން ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ފެބުރުއަރީ 2022 | އާދީއްތަ 15:59
ރައީސް ކުރެންދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސް ކުރެންދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞޯލިޙް ފާދިއްޕޮޅު ކުރެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ކައުންސިލްގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހު ކުރެންދޫ ސްކޫލްގައެވެ.

Advertisement - newsAdvertisement

މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފަ އެވެ. އެގޮތުން ފުޓްބޯޅަ ދަނޑު ފެންވަރުމަތިކުރުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމާއި، މީގެ އިތުރުން ޔޫތް ސެންޓަރެއް ބޭނުންވާކަމާއި ސްކޫލަށް އިތުރު ކްލާސްރޫމް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތެއްގެ މުހިންމުކަމާ، މަގުހެދުމާއި އަދި ބަނދަރާއި ގުޅިގެން ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ ބައެއް މަޝްރޫޢުތަކާ ގުޅިގެން ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ވިސްނުމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ކުރެންދޫގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކުރެންދޫ އަށް ވަޑައިގެންނެވުމުން ކުރެއްދޫ ރައްޔިތުންއެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްޞީލުތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރެންދޫގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢުގެ ދަށުން ކުރެންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަމުގައެވެ. މީގެ އިތުރުން ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ބަނދަރުގެ ބޭރުތޮށި ބޭރަށްޖެއްސެން އޮތް ވަރެއް ބެލުމަށް ޓެކްނިކަލް ސަރވޭއެއްކޮށް މިއަހަރުގެ ތެރޭގައި އެމަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަގަލު ފެންވަރަކަށް ހަދާފައިވާ އެރަށުގެ ފުޓްބޯޅަ ދަނޑުގެ ސިޑީބަރިއާ ރޮސްޓްރޮމް އަދި ޗޭންޖީން ރޫމު ހިމެނޭގޮތަށް ތަރައްޤީކުރުމާއި އުދަ އެރުމުގެ ސަބަބުން ދަނޑަށް ލިބުނު ގެއްލުންތައް ރަނގަޅުކޮށް ކުރިން ދަނޑު އޮތްގޮތަށް އިޔާދަކޮށްދޭނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރާއިރު މޫދަށް އެރޭ ސަރަޙައްދެއްވެސް އެސަރަހައްދުގައި ތަރައްޤީކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ފެނަކައިގެ އައު އިމާރާތަށް އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަން ފާހަގަކުރައްވައި ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިހުރި މަޝްރޫއުތައް އަލުން ކުރިޔަށްގެންގޮސް މަސްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާނެކަމުގައެވެ. ކުރެންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރެންދޫ ޞިއްޙީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވައި ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ކުރެންދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޅ. މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށްޓަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޅ. ކުރެންދޫރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
27 އޮކްޓޯބަރު 2025

ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

27 އޮކްޓޯބަރު 2025
ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު