Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އާއިލާތައް ބަދަލުވެފައި ވަނީ ކިހާވަރަކަށްތޯ ބެލުމަށް ޚާއްސަ ސަރވޭ އެއް ފަށަނީ

ފިނިޝިންގ މަސައްކަތް ކުރުމަށް ގާތްގަނޑަކަށް 7 މަސް ދެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ފެބުރުއަރީ 2022 | އާދީއްތަ 14:00
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އާއިލާތައް ބަދަލުވެފައި ވަނީ ކިހާވަރަކަށްތޯ ބެލުމަށް ޚާއްސަ ސަރވޭއެއް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކާއި ބެހޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ މީގެ ކުރިން ވެސް ފިނިޝިންގެ މަސައްކަތް ކުރުމަށް އިތުރު މުއްދަތެއް ދިނުމަށް ނިންމީ ޚާއްސަ ސަރވޭ ކުރުމަށްފަހު ކަމަށެވެ. އެގޮތުން މިފަހަރު ވެސް ޚާއްސަ ސަރވޭ ކުރިއަށް ގެންދާނެ ކަމަށާއި، ފްލެޓްތަކަށް ބަދަލުވެފައިވަނީ ކިހާ އަދަދެއްގެ އާއިލާއެއްތޯ ބަލާނެ ކަމަށެވެ. މިހާރު ގާތްގަނޑަކަށް 3000 އާއިލާ ހިޔާ ފްލެޓަށް ބަދަލުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ފިނިޝިންގ މަސައްކަތް ކުރުމަށް ގާތްގަނޑަކަށް 7 މަސް ދެވިފައިވާ ކަމަށާއި، އެއީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ވިދާޅުވީ ފިނިޝިންގެ މަސައްކަތްތަކަށް އިތުރު މުއްދަތެއް ސަރުކާރުން ދީފައިވަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ލޯނު ޑީފޯލްޓްނުވާނެ ކަމަށެވެ.

މީގެ އިތުރުން ސުހައިލް ވިދާޅުވީ ފިނިޝިންގެ މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުގައި މަސައްކަތް ނިންމުން ވަރަށް މުހިންމު ކަމަށާއި، މިހާރު ބައެއް އާއިލާތައް ދިރިއުޅެމުންދާއިރު އެކަމުގެ ސަބަބުން އެ އާއިލާތަކަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވެ އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށް، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައިވަނީ 26 ޑިސެންބަރު 2021 ގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޙެވެ. އަދި އެމަނިކުފާނު ވިދާޅުވީ 2022 ވަނަ އަހަރުގެ މާރޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާ އެކު އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. ވުމާއިއެކު ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކި ވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާކަމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްގެ މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހެނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

ހިޔާ ފްލެޓްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު