Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިއުމަން ޓްރެފިކިންގ

ހިއުމަން ޓްރެފިކިންގ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާގެ ފޯނުން ލިބުނު މައުލޫމާތުގައި ތުހުމަތަށް ބާރުދޭ ހެކިތަކެއް

20 ފެބުރުއަރީ 2022 | އާދީއްތަ 07:08

އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ޤަރީނާ ވަނީ ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2022 | އާދީއްތަ 07:08
ކްރިމިނަލް ކޯޓް - އެ ދެމީހުން ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލާފައި

ކްރިމިނަލް ކޯޓް - އެ ދެމީހުން ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލާފައި

ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން ދުވަސްވީ 2 މީހުންނާއި ދެކޮޅަށް ހެކި އެބަހުރިކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހ. ސީސްޕީޑް މުޙައްމަދު ވަޙީދު (65) އާއި، ސ ހުޅުދޫ ރޯޝަނީމާގޭ މޫސާ ފަތުޙީ (55) އެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ޤަރީނާ ހުށައަޅާފައިވާތީއެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބާރުދޭކަމަށް ވަނީ ބުނެފައެވެ. އެ ދެމީހުން ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލައި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތުމުންކަމަށް މި މައްސަލައިގައި މީގެ ކުރިންވެސް ގާޒީ ނިންމެވިއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހޮނިހިރު ދުވަހު ގާޒީ އަލީ ނަދީމް ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުގެ އިތުރުން، މޯބައިލް ފޯން އެކްސްޓްރެކްޝަން ރިޕޯޓުންވެސް އަނިޔާލިބުނު ފަރާތްތައް ރާއްޖެ ގެނައުމާއި، ހިއުމަން ޓްރެފިކިންގ ގެ އަމަލު ހިންގުމުގައި މުޙައްމަދު ވަޙީދު ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ ގިނަ ބަޔަކު ހިމެނޭ މައްސަލައެއްކަމަށް ފުލުހުން ފާހަގަ ކުރެއެވެ. އަދި މި މައްސަލައިގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއްވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން، މި މައްސަލައިގައި ހިމެނޭ މުޙައްމަދު ވަހީދު ވަނީ އޭނާއަކީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވާތީ އެކަމަށް ރިއާޔަތް ކޮށްދެއްވުމަށް އެދިފައެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ބަލި ކަމަށާއި، އޭނާގެ އާއިލާ ބަލަންޖެހޭ ފަރާތް ކަމަށްވާތީ ޝަރުތުތަކާއެކު ދޫކޮށްލުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އޭނާ މިހާރުވެސް ކުށުގެ ޝިކާރައަށްވީ ފަރާތަށް ބިރު ދައްކައި ނުފޫޒު ފޯރުވަމުންދާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޭނާއަކީ އެބާވަތުގެ މައްސަލައިގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެކެވެ.

މުޙައްމަދު ވަޙީދުގެ އިތުރުން ދެން މި މައްސަލައިގައި ހިމެނޭ މޫސާ ފަތުޙީ ވަނީ މިއީ ރަހުމަތްތެރިއަކު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަވާކަމަށް މީގެ ކުރިން ގާޒީ ވިދާޅުވެފައިވެއެވެ.

ހޮނިހިރު ދުވަހު ގާޒީ އަލީ ނަދީމް ނެރުއްވި އަމުރުގައިވެސް ވަނީ އަނިޔާ ލިބުނު ފަރާތަކުގެ ބަޔާނަށް ބަލާއިރު މޫސާ ފަތުހީގެ މައްޗަށްވެސް ތުހުމަތު ކުރެވޭވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

އިންސާނީ ވަގުފާރިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް