Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން މަސްރަހު

ރަޝިޔާއިން ޔޫކްރެއިންއަށް އެރުމުގެ ކުރިން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިނގެންޖެހޭ: ޔޫކްރެއިން ރައީސް

ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ކަނޑައަޅަން ޖެހޭނީ ރަޝިޔާއިން ޔޫކްރެއިން އިން އެރުމުން ކަމަށް ބުނާ ވާހަކައާ ވަނީ ދެކޮޅު ހައްދަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2022 | އާދީއްތަ 04:08
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދީ ޔޫކްރެއިން އަށް އެރުމުގެ ކުރިން ރަޝިޔާ އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ދުނިޔެއަށް އިއުލާންކުރަންޖެހޭ ކަަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ޖަރމަނުގައި ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ކަނޑައަޅަން ޖެހޭނީ ރަޝިޔާއިން ޔޫކްރެއިން އިން އެރުމުން ކަމަށް ބުނާ ވާހަކައަށް ދެކޮޅު ހައްދަވާފައިވާނެ ކަމަށެވެ. ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ހަނގުރާމައެއް ފަށައިފިނަމަ ދަތިކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް ހަނގުރާމަ ފެށުމުގެ ކުރިން އެނގެންޖެހޭކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް ބޮންއަޅާ ހަނގުރާމަ ފެށުމުން ގައުމު ނޯންނާނެކަމަށާއި ބޯޑަރެއްވެސް ނޯންނާނެކަމަށެވެ. އަދި އިގްތިޞާދެއްވެސް ނޯންނާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭރުން އަޅާ ދަތިކުރުމުގެ ފިޔަވަޅަކުން ވާނީ ކީއްތޯ ޒެލެންސްކީ ސުވާލުކުރެއްވިއެވެ.

ޒެލެންސްކީ ވިދާޅުވީ ބައެއް ލީޑަރުންނާއެކު އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކަމުގެ ސިޔާސަތުތައް ބައްޓަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އެކަމުގައި ޔޫކްރެއިން އާއި އެހެން ގައުމުތަކާއި ޚިޔާލުތަފާތު ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޒެލެންސްކީ ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެކަން ކުރުމަށް ބޭނުންވުންކަމަށެވެ. ހަނގުރާމަ ފެށިއްޖެނަމަ އަޅާނެ ފިޔަވަޅުތައް މިހާރު ހާމަނުކުރެވޭނަމަ ފަހުންވެސް އެކަންވާނެ ކަމާމެދު ޝައްކުކުރައްވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ސެކިޔުރިޓީ ކޮންފަރެންސް އަކީ ރަޝިޔާ އާއި ޔޫކްރެއިންގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ޑިޕްލޮމެޓިކް ހައްލު ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކުރިޔަށްދާ ކޮންފަރެންސް އެކެވެ.

މިދިޔަ އަހަރުން ފެށިގެން ރަޝިޔާއިން ގެންދަނީ ޔޫކްރެއިންގެ ކައިރީގައި ރަޝިޔާގެ އަސްކަރީ ހަރަކާތްތައް ފުޅާކޮށް އިތުރުކުރަމުންނެވެ. އެތައް ހާސް ސިފައިންނެއް ބަރު ހަތިޔާރާއެކު ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ހުޅަނގާއި އެމެރިކާއިން ބުނަމުންދަނީ ރަޝިޔާއިން ރާވަމުންދަނީ ޔޫކްރެއިން އަށް ހަމަލާދިނުމަށްކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް އެރުމަށް ސަބަބު އުފައްދުމުގެ ފުރުސަތާ ގުޅޭގޮތުން ސުވާލުކުރުމުން ޒެލެންސްކީ ވިދާޅުވީ އެޒާތުގެ އެއްވެސް ކަމެއް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. ހަނގުރާމައެއް ފެށުމަށް ބޭނުންވަނީ އެންމެ ހަމަލާއެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ސެކިޔުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނުވުމާ ގުޅޭގޮތުން ޒެލެންސްކީ ވިދާޅުވީ ކޮންފަރެންސްގައި ޔޫކްރެއިންގެ އަޑުއިއްވުން ވަރަށް މުހިންމު ކަމަށެވެ. އަދި މިމައްސަލައިގައި ޔޫކްރެއިން އާ ނުލާ އެއްވެސް ނިންމުމެއް ޔޫކްރެއިންގެ ރަހުމަތްތެރި ގައުމުތަކާއި ޕާޓްނަރުން ނުނިންމުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާގެ ސަރުކާރުން ޒެލެންސްކީ އަރިހުގައި ޔޫކްރެއިންގައި މަޑުކުރުމަށް އަންގާފައިވަނިކޮށް ސެކިޔުރިޓީ ކޮންފަރެންސް އަށް ޒެލެންސްކީ ވަޑައިގެންނެވުމުން ވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އެއީ ޒެލެންސްކީ ނެތުމަކީ ރަޝިޔާއަށް ޒެލެންސްކީ ޔޫކްރެއިން އިން ފިލީ ކަމަށް ބުނެ އެވާހަކަތައް ފެތުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަކަށްވާތީ ކަމަށް ސީއެންއެންއިން ވަނީ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައެވެ.

ޔުކްރެއިންރަޝިއާ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
17 ޖުލައި 2025

ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި

17 ޖުލައި 2025
ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު