Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިޔާ މަސްރަހު

ޔޫކްރެއިންއަށް ނޭޓޯއާ ގުޅެވޭނެ ޓައިމްލައިން ސާފުވާންޖެހޭ: ޔޫކްރެއިން ރައީސް

20 ފެބުރުއަރީ 2022 | އާދީއްތަ 03:34

ޒެލެންސްކީ ވަނީ ޔޫކްރެއިން އަށް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ހުއްދަ ނުލިބިގެންއުޅެނީ ކީއްވެތޯ ސުވާލުކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2022 | އާދީއްތަ 03:34
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ޔޫކްރެއިން އަށް ނޭޓޯގެ މެމްބަރު ގައުމަކަށް ވެވޭނެ ޓައިމްލައިން ސާފުވާން ޖެހޭކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ސީއެންއެންއާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިން އަށް ސަލާމަތީ ގޮތުން ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ލިބެންޖެހޭކަމަށެވެ. ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގައި ތިބީ ނުވިސްނޭ މީހުންނޫންކަމަށާއި އެއީ ސްމާރޓް ބައެއްކަމަށެވެ. ނޭޓޯގެ ސަބަބުން ތަފާތު ގިނަ ނުރައްކާތެރި ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވާ ކަމަށާއި ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ޔޫކްރެއިން އިން އަދިވެސް ކަންތައްތަކެއް ކުރަންޖެހޭކަމަށް ހުރިހާ އެންމެންވެސް ބުނަމުންދާކަމަށެވެ. އެހިސާބަށް ވާސިލުވާން އަދި ކިހާ ވަގުތެއް ނަގާނެތޯ ޒެލެންސްކީ ވަނީ ސުވާލުކުރައްވާފައެވެ.

ޖަރމަނުގެ މިޔުނިކްގައި މިހާރު ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވަނީ ޔޫކްރެއިން އަށް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމުގެ ހުއްދަ ނުލިބިގެންއުޅެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. ދޮރުހުރީ ހުޅުވާފައިކަމަށް ބުނާކަމަށާއި ނަމަވެސް ބީރައްޓެހިންނަށް އަދިވެސް އެދޮރުން ވަނުމުގެ ހުއްދަނުލިބޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމުން ސަލާމަތްވުމަށް އެމެރިކާގެ އިންޓެލިޖެންސްގެ ބޭނުން ހިފާފާނެތޯ ސީއެންއެން އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒެލެންސްކީ ވިދާޅުވީ މިހާރުވެސް ދެފަރާތް ގުޅިގެން ކުރިޔަށްގެންދާ އިންޓެލިޖެންސް ކަންކަމަށް ޝުކުރުވެރިވާ ކަމަށެވެ. އިންޓެލިޖެންސް ކަންތަކުގައި އިތުބާރު ކުރައްވަނީ ޔޫކްރެއިން ގެ އިންޓެލިޖެންސް އަށްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އެއީ ޔޫކްރެއިންގެ އިންޓެލިޖެންސަކީ ބޯޑަރުގެ އެކި ސަރަހައްދުގައި ހިނގަމުންދާ ކަންކަން ދެނެގަނެވި އެކަމުގައި ހުރި ގޮންޖެހުންތައް ފަސޭހައިން ދެނެގަނެވޭނެ އިންޓެލިޖެންސް އަކަށްވާތީ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ މާދަމާ ކަންތައްވެދާނެ ގޮތްވެސް އެނގޭކަމަށެވެ. އެހެންނަމަވެސް ސަންދޯކަށް އެރި ބޭރުގެ ސިފައިން ޔޫކްރެއިންއަށް އަރަންދެން މަޑުކޮށްގެން ނުތިބޭނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ބައިނަލްއަގްވަމީ ފަރާތްތަކަށް ޔޫކްރެއިންއަށް އެހީވުމަށް ގޮވާލައްވާފައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާ ވަރުގަދަކުރުމަށާއި އިގްތިޞާދު ވަރުގަދަކުރުމުގައި އެހީތެރިވެދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. ޔޫކްރެއިންގައި ދިރިއުޅެން ބޭނުންވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔުކްރެއިންރަޝިއާ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
17 ޖުލައި 2025

ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި

17 ޖުލައި 2025
ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް