Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިޔާ މަސްރަހު

މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ޔޫކްރެއިންގެ ރައީސް ފްރާންސްގެ ރައީސް އާއި މަޝްވަރާކުރައްވައިފި

މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން އެއްބަސްވެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2022 | އާދީއްތަ 00:06
ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން އާއި ފޯނުން ގުޅުއްވާ މިހާރުން މިހާރަށްވެސް މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެކަން ހާމަކުރައްވަމުން ޔޫކްރެއިންގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން އެއްބަސްވެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ފްރާންސްގެ ރައީސް އާއި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި މަސްރަހު މިހާރު ހޫނުވަމުންދާ ގޮތާއި ގެއްލުންވާނެ ގޮތާއި ހަމަލާތައް ދެމުންދާ ގޮތާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންތަކެއް ޔޫކްރެއިންގެ އިންޓީރިއާރ މިނިސްޓަރާއެކު ފްރޮންޓްލައިންގައި މަސައްކަތްކުރަނިކޮށް ވަނީ މޯޓަރު ބަޑީގެ ހަމަލާތަކުގެ އަޑުއިވިފައެވެ. އިންޓީރިއާ މިނިސްޓަރާއެކު ނޫސްވެރިން މަސައްކަތްކުރަމުންދިޔައީ އެސަރަހައްދުގެ ކަންކަން ހަމަޖެހިފައިވާގޮތް ބަލާލުމަށެވެ. ނޫސްވެރިންގެ ގްރޫޕްގައި ފްރާންސްގެ އޭއެފްޕީ ނިއުސް އެޖެންސީ އާއި ސީއެންއެންގެ ނޫސްވެރިން ހިމެނެއެވެ. މޯޓަރު ބަޑީގެ އަޑުއިވުނުނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައެއްނުވެއެވެ.

ޒެލެންސްކީ އާއި މެކްރޮން ފޯނުން ގުޅުއްވާ މަޝްވަރާކުރެއްވިއިރު އާދިއްތަ ދުވަހު މެކްރޮން އާއި ރަޝިޔާގެ ރައީސް ޕުޓިން އާވެސް ފޯނުން ގުޅުއްވާ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މެކްރޮން ވެފައިވަނީ ފާއިތުވި ދުވަސްތަކުގައި އެންމެ ގިނައިން ޕުޓިން އާ ވާހަކަދައްކަވަމުން ގެންދަވާ ލީޑަރަށެވެ.

މަސްރަހުގެ ނުތަނަވަސްކަން އިތުރުވަމުން އަންނައިރު ޒެލެންސްކީގެ އިންސްޓަރގްރާމް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިން ރުޅިއަރުވާ ހަމަލާ ފެށުމަށް ކުރަމުންދާ މަސައްކަތަށް ޔޫކްރެއިން އިން ރައްދުނުދޭނެކަމަށެވެ. ޔޫކްރެއިން އިން ބޭނުންވަނީ މިކަމުގައި ސުލްހަވެރި ހައްލެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

އިރުމަތީ ޑޮންބަސް ސަރަހައްދުގައި ހިނގަމުންދާ ކަންކަމަށް ޔޫކްރެއިން އިން ރައްދުނުދޭނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާއިން އެހީވެދީގެން ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުވެފައެވެ.

ޒެލެންސްކީ މިހާރު ހުންނެވީ ޖަރމަނުގައި ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިޔުނިކްގައެވެ.

ރަޝިޔާގެ ލައްކައަކަށްވުރެ ގިނަ ސިފައިން ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ރަޝިޔާއިން ވަނީ ޔޫކްރެއިން އަށް ހަމަލާނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް އެހާގިނަ އަދަދެއްގެ ސިފައިން ބޯޑަރު ސަރަހައްދުގައި ބަރު ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާތީ ރަޝިޔާއިން ދައްކަމުންދާ މިވާހަކަތައް ގަބޫލުކުރުމަށް އެމެރިކާ އާއި ހުޅަނގުން ގެންދަނީ ދެކޮޅުހަދަމުންނެވެ.

ޔުކްރެއިންރަޝިއާފްރާންސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު