Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު

14 ރަށެއްގައި 1575 ހައުސިންގ އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދޭ: ރައީސް

8 ރަށެއްގެ މަސައްކަތް، 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ މަސައްކަތް މިހާރުވަނީ ޓެންޑަރ ކުރެވިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2022 | އާދީއްތަ 01:42
ފޮނަދޫ ހައުސިންގ ޔުނިޓް

ފޮނަދޫ ހައުސިންގ ޔުނިޓް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ އެޅުމުގެ މަސައްކަތް، ޕްލޭނިންގ މިނިސްޓްރީން ފަށައިގެން ކުރިޔަށްގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޅ. ނައިފަރުގެ 100 ހައުސިންގ ޔުނިޓްސް، ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ އޭގެތެރެއިން 8 ރަށެއްގެ މަސައްކަތް، 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ މަސައްކަތް މިހާރުވަނީ ޓެންޑަރ ކުރެވިފައިކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ލޯންގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

އަތޮޅުތަކުގައި ހިންގަމުން އަންނަ ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ރަށްރަށުގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މުޅި ރާއްޖޭގައި ކުރިޔަށްގެންދާ 1.5 ބިލިއަން ހައުސިންގ މަޝްރޫޢުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގެއަޅާނެ ރަށްތައް ކަނޑައެޅުމުގެ ގޮތުން ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއި މަޝްވަރާކުރަމުންދަނީ ތަންތަން އަޅާނެ ބިން ކަނޑައެޅުމާއި އަޅާނީ ގެތޯ ރޯހައުސްތޯ ނުވަތަ ފްލެޓްތޯ ކަނޑައެޅުމަށް ކަމަށެވެ. ގިނަ ރަށްރަށުގައި މިހާރު އެކަންކަން ފައިނަލްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރަށް އަވަހަށް މިމަޝްރޫޢު ޓެންޑަރިންގ އަށް ހުޅުވާލާނެކަމަށެވެ. އަދި މިމަޝްރޫޢުގެ އެޅޭނެ ހައުސިންގ ޔުނިޓްތައް އޭރުން ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގެދޮރުވެރިޔާ ލޯނާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ލޯން ދޫކުރަން ފެށިތާ ކައިރީގައި މިކަމަށް ލިބުނު ތަރުޚީބު ކުޑަނަމަވެސް މިހާރު ލިބެމުންދާ ތަރުޚީބު ރަނގަޅުކަމަށެވެ. ގެ ހެދުމުގެ މަސައްކަތް ފެށުމަށްފަހު ނިންމާނުލެވި ތިބި ފަރާތްތަކަށް އެމަސައްކަތް ނިންމާލުމުގެ ފުރުސަތު ގެދޮރުވެރިޔާ ލޯނުން ލިބިގެންދެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް، ލ. ގަމުގައި 100 ރޯހައުސް، ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ. އަދި  ޅ. ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓާއި، މަނަދުއަށް 40 ހައުސިން ޔުނިޓް އެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ.

މިނިސްޓްރީ އޮފް ހައުސިން ރައީސް ސޯލިހު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
14 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
09 ޖޫން 2024

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

09 ޖޫން 2024
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި
07 މެއި 2024

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
04 މެއި 2024

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

04 މެއި 2024
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު