Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިފަރުގެ ތަރައްގީ

ފެލިވަރާއެކު ނައިފަރުގެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ – ރައީސް

އައިސް ލިބުމުގެ މައްސަލައަށް ފެނަކައާ ވާހަކަދައްކައިގެން ހައްލު ހޯދިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ފެބުރުއަރީ 2022 | ހޮނިހިރު 18:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނައިފަރުގެ ހައުސިންގ ޔުނިޓް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނައިފަރުގެ ހައުސިންގ ޔުނިޓް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް ނިމިގެން ދިއުމާއެކު، ނައިފަރުގެ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ނައިފަރުގައި ތަރައްގީކުރި 100 ހައުސިންގ ޔުނިޓް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ނައިފަރަކީ ބައިބޯ, މަސައްކަތްތެރި, މަސްވެރި ރަށެއް ކަމަށެވެ. މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަކީ، ބޯހިޔާވަހިކަމެކޭ އެއްގޮތަށް އެމްޑީޕީން ވީ ވައުދެއް ކަމަށެވެ. ކައުންސިލާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރޭގައި، މަސްވެރިންނަށް ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ ހިއްސާކުރި ކަމަށާއި، އައިސް ލިބުމުގެ ދަތި ވާހަކައާއި މަހަށް ރަނގަޅު އަގު ބޭނުންވާ ވާހަކަ ހިއްސާކުރިކަމަށެވެ.

Advertisement - newsAdvertisement

އަދި ބާނާމަސް، އެކީގައި ކިރޭނެގޮތެއްވުމަކީ، މަސްވެރިންގެ އެދުމެއްކަން އެނގިވަޑައިގަތް ކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރި ސިނާއަތަށް ބޮޑު އިންވެސްޓެއް ކުރަމުން ދާ ކަމަށެވެ. އަދި އެއާއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނައިފަރު ކައުންސިލްގެ ފަރާތުން އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުންވާނަމަ، ފެނަކައާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމުން، މަސްވެރިން އެ ބޭނުންވާ ހައްލު އެއަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށެވެ.

އަދި ބަނދަރުގެ ދަތިކަމުގެ ވާހަކަ ހިއްސާކުރެވިގެން ދިޔަކަމަށާއި، ނައިފަރަކީ 28އަށްވުރެ ގިނަ ކަންނެލި ދޯނި، އަދި މަސްދޯނިފަހަރު އޮތް ރަށެއް ކަމަށެވެ. މީގެ އިތުރުން ކުދި ދޯނި އެބަހުރި ކަމަށާއި، ޑިންގީއާއި ލޯންޗްފަހަރު ގިނަކަން ވެސް ފާހަގަކުރެއްވިއެވެ.

އެއަށް ގެނެވެން އޮތް ހައްލަކީ އަނެއްކާވެސް ބަނދަރު ބޮޑުކުރުން ކަމަށްވާތީ, މިވަގުތަށް ދިމާވެފައި އޮތް އެންމެބޮޑު އެއް މައްސަލައަކީ އުތުރު ނެރުގެ ދަތިކަން ކަމަށްވާތީ، އެކަން ހައްލުކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ.އާ އެ މަސައްކަތް ހަވާލުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމަކީ، އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު, ބަޔަކާ ހަވާލުކުރެވި، ގާތްގަނޑަކަށް ހުއްޓިފައި އޮތް މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް، އަލުން އެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީ.އާ ހަވާލުކޮށް، މިހާރު އެވަނީ ނިމުމުގެ މަރުހަލާގައި ކަމަށެވެ.

އަދި އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ނިމުމާ އެކީގައި، ނައިފަރުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޅ. ނައިފަރުޅ.ފެލިވަރު

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
10 ސެޕްޓެމްބަރު 2025

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު
04 ފެބުރުއަރީ 2025

މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ

04 ފެބުރުއަރީ 2025
މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ
30 އެޕްރީލު 2024

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު