Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގްލޯބަލް ޑިސެބިލިޓީ ސަމިޓް

ޖެންޑަރ މިނިސްޓަރު ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައި، ތިން ވައުދެއް ވެވަޑައިގަންނަވައިފި

ސަމިޓް ބާއްވާފައި ވަނީ 16-17 ފެބުރުވަރީ 2022ގައި ވަރޗުއަލްކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2022 | ހޮނިހިރު 11:32
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުހައްމަދުދީދީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުހައްމަދުދީދީ

މި އަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓްގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސް)ގައި ވާ ކަންކަން އިތުރަށް ތަންފީޒުކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް ގެނައުމެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް މި ސަމިޓްގެ ބައިވެރިން ވަނީ އެކި ވައުދުވެފައެވެ. އެގޮތުން 171 ފަރާތަކުން ޖުމްލަ 968 ވައުދެއް ވެފައިވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތަކުގެ ހައްގުގައި މިނިސްޓަރު މިސަމިޓުގައި ތިން ވައުދެއް ވެވަޑައިގެންނެވިއެވެ. އެއީ، އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް ހާސިލުވުމަށް މަގުފަހިވާނެގޮތަށް, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށްވުރެ ފަސޭހަކަމާއެކު އެފަރާތްތަކަށް ވާސިލުވެވޭގޮތަށް ފޯރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

އިންޓަރނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައި.ޑީ.އޭ) އަދި ނޯރވޭގެ ސަރުކާރުން, ގާނާގެ ސަރުކާރާ ގުޅިގެން މި ސަމިޓް ބާއްވާފައި ވަނީ 16-17 ފެބުރުވަރީ 2022ގައި ވަރޗުއަލްކޮށެވެ.

ޖެންޑަރ މިނިސްޓްރީމިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު