Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް މައްސަލަ

"އަބޫ ޔޫސުފް" އެކައުންޓް އިން ޓެރަރިޒަމް އަށް ހިތްވަރުދީ ޕޯސްޓުތައް ލިޔަނީ މުނާޒް ކަމެއް ސާބިތެއް ނުވި

19 ފެބުރުއަރީ 2022 | ހޮނިހިރު 05:59

ދެ ދައުވާވެސް ސާބިތެއް ނުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ފެބުރުއަރީ 2022 | ހޮނިހިރު 05:59
ޓެރަރިޒަމް އަށް ހިތްވަރު ދިން މައްސަލައިގައި ހިމެނޭ ހދ ނޭކުރެންދޫ /ޝާޒިން މުޙައްމަދު މުނާޒު

ޓެރަރިޒަމް އަށް ހިތްވަރު ދިން މައްސަލައިގައި ހިމެނޭ ހދ ނޭކުރެންދޫ /ޝާޒިން މުޙައްމަދު މުނާޒު

ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، ޓެރަރިޒަމަށް ހިތްވަރު ދިން މައްސަލައިގައި ހދ ނޭކުރެންދޫ/ޝާޒިން، މުޙައްމަދު މުނާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، ޓެރަރިޒަމް އަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާގައި ޙުކުމް ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވާ މުނާޒު "އަބޫ މިޝްކާ" ނަމަކަށް ކިޔާ އެކައުންޓެއް ބޭނުންކޮށްގެން ޕާކިސްތާނުގައި އުޅޭ އިމްރާން ނަމަކަށް ކިޔާ އައިސިސްއަށް ތާއީދުކުރާކަމަށް ބެލެވޭ މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަން އެނގެން އޮތްކަމަށް ދައުލަތުން ބުނެއެވެ. އަދި އެމެރިކާގެ ވާރޖީނިއާގެ ލަޔަނަލް ވިލިއަމްސް ކިޔާ މީހެއްގެ އަތުން ފައިސާ ހޯދާފައިވާއިރު، އޭނާއަކީ އެފަދަ މައްސަލައެއްގެ ރެކޯޑު އޮންނަ މީހެއްކަން އެފްބީއައި އިން ބަޔާން ކޮށްފައިވާކަމަށް ދައުލަތުން ބުނެއެވެ.

އެކަންކަން ސާބިތު ކޮށްދިނުމަށް ދައުލަތުން ހުށައަޅާފައިވަނީ ފުލުހުން ތައްޔާރު ކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓާއި، ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ފުލުހުންނަށް ފޮނުވާފައިވާ ސީޑީއެކެވެ. އެހެންނަމަވެސް އިންޓެލް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ޕާކިސްތާނުގައި ދިރިއުޅޭ އައިސިސްއަށް ތާއީދުކުރާކަމަށް ބެލެވޭ މުޙައްމަދު އިމްރާން ކިޔާ މީހެއްގެ ފަރާތުން މުނާޒްއަށް ފައިސާ ލިބިފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ވީއިރު އެ މައުލޫމާތު ލިބުނު ގޮތެއް ނުވަތަ އޭގެ ސައްޙަކަމެއް ސާފުނުވާކަމަށް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ރިޕޯޓުގެ ސައްޙަކަން ކަށަވަރު ކޮށްދީ، އެކަމާ ގުޅިގެން ޝަރީއަތަށް ސާފުކޮށްދޭން ޖެހޭ ކަންކަން ސާފު ކޮށްދިނުމަށް ރިޕޯޓު ހުށައެޅި ފަރާތް ހެއްކެއްގެ ގޮތުގައި ހުށައަޅާފައިނުވާކަންވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، (ބަހުސްގެ ބޭނުމަށް) ޓެރަރިޒަމް އަށް ހިތްވަރުދޭ ފަރާތްތަކާ މުނާޒްގެ އެކައުންޓަކުން ވާހަކަ ދައްކާފައިވާކަމަށް ބެލި ނަމަވެސް، ހަމައެކަނި ޓެރަރިޒަމް އަށް ހިތްވަރުދޭ ފަރާތްތަކާ މުއާމަލާތު ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫންކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުންވެސް ގިނަ ސަބަބުތަކެއް ޙުކުމުގައި ބަޔާންކޮށްފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް އަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ ނިންމަވާފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާވެސް ސާބިތެއް ނުވިއެވެ. އެގޮތުން "އަބޫ ޔޫސުފު" ގެ ނަމުގައި އޭނާ ގެންގުޅޭކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުގައި ޓެރަރިޒަމަށް ބާރުދޭ ވާހަކަތައް ލިޔެ، ޕޯސްޓުކުރާކަން ދައުލަތުން ފާހަގަކުރި ނަމަވެސް، އެ ޕޯސްޓުތަކަކީ އޭނާ ކޮށްފައިވާ ޕޯސްޓުތަކެއްކަން ދައުލަތުން ހުށައަޅާފައިވާ ހެކިތަކުން ސާބިތުނުކުރެވޭކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދިފާއުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާ ފައިސާ ހޯދީ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށްތޯ ނުވަތަ އެނޫން ބޭނުމެއްގައިތޯ ކަށަވަރު ކުރަނީ ކިހިނެއްތޯ ދިފާއީ ވަކީލު ސުވާލު ކުރެއްވިއެވެ.

މި މުއާމަލާތްތަކަށް ބަލާއިރު، އޭގައި 50 ޑޮލަރާއި 100 ޑޮލަރު ފަދަ އަދަދުތައް ހޯދަން އެދިފައިވާ ކަމަށާއި، ރާއްޖޭގެ ބައެއް މީހުންގެ ކިބައިންވެސް ފައިސާ ހޯދަން އެދިފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. މިއީ ޓެރަރިޒަމްއަށް ފައިނޭންސް ކުރުންކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ޤުރުއާނުގެ ބައެއް އާޔަތްތައްވެސް އޭނާ ޕޯސްޓު ކޮށްފައިވާއިރު، އެއީ ދީނީ ހަރުކަށި ފިކުރަށް ބާރުދޭ ޕޯސްޓުތަކެއް ކަމުގައި ދައުލަތުން ކަނޑައެޅީ ކިހިނެއްތޯވެސް ވަކީލު ސުވާލު ކުރެއްވިއެވެ. ވަކީލު ވަނީ މި މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. މިއީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙު ގެނެސް، ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގެ ކުރިން ހިންގާފައިވާ ކަންކަން ކަމަށް ވަކީލު ވިދާޅުވިއެވެ.

ޓެރަރިޒަމްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް