Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ އައުޓްގެ ނުރަނގަޅު އަސަރުތައް

ސެނެހިޔާގައި ތިބި އިންޑިޔާ ޑޮކްޓަރުން ނެރެން ގޮވާ އެމީހުންގެ ފޮޓޯ ނަގާ ހެދުމުގެ ސަބަބުން ނޭދެވޭ އަސަރުކުރޭ: އެމްއެންޑީއެފް

18 ފެބުރުއަރީ 2022 | ހުކުރު 08:20

ޑޮކްޓަރުންނަށް ދައްކަން އައިސް ޑޮކްޓަރުންގެ ފޮޓޯ ނަގާ އެފޮޓޯ ޓްވިޓަރ އަށްލާ ފާޑުފާޑު ވާހަކަ ޖެހީމާ ނޭދެވޭ އަސަރުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2022 | ހުކުރު 08:20
ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިޔަށްގެންދަވާ "އިންޑިޔާ އައުޓް" ކެމްޕެއިންގެ ސަބަބުން ސެނެހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ އިންޑިޔާ ޑޮކްޓަރުންގެ މަސައްކަތަށް ނޭދެވޭ އަސަރު ކުރާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭން އާ ގުޅޭގޮތުން މަައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ސަރޖަންޓް ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު ވަނީ އިންޑިޔާ އައުޓްގެ ނަމުގައި ހިންގާ ކެމްޕެއިންގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރިއްޔާގައި ކުރިޔަށްދާ މަސައްކަތްތަކަށް އެޅެމުންދާ ހުރަސްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން ޑރ އަލީ ޝާހިދު ވިދާޅުވީ ދޭދޭ ގައުމުތަކުން މަސައްކަތްކުރާއިރު ބޮޑަށް މަސައްކަތްކުރަނީ އިންސާނީ އެހީތެރިކަމުގެ ދާއިރާއިން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެކި ގައުމުތަކުގެ ސިފައިން ރާއްޖޭގައި އެމީހުންގެ ޔުނީފޯމް އަޅައިގެން މަސައްކަތްކުރާއިރު ރާއްޖޭގެ ސިފައިންވެސް އެކި ގައުމުތަކުގައި ޔުނީފޯރމްގައި މަސައްކަތްކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކަށް ގޮސް އެހެން ގައުމުތަކުގެ ސިފައިން އަސްކަރީ ޔުނިފޯރމް އަޅައިގެން ޚިދުމަތް ދެމުންދާކަމަށާއި ހަމައެގޮތަށް ދިވެހިންވެސް ދޭދޭ ގައުމުތަކުގައި ދިވެހި އަސްކަރީ ޔުނިފޯރމް އަޅައިގެން މަސައްކަތްކުރާ ކަމަށެވެ.

އެގޮތުން ސިއްހީ ދާއިރާއަކީ މިގޮތަށް މަސައްކަތްކުރާ މުހިންމު އެއް ދާއިރާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ސެނެހިޔާގައި އަސްކަރީ ޑޮކްޓަރުން ބައިތިއްބައިގެން ޚިދުމަތް ދެމުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެންކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި މިލިޓަރީ ޑޮކްޓަރުންނާއި މިލިޓަރީ ޕެރެމެޑިކްސް ޔުނިފޯރމްގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މަސައްކަތްކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާރު ފަށައިގެން އުޅޭ އިންޑިޔާ އައުޓް ކެމްޕެއިނާއެކު ކުރިން ދިމާނުވާ މައްސަލަތަކެއް މިހާރު ފެންމަތިވަމުން އަންނަކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އެކެމްޕެއިނާއެކު ސެނެހިޔާ ކައިރިޔަށް އައިސް އެތަނުގައި ޚިދުމަތްދިނުމިގައި ތިބޭ އިންޑިޔާ ޑޮކްޓަރުން ނެރެން ގޮވަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބައެއް ފަހަރު ރަށްރަށުގައި ޑޮކްޓަރުން ނެތުމުގެ ސަބަބުން މިޑޮކްޓަރުން ރަށްތަކަށް ގޮސް އެރަށަކަށް ޑޮކްޓަރަކު ލިބެންދެން މަސައްކަތްކުރާ ކަމަށެވެ. މީގެއިތުރުން އެންމެ ފުރަތަމަ ސެނެހިޔާ ހުޅުވުމުގެ މަރުހަލާގައިވެސް އިންޑިޔާގެ ފަރާތުން މެޑިކަލް ގިނަ ކަންތައްތަކެއްގައި އެހީތެރިކަން ލިބިފައިވާއިރު ޑޮކްޓަރުން ތަމްރީނުވުމުގައިވެސް އަރމީ ގިނަ ޑޮކްޓަރުންތަކެއް އިންޑިޔާއިން ތަމްރީނުވެ މިހާރުވެސް ތަމްރީން ވަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑައިރެކްޓަރ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖެންސް ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީ ވިދާޅުވީ "އިންޑިޔާ އައުޓް" ކެމްޕެއިންގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމަށެވެ. ސޯޝަލް މީޑިޔާގައި ކުރިޔަށްގެންދާ އިންޑިޔާ އައުޓް ހޭޝްޓެގް ކެމްޕެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ކުރަމުންދާކަމަށް ޒުުހުރީ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޒުހުރީ ވިދާޅުވިއެވެ.

ޒުހުރީ އިތުރަށް ވިދާޅުވީ މިކެމްޕެއިންގެ ތެރެއިން ކުރިޔަށްދާ ހަރަކާތުގެ ސަބަބުން ނަފުރަތާއި ފިތުނައާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ދެކެވެމުންދާކަމަށެވެ. އޭގެ ގެއްލުން ރައްޔިތުންނަށާއި ދައުލަތަށް ވެދާނެކަމަށް ޒުހުރީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ

26 ފެބުރުއަރީ 2017
އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް