Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ޕާކިންގ ސްލޮޓްތައް ހުޅުވާލުން

211 ޕާކިންގ ސްލޮޓަށް 2429 ފޯމު

18 ފެބުރުއަރީ 2022 | ހުކުރު 02:03

ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2022 | ހުކުރު 02:03
ޕާކިންގ ސްލޮޓްތައް

ޕާކިންގ ސްލޮޓްތައް

މާލެ ސިޓީ ކައުންސިލުން މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2429 ފޯމު ލިބިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕާކިން ސްލޮޓަށް އެދޭ ޕޯޓަލް ބުދަ ދުވަހު ހުޅުވާލި އެވެ. ނަމަވެސް އެ ލިންކް ބްލޮކްވުމާއި ގުޅިގެން، ބުރާސްފަތި ދުވަހު ވަނީ އަލުން ޕޯޓަލް ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމާފައެވެ. އެ ލިންކް ބްލޮކް ކުރީ ސަރުކާރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވިއެވެ. މޭޔަރު ކުރެއްވި ތުހުމަތަށް އިޝާރާތް ކުރައްވައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ, މޭޔަރު މަސައްކަތް ކުރައްވަނީ އަބަދުވެސް ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ މަސައްކަތް ކަމަށެވެ. އަލީ ސޯލިހު ވިދާޅުވީ, އެފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލުން ފަހުން ފުރުސަތު ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދެއަކުން ހަވީރު ހަޔަކަށެވެ. ސިޓީ ކައުންސިލުން ބުނީ ހައެއް ޖެހުމާއެކު ފޯޓަލް ބަންދުކުރިއިރު 2429 މީހަކު ފޯމް ހުށައަޅާފައިވާ ކަމަށާއި ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

މި ޕާކިންގ ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތަކަށް, އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޚާއްސަ ސްލޮޓްތައް ހިމެނެއެވެ. މިހާރު ގާއިމުކުރެވިފައިވާ ޕާކިންގ ސްލޮޓުތަކުގެ ތެރެއިން %25 ޚާއްސަކުރެވިފައި ވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެއެވެ. މި ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރަޖިސްޓްރީކުރުން ނުހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ޖޫން 2018

ފްލެޓް ފޯމް ހުށަހެޅުން: 5 މިނިޓް ތެރޭގައި ފޯމު ހުށަހަޅާ ނިންމާ ލެވޭނެ: ހައުސިން މިނިސްޓްރީ

03 ޖޫން 2018
ފްލެޓް ފޯމް ހުށަހެޅުން: 5 މިނިޓް ތެރޭގައި ފޯމު ހުށަހަޅާ ނިންމާ ލެވޭނެ: ހައުސިން މިނިސްޓްރީ
03 ޖޫން 2018

މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމެއް އޭޑީކޭ ގައި ހުޅުވައިފި

03 ޖޫން 2018
މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމެއް އޭޑީކޭ ގައި ހުޅުވައިފި
02 ޖޫން 2018

ފްލެޓަށް ފޯމު ބަލައިގަތުން އާދީއްތަ ދުވަހު

02 ޖޫން 2018
ފްލެޓަށް ފޯމު ބަލައިގަތުން އާދީއްތަ ދުވަހު
06 މެއި 2018

ފްލެޓް ފޯމު ނަގަން ގިނަ ބަޔަކު ތޮއްޖެހިފައި، އެއްބަޔަކަށް ފޯމެއް ނުލިބުނު!

06 މެއި 2018
ފްލެޓް ފޯމު ނަގަން ގިނަ ބަޔަކު ތޮއްޖެހިފައި، އެއްބަޔަކަށް ފޯމެއް ނުލިބުނު!
05 މެއި 2018

ފްލެޓަށް އެދޭ ފޯމު ދޫކުރާ ގޮތުގެ މައުލޫމާތު މާދަމާ ހެނދުނު އިއުލާންކުރަނީ

05 މެއި 2018
ފްލެޓަށް އެދޭ ފޯމު ދޫކުރާ ގޮތުގެ މައުލޫމާތު މާދަމާ ހެނދުނު އިއުލާންކުރަނީ
16 މާރިޗު 2018

ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެ ދެވަނަ އިންޒާރު: ވަކި ހިސާބަކުން މިރޭގެ މުޒާހަރާއާ ގުޅޭނަން

16 މާރިޗު 2018
ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެ ދެވަނަ އިންޒާރު: ވަކި ހިސާބަކުން މިރޭގެ މުޒާހަރާއާ ގުޅޭނަން
24 އޮކްޓޯބަރު 2017

ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ

24 އޮކްޓޯބަރު 2017
ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ
15 އޮކްޓޯބަރު 2017

ދިއްދޫ ފްލެޓް ދިނުމުގައި އެއް ފޯމު ނަންބަރަކަށް ދެ ފްލެޓް: ކައުންސިލް

15 އޮކްޓޯބަރު 2017
ދިއްދޫ ފްލެޓް ދިނުމުގައި އެއް ފޯމު ނަންބަރަކަށް ދެ ފްލެޓް: ކައުންސިލް
01 އޮކްޓޯބަރު 2017

ރަސްރަނި ބަގީޗާ ކުށްޔަށް ދޫކުރުމަށް އެޕްލިކޭޝަން ފޯމު ހައުސިން މިނިސްޓްރީން ދޫކުރަން ފަށައިފި!

01 އޮކްޓޯބަރު 2017
ރަސްރަނި ބަގީޗާ ކުށްޔަށް ދޫކުރުމަށް އެޕްލިކޭޝަން ފޯމު ހައުސިން މިނިސްޓްރީން ދޫކުރަން ފަށައިފި!
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް