Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއުު

ފްލެޓް ފޯމު ނަގަން ގިނަ ބަޔަކު ތޮއްޖެހިފައި، އެއްބަޔަކަށް ފޯމެއް ނުލިބުނު!

6 މެއި 2018 | އާދީއްތަ 11:55

ބައެއް ކެޓަގަރީތަކުން ފޯމު ނުލިބޭ ކަމުގެ ޝަކުވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 މެއި 2018 | އާދީއްތަ 11:55
ފްލެޓް ފޯމު ހޯދަން އެތައް ބަޔަކު ދަރުބާރުގެއަށް ޖަމާވެފައި

ފްލެޓް ފޯމު ހޯދަން އެތައް ބަޔަކު ދަރުބާރުގެއަށް ޖަމާވެފައި

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އާދީއްތަ ދުވަހު ސަރުކާރުން ހުޅުވާލުމާއެކު، ކިއުގައި ޖެހިގެން ދަރުބާރުގެއަށް ވަތް ބައެއް މީހުންނަށް ފޯމު ނުލިބުމުން، އެކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ މެންދުރުފަހުން ފެށިގެން ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަން އޮތީ މީހުންނާއެކު ތޮއްޖެހިފައެވެ. ތަފާތު 17 ކެޓަގަރީއަކުން ފޯމު ދޫކުރަން ޑެކްސުތަކެއް ބަހައްޓާފައިވާއިރު، ބައެއް ޑެކްސުތަކުގައި ކިއު ތަރުތީބެއް ނެތި، މީހުން ވަނީ ފުނިޖެހިފައެވެ.

Advertisement - newsAdvertisement

ފޯމު ހޯދަން އެތައް ބަޔަކު ތޮއްޖެހިފައި

ފްލެޓް ފޯމު ހޯދަން ދަރުބާރުގެއަށް ގޮސް ތިބި ބައެއް މީހުން "ރާއްޖެޓީވީ"އަށް ބުނީ އެތަނުގައި ތިބޭތާ ތިން ގަޑިއިރަށް ވުރެ ގިނައިރު، ވެފައިވާ ކަމަށާއި ބައެއް ކެޓަގަރީތަކުން ފޯމު ހުސްވެފައިވާ ކަމަށެވެ. ފޯމު ހޯދަން އަންނަ މީހުންނަށް އިރުޝާދީ، ހަމަޖައްސަންޖެހޭ އިންތިޒާމުތައް ވެސް ފުރިހަމަވެފައި ނެތް ކަމަށް އެތަނަށް ދިޔަ ބައެއް މީހުން ރާއްޖެޓީވީއަށް ކިޔައިދިނެވެ.

"މިތަނުގެ ތެރޭގައި އެނބުރެން މި ޖެހެނީ. އިމްތިޒާމުތައް އެހާ ދަށް. އެއްވެސް ވަރަކަށް އޮގަނައިޒްވެފައެއް ނެތް. ތިން ގަޑިއިރުވީއިރުވެސް ފޯމު ނުލިބިގެން ތިބެން މިޖެހެނީ. ފޯމު ނުލިބެނީ ވަކި ކެޓަގަރީތަކުން އެކަނި،" ފްލެޓަށް ކުރިމަތިލާން ފޯމު ހޯދަން ދަރުބާރުގެއަށް ދިޔަ މީހަކު ބުންޏެވެ.

ދަރުބާރުގެއަށް މީހުން ޖަމާވެ ފުނިޖެހިފައި

ދަރުބާރުގެއަށް މީހުން ޖަމާވެ، ތޮއްޖެހިފައި ވަނީ ފަސޭހައިން ފޯމު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވަނިކޮށެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 31ގެ ނިޔަލަށް ފޯމް ދޫކުރާ ގޮތަށް ނިންމާފައިވާއިރު، ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެވެއެވެ. ފްލެޓް ފޯމު ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖުލައި 31ގެ ނިޔަލަށް ހުޅުވާލާނެއެވެ.

ފްލެޓް ފޯމު ދޫކުރަނީ ހުޅުމާލޭގައި އިމާރާތް ކުރާ ޝޯޝަލް ހައުސިން ޔުނިޓުން ދޫކުރާ 7،000 ފްލެޓަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް