Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓް ފޯމް ހުށަހެޅުން

ފްލެޓް ފޯމް ހުށަހެޅުން: 5 މިނިޓް ތެރޭގައި ފޯމު ހުށަހަޅާ ނިންމާ ލެވޭނެ: ހައުސިން މިނިސްޓްރީ

3 ޖޫން 2018 | އާދީއްތަ 11:11

ކިއު ބީ އެޕް މެދުވެރިކޮށް ނަމްބަރު ނަގައިގެން ސީދާ ގަޑިއަށް ވަޑައިގެންނެވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 ޖޫން 2018 | އާދީއްތަ 11:11
ފްލެޓް ފޯމް ހުށަހެޅުމުގެ ތެރެއިން

ފްލެޓް ފޯމް ހުށަހެޅުމުގެ ތެރެއިން

ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް 5 މިނިޓް ތެރޭގައި އެކަން ނިންމާލެވޭނޭ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމުގައި ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން އާދީއްތަ ދުވަހު ފަށާފައިވާއިރު 20 ކައުންޓަރަކުން ދަނީ އެއްފަހަރާ ޚިދުމަތް ދެމުންނެވެ. އަދި ކިއޫގައި މަޑުކުރުން ކުޑަކުރުމަށް އިލެކްޓްރޯނިކް ކިއު ސިސްޓަމް ވަނީ ގާއިމް ކޮށްފައެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީއަށް އިންޓަރވިއު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގެ ކަންކަން ފެށިގެން ދިޔައީ ވެސް ވަރަށް ރަނގަޅަށް ކަމަށާއި ހަމަޖެއްސިފައިވާ އިންތިޒާމްތަކާ އެއްގޮތަށް ދެމުންދިޔަ މެސެޖް ރައްޔިތުން ބަލައިގަތީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.

ފޯމް ބަލައިގަތުން ކުރިއަށް ދަނީ

"ކިއު ބީން ނަމްބަރު ނަންގަވައިގެން ގޭގައި ތިއްބަވާފައި 10 ވަރަކަށް މިނިޓަށް ވީމަ ވަޑައިގެންނެވީމަ އިތުރު ވަގުތުތަކެއް ފާއިތުނުވެ ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި މިއޮތީ. މިދަނީ 20 ކައުންޓަރުން ޚިދުމަތްދެމުން. ގާތްގަނޑަކަށް ފޯމް ބަލައިގަތުމަށް މީހަކަށް ގިނަވެގެން 5 މިނިޓް ވެސް ހޭދަ ނުވާނެ" ނަޒީމް ވިދާޅުވިއެވެ.

ފޯމް ބަލައިގަތުން ކުރިއަށްދަނީ

އާދިއްތަ ދުވަހު ހެނދުނު 10:00 ޖެހިއިރު ފޯމް ބަލައިގަންނަން ފަށާފައިވާއިރު މެންދުރު ފަހު 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ވަނީފޯމް ބަލައިގަތުމަށް ހަމަޖައްސާފައެވެ.

ނަޒީމް ވިދާޅުވީ އަންނަ ޖުލައި މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ ކަންކަން ދަރުބާރުގޭގައި ކުރިއަށް ދާނެ ކަމަށާއި ހުކުރު ދުވަސްނޫން ކޮންމެ ދުވަހަކު ވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ފޯމް ފުރައިދިނުމާއި މައުލޫމާތު ފޯރު ކޮށްދިނުމަށް އެހީތެރިވެދޭނެ ބަޔަކު ވެސް ހަމަޖައްސާފައިވާނޭ ކަމަށް ނަޒީމް ވިދާޅުވިއެވެ. އަދި ފޯމް ދޫކުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ފޯމް ބަލައިގަތުން ކުރިއަށް ދަނީ

"މިމާލަމުގެ މެދުތެރޭގައި 4 މޭޒެއް ބަހައްޓާފައި ހުންނާނެ. ވަޑައިގެން އަޅުގަނޑުމެންގެ މުވައްޒަފުންނާ ބައްދަލު ކުރީމަ ދެވެން އެންމެ ރަނގަޅަކަށް މައުލޫމާތު ފޯރުކޮށްދެވޭނެ" ނަޒީމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ފޯމް ބަލައިގަތުން ކުރިއަށް ދަނީ

ފްލެޓް ފޯމު ދޫކުރަނީ ހުޅުމާލޭގައި އިމާރާތް ކުރާ ޝޯޝަލް ހައުސިން ޔުނިޓުން ދޫކުރާ 7،000 ފްލެޓަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މިކެޓަގަރީތަކުގެ ތެރެއިން ފޯމު ލެވޭނީ ބޭނުންވާ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.

މި ސްކީމްގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ކަމުގައިވާ ނަމަ އޭގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލަންޖެހެއެވެ. އެހެން ނަމަވެސް 600 އަކަފޫޓަށް ވުރެ ކުޑަކޮށް ގެއެއް ނުވަތަ ފްލެޓެއް ލިބިފައިވާ ކަމުގައިވާ ނަމަ އެމީހަކަށް މި މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް