Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު

ފްލެޓަށް ފޯމު ބަލައިގަތުން އާދީއްތަ ދުވަހު

2 ޖޫން 2018 | ހޮނިހިރު 07:13

އާދިއްތަ ދުވަހު ހެނދުނު 10:30 އިން 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އިން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށް ފޯމު ބަލައި ގަންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖޫން 2018 | ހޮނިހިރު 07:13
ފޯމު ހޯދަން އެތައް ބަޔަކު ތޮއްޖެހިފައި

ފޯމު ހޯދަން އެތައް ބަޔަކު ތޮއްޖެހިފައި

ފްލެޓަށް އެދި ފޯމު ބަލައިގަތުން އާދީއްތަ ދުވަހުން (މާދަމާ) ފެށިގެން ކުރިއަށްދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ އާދިއްތަ ދުވަހު ހެނދުނު 10:30 އިން 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 ން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ ކަންކަން ދަރުބާރުގޭގައި ކުރިއަށް ދާނެ ކަމަށެވެ.

Advertisement - newsAdvertisement

ހައުސިން މިނިސްޓްރީން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ޖުލައި މަހުގެ 31 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށާއި ކިޔުޖެހިގެން ފޯމު ލާން ނުޖެހޭނެ ކަމަށެވެ. އަދި ކިއު ހެދުން ކުޑަކުރުމަށް އިލެކްޓްރޯނިކް ކިއު ސިސްޓަމް ގާއިމުކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ކިއުބީ އެޕްލިކޭޝަނަކީ މިހާރު ވެސް ސަރުކާރުގެ ބައެއް އޮފީސްތަކާއި ބައެއް ކުންފުނިތަކުގައި މިހާރު ވެސް ބޭނުންކުރާ ސިސްޓަމެކެވެ. އެ އެޕް މެދުވެރިކޮށް ޚިދުމަތް ދެމުން ގެންދާ ނަންބަރާއި ބާކީ އޮތް ނަންބަރާއި ވަގުތު އަންގައިދީ ކުރިއާލާ އެލާޓްކޮށްދެއެވެ. ފޯމް ބަލައިގަތުމަށް ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ މަރުކަޒުގައި ގިނަ އަދަދެއްގެ ކައުންޓަރުންތައް ގާއިމުކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

ފްލެޓް ފޯމު ދޫކުރަނީ ހުޅުމާލޭގައި އިމާރާތްކުރާ ޝޯޝަލް ހައުސިން ޔުނިޓުން ދޫކުރާ 7،000 ފްލެޓަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މިކެޓަގަރީތަކުގެ ތެރެއިން ފޯމު ލެވޭނީ ބޭނުންވާ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.

މި ސްކީމްގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ކަމުގައިވާ ނަމަ އޭގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލަންޖެހެއެވެ. އެހެން ނަމަވެސް 600 އަކަފޫޓަށް ވުރެ ކުޑަކޮށް ގެއެއް ނުވަތަ ފްލެޓެއް ލިބިފައިވާ ކަމުގައިވާ ނަމަ އެމީހަކަށް މި މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި ފްލެޓްތައް ބޭނުން ވެގެން މިހާތަނަށް ދަރުބާރުގެ މަރުކަޒުން 40،000 އަށް ވުރެ ގިނަ ފޯމު ނަގާފައިވާ އިރު އޮންލައިން މެދުވެރިކޮށް ވެސް ގިނަ ބަޔަކު ވަނީ ފޯމް ނަގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް