Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ އިންޒާރު

ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެ ދެވަނަ އިންޒާރު: ވަކި ހިސާބަކުން މިރޭގެ މުޒާހަރާއާ ގުޅޭނަން

16 މާރިޗު 2018 | ހުކުރު 10:24

އޮޕަރޭޝަނަލް ޓީމު މުޅި އެސްއޯ ޓީމުން މުޒަހަރާގެ ބައިވެރިންނާ ގުޅޭނެ ކަމަށް މާތްﷲ ގަންދީ ވަނީ ހުވާކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 މާރިޗު 2018 | ހުކުރު 10:24
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯ

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯ

ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ނިކުންނާނެކަމަށް ބުނެ މިމަހުގެ 14 ވަނަ ދުވަހު ފުލުހުންކަމަށް ބެލެވޭ އެސްއޯ ޔުނީފޯމްގައި ތިބި ތިން މީހަކު އިންޒާރު ދީފައި ވަނިކޮށް އަނެއްކާވެސް ފުލުހުންގެ ޔުނީފޯމްގައި ތިބި ބައެއްގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯގައި ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމްގައި ތިބި ތިން މީހަކު ވަނީ މިރޭ އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބާއްވާ މުޒާހަރާއާއި ވަކި ހިސާބަކުން ގުޅޭނެކަމަށް ބުނެފައެވެ.

އެވީޑިއޯގައި ބުނެފައިވަނީ މީގެ ކުރިން ވަނީ އެސްއޯ ފުލުހުންގެ މެސެޖެއް ދީފައި ކަމަށާއި މިއީ އޮޕަރޭޝަނަލް ޓީމު ކަމަށެވެ. މިރޭގެ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވެސް މިވީޑިއޯގައި ގޮވާލާފައި ވެއެވެ. އަދި ބުނެފައިވަނީ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިންނާ ގުޅޭނެ ކަމަށާއި އޮޕަރޭޝަނަލް ޓީމާއި މުޅި އެސްއޯ ޓީމުން މުޒަހަރާގެ ބައިވެރިންނާ ގުޅޭނެ ކަމަށް މާތްﷲ ގަންދީ ހުވާކުރާކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އެސްއޯ ޔުނީފޯމްގައި ތިބި ތިން މީހަކު އާންމުކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ މިގޮތަށް ފުލުހުން ބައްދަލުކޮށްލަންޖެހެނީ، ފުލުހުން ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރަމުންދާތީ އާއި އެތައް ބަޔަކު ފްރޭމްކޮށް އެތައް އާއިލާތަކަށް އަނިޔާތައް ކުރަމުންދާތީ ކަމަށެވެ.

ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯގައި ފުލުހުންގެ ޔުނިފޯމްގައި ތިބި ތިން މީހުން އަދި އިއްޔެ އާންމުކޮށްފައިވާ ވީޑިއޯގައި ތިން މީހުން ތިބިއިރު ދެ ވީޑިއޯގައިވެސް އެ ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ.

އިއްޔެ ނެރެފައިވާ ވީޑިއޯއާއި ގުޅިގެން ފުލުހުން ކޮމެންޓެއް ކޮށްފައި ނުވާއިރު މިމަހުގެ 14 ވަނަ ދުވަހު އާންމު ކޮށްފައިވާ ވީޑިއޯ އާއި ކުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މިހާ ހިސާބަށް އައިރު އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައިނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް