Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ ޕާކިންގް

މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމެއް އޭޑީކޭ ގައި ހުޅުވައިފި

19 ކާރުގެ ޖާގަ މެކޭނިކަލް ޕާކިންގ އިން ލިބޭނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 3 ޖޫން 2018 | އާދީއްތަ 09:19
ކާރު ޕާކު ކުރާ ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކާރު ޕާކު ކުރާ ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭޑީކޭ ހޮސްޕިޓަލް ގޯތި ތެރޭގައި ހަދާފައިވާ މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކާރ ޕާކިންގ ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ. އެ ނިޒާމު ބޭނުން ކުރަން ފެށުމުގެ ގޮތުން ވަނީ މުއިއްޒުގެ ކާރުކޮޅު އެ ސިސްޓަމް ގައި ޕާކްކޮށްފައެވެ.

މުއިއްޒު ވިދާޅުވީ މިފަދަ މުހިއްމު ޚިދުމަތެއް ރައްޔިތުންނަށް ފޯރު ކޮށް ދިން ކަމަށްޓަކައި އޭޑީކޭގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މި ޚިދުމަތް ވަރަށް އުފަލާއެކީ ފާހަގަ ކުރާ ކަމަށާއި އެއީ ސަރުކާރުން ފަށައިފައިވާ، މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމުގެ މަޝްރޫގެ ތެރޭގައި އަމިއްލަ ފަރާތަކުން ބައިވެރިވެގެން މިފަދަ މަސައްކަތެއް އޭޑީކޭއިން އިސް ނަގައިގެން ފެއްޓުމުން ކަމަށް ވެސް ވިދާޅުވިއެވެ. މުއިއްޒު ވަނީ އަމިއްލަ ފަރާތްތަކުން ޕާކިންގ ޒޯންތައް އިސްނަގައިގެން މިފަދައިން ހަދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ، ހޮސްޕިޓަލަށް ވަދެ ނިކުމެ ވާ މަގު ކާރު ޕާކާ އެކަށީގެންވާ ގޮތަކަށް ހަދާފައިވާ ކަމަށެވެ. ފަސް ފްލޯގެ ޕާކިން ސިސްޓަމްގައި ހަތަރު ފުރޮޅުލީ 19 ވެހިކަލް އެއްފަހަރާ ޕާކް ކުރެވޭނެ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. އެވެ. ޕާކް ކުރުމުގެ ފީގެ ގޮތުގައި ނަގަނީ ހަތަރު ގަޑިއިރަށް 50 ރުފިޔާ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ ސީދާ އެ ސިސްޓަމަށް ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. ހަތަރު ގަޑިއިރު ހަމަވުމަށް ފަހު، ދެން އެ ސިސްޓަމްގައި ވެހިކަލެއް ޕާކް ކުރަން ބޭނުން ނަމަ ޗާޖް ކުރާނީ ގަޑިއިރަކަށް 60 ރުފިޔާ އެވެ. އަދި ސައުވީސް ގަޑިއިރު ވަންދެން އެ ނިޒާމުގައި ޕާކް ކޮށްފައިވާ ވެހިކަލްތައް އޭޑީކޭއިން ބޭނުން ވެއްޖެ ހާލަތެއްގައި ޓޯ ކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މެކޭނިކަލް ޕާކިން ސިސްޓަމްގައި ވެހިކަލެއް ބާއްވާފައި އޮންނައިރު، ގުދުރަތީ ކަމަކުން ފިޔަވައި ދިމާވާ އެހެން ހާދިސާއެއްގައި އެ ވެހިކަލަކަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުމަށް ވެހިކަލްތައް އިންޝުއާ ކޮށްފައި އޮންނާނެ ކަމުގެ ޔަގީންކަން ވެސް އަފްއާލް ވަނީ ދެއްވާފައެވެ.

އަފްއާލް ވިދާޅުވީ ކާރު ޕާކާއި ޖެހިގެން އޮތް ބިމުގައި އައު އިމާރާތެއް ފަރުމާ ކުރަމުންދާކަމަށާއި އެ އިމާރާތުގެ ދެ ފުލޯ ޚާއްސަ ކުރާނީ ސައިކަލު ޕާކް ކުރުމަށް ކަމަށެވެ. އޭރުން ގާތް ގަޑަކަށް 300 ސައިކަލު އެއްފަހަރާ ޕާކް ކުރެވޭނެ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު