Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަން

ފްލެޓަށް އެދޭ ފޯމު ދޫކުރާ ގޮތުގެ މައުލޫމާތު މާދަމާ ހެނދުނު އިއުލާންކުރަނީ

7000 ފްލެޓަށް މިފަހަރު ހުޅުވާލާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 މެއި 2018 | ހޮނިހިރު 19:32
އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު މަސައްކަތް ފެށި ޓާޓާ ފްލެޓްތައް

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު މަސައްކަތް ފެށި ޓާޓާ ފްލެޓްތައް

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އިތުރު 7000 ފްލެޓަށް ފުރުސަތު ހުޅުވާލުމަށް އާދިއްތަ ދުވަހު ފޯމު ދޫކުރަން ފަށާއިރު، ފޯމު ދޫކުރާނެ ގޮތުގެ ތަފްޞީލް މައުލޫމާތު އާދިއްތަ ދުވަހު ހެނދުނު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރާނެކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީއިން ބުނެފައިވަނީ ފޯމު ދޫކުރުމުގައި ފަސޭހަ ގޮތްތަކެއް މިފަހަރު އިންތިޒާމްކުރެވޭނެ ކަމަށެވެ. މީގެ ކުރިން ފޯމު ނެގުމަށްވެސް ބޮޑު ކިޔޫ ހަދާއިރު، އެކަމުގެ ސަބަބުން ފްލެޓަށް އެދޭ ފަރާތްތަކަށް ދަތިތަކާއި ދިމާވެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައިވަނީ، "ފްލެޓަށް އެދި ފޯމު ދޫކުރާ ވަގުތުތަކާއި، ފޯމު ދޫކުރުމާއި ބެހޭ އެންމެހާ އިންތިޒާމްތަކާއި, ފޯމާއި ކެޓަގަރީތަކުގެ ތަފްސީލް މައުލޫމާތުފަދަ މުހިއްމު ހުރިހާ މައުލޫމާތެއް 6 މެއި ހެނދުނު 10:00 ގައި އޮންނަ ލައިވް ޕްރެސް ކޮންފަރެންސްގައި ހިއްސާކުރެވޭނެ" ކަމަށެވެ.

ފޯމު ދޫކުރާ ގޮތަށް ހަަމަޖެހިފައިވަނީ ދަރުބާރުގެއިންނެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުންވެސް ޑަައުންލޯޑްކުރެވޭނެއެވެ.

މި 7000 ފްލެޓް ޚާއްސަ ކޮށްފައިވާ ގޮތުގެ ތަފްޞީލް

  1. މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044 ފްލެޓް
  2. ސިވިލް ސަރވަންޓުންނަށް: 1،000 ފްލެޓް
  3. މާލޭގެ ރަށްވެހިންނަށް: 1،000 ފްލެޓް
  4. ކައިވެނިކޮށްގެން އުޅޭ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް: 1،000 ފްލެޓް
  5. ޓީޗަރުންނަށް: 650 ފްލެޓް
  6. ފުލުހުންނާއި ސިފައިންނަށް: 600 ފްލެޓް
  7. ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް
  8. އެކަނިވެރި މައިންނާއި ބަފައިންނަށް: 400 ފްލެޓް
  9. ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު މީހުންނަށާއި، ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު މީހުންނަށް: 300 ފްލެޓް
  10. މާފަންނު ހުޅަނގު ދާއިރާގައި ނިކަމެތިކޮށް ދިރިއުޅޭ އާއިލާތަކަށް: 256 ފްލެޓް
  11. ނުކުޅެދޭ އާއިލާތަކަށް: 200 ފްލެޓް

ފްލެޓަށް ކުރިމަތިލުމަށް ފޯމު ދޫކުރުމަށް ތައްޔާރުވަމުން އަންނައިރު، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ކޮރަޕްޝަން އިންތިހާއަށް އެކުލެވޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ފްލެޓް ދޫކުރުމުގައި ސަރުކާރުގެ އިސްވެރިންނާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ މެމްބަރުންނަށް އިސްކަންދޭކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު

07 ޖޫން 2017
ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު
27 މެއި 2017

ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް

27 މެއި 2017
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް
02 މެއި 2017

ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!

02 މެއި 2017
ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު