Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޖޭއެސްސީއަށް ގެންނަން ޖެހެނީ ކޮން ބަދަލެއް؟

ޖޭއެސްސީގައި ސިޔާސީ މީހުން ތިބެންޖެހެނީ، ސިޔާސީ މީހުން އައްޔަން ކުރަނީ ރައްޔިތުންކަމަށްވާތީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 15:06
ޖޭއެސްސީން ޕީޖީއާ ބައްދަލު ކުރުން

ޖޭއެސްސީން ޕީޖީއާ ބައްދަލު ކުރުން

އަބަދުވެސް ދެކެވެނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ނުވަތަ ޖޭއެސްސީއަށް ބަދަލު ގެންނަން ޖެހޭ ވާހަކައެވެ. ބައެއް ފަހަރު ފަނޑިޔާރުންގެ ނުފޫޒުން އެތަން ސަލާމަތްކުރަން ޖެހޭ ކަމުގެ ވާހަކައެވެ. އަނެއްފަހަރު ސިޔާސީ މީހުންގެ ވާހަކައެވެ. އަދި އެތަނުގެ މެންބަރުންގެ ދައުރުގެ މުއްދަތު ކުރުކުރާ ވާހަކައާއި، މެންބަރުން އިތުރުކުރާ ވާހަކައާއި މަދުކުރާ ވާހަކައެވެ.

މިއީ ނިމުމެއް ނެތް ކަމެކެވެ. އަބަދުވެސް ކޮންމެވެސް ބައެއްގެ ނުރުހުން އަމާޒުވެފައެވެ. ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތަކީ، ފަނޑިޔާރުންގެ ސުލޫކީ މަސައްކަތްތައް ބެލުމާއި، އެ މަސައްކަތުގެ ތެރެއިން ފަނޑިޔާރުގޭގެ ކަންކަން އިންސާފުވެރި ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމެވެ. އަދި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައާއި، ކޯޓުތަކާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމަކީ, މިއަދު އަމަލުކުރަމުން މި ދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 150 ވަނަ މާއްދާގެ ދަށުން ޖޭ.އެސް.ސީއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކެވެ.

ޖޭ.އެސް.ސީ އެކުލެވޭ ގޮތާއި އަދި އެ ކޮމިޝަނުން ކުރަންޖެހޭ ކަންކަމަށް މި ވަގުތު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މި ހަމަތަކަކީ, މިހާރު އަމަލުކުރަމުން މި ދާ ގާނޫނުއަސާސީ އެކުލަވައިލެވުނުއިރު ރާއްޖޭގެ ކަންކަން ހިނގަމުންދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ހަމަތަކެވެ. މިއަދު އަމަލުކުރަމުން މިދާ ގާނޫނުއަސާސީގެ ކުރިން އަމަލުކުރަމުން އައި ނޫ ގާނޫނުއަސާސީގެ 39 ވަނަ މާއްދާގެ ދަށުން, ދިވެހިރާއްޖޭގައި އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އުއްތަމަފަނޑިޔާރާއި ކޯޓުތަކަށް ފަނޑިޔާރުން އިސްކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފި ހިނދެއްގައި ކޮންމެ ކޯޓެއްގެ ފަނޑިޔާރަކު ވެސް އޭނާގެމަގާމުން ވަކިކުރެވިދާނެއެވެ. އަދި ކޯޓުތައް ހިންގުމާ ބެހޭ އަމުރުތަކާއި، ފަނޑިޔާރުންގެ ސުލޫކާބެހޭ އަމުރުތައް ކުރުމުގެ ބާރު ލިބިގެންވަނީ އެކަން ކުރުމަށް ނޫ ގާނޫނުއަސާސީގެ 121 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ ވަޒީރު ބޭފުޅަކަށެވެ. މިއީ ގާނޫނު އަސާސީއަށް އިސްލާހު ގެނެވި, ފެހި ގާނޫނުގެ ކުރިން ކަން ހިނގަމުން އައި ގޮތެވެ. މިއީ މި ޤާނޫނުއަސާސީ އެކުލަވައިލެވުނުއިރުގައި ޢަމަލުކުރަމުން ގެންދިޔަ ނޫ ގާނޫނުއަސާސީގައި, ޝަރީްަތް ހިންގުމާ ގުޅޭގޮތުން ކަނޑައަޅާފައި އޮތް ގޮތެވެ.

ޖޭ.އެސް.ސީގައި ސިޔާސީ މީހުނާއި އަދި ފަނޑިޔާރުން ވެސް މި ވަގުތު ހިމެނެއެވެ. މިއަދު މި ދެކެނީ، ޖޭ.އެސް.ސީގައި ސިޔާސީ މީހުންނާއި އަދި ފަނޑިޔާރުން ތިބެގެންނުވާނެ ކަމާއި، އެ ކޮމިޝަންގައި ދެ ބައިމީހުން ވެސް ހިމެނެނީ އެއް މިންވަރަކަށް ކަމެވެ.

ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުމުލަ ތިން ފަނޑިޔާރުން އެ ކޮމިޝަންގައި ތިއްބަވައެވެ. ސިޔާސީ މީހުންގެ ތެރެއިން ތިން ބޭފުޅުން، ތިއްބަވައެވެ. މި ހަ މީހުންގެ އިތުރުން އެ ކޮމިޝަންގައި ދެން ތިބޭ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ވެސް މަޖިލީހުން ކަނޑައަޅާ މީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހުންނެވެ.

އެ ނޫން ފަރާތަކަށް އެ ކޮމިޝަންގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ގާނޫނީ ވަކީލަކާއި، މަޖިލީހުގެ ރައީސްއެވެ. ދެން އުފައްދާ ސުވާލަކީ މަޖިލީހުގެ ރައީސެއް އިނުމުން ވަކި ކޮން ނުފޫޒެއް ފޯރާތޯއެވެ. އަދި މެންބަރެއް އިދެގެންވެސް ނުފޫޒު ފޯރުވާހެއްޔެވެ.

ހަގީގަތުގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭ.އެސް.ސީގައި އިންނެވުމަކީ އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރި ކަމެކެވެ. ސިޔާސީ މީހުންނަކީ، ސީދާ ރައްޔިތުން އިންތިޚާބުކުރާ ބައެކެވެ. އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ބައެއް ހަމަ އަދިވެސް ނެތެވެ. އަދި ޖޭ.އެސް.ސީގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ފަނޑިޔާރުންގެ ކަންކަން ބަލައި، ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބަލައި، އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭއިރު، ޖޭ.އެސް.ސީއަކީ ޤާނޫނުއަސާސީން އުފައްދާފައިވާ ވަކި ފަރާތަކަށް ބުރަނުވެ، މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށް ވާއިރު، އެ ތަނުގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެކެވެ.

ޖޭ.އެސް.ސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރި ކަމެކެވެ. ބަންޑާރަ ނައިބާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުން ޖޭ.އެސް.ސީގައި ތިއްބަވައި, ޖޭ.އެސް.ސީގައި ބަންޑާރަ ނައިބު އިންނެވުމުގެ ބޭނުންތެރިކަން ފެނިގެން މިއަދު އެބަދެއެވެ.

މިއަދުގެ ހަގީގަތަކީ, މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހަކު ކަމަށް އެކެއްގެ ވެސް ނިއްކުރީގައި ޖަހާފައެއް ނުވެއެވެ. އަދި އެއްވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިންނެވެ. އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިފައި އޮތީ ވޯޓުނެގުމެވެ. މިއަދު ފައްކާވަމުން އަންނަ ޑިމޮކްރަސީގައި މި ކަންކަން ފެނިގެން އެބަދެއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު