Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގެ ރަންޔޫބީލާ ގުޅޭ ސްޓޭމްޕް ނެރުން

ރާއްޖޭގެ 50 އަހަރުގެ ފަތުރުވެރިކަން ދައްކުވައިދޭ ސްޓޭމްޕްސެޓެއް ނެރެފި

16 ފެބުރުއަރީ 2022 | ބުދަ 14:36

ރާއްޖޭގެ 50 އަހަރުގެ ފަތުރުވެރިކަން ދައްކުވައިދޭ 6 ސްޓޭމްޕެއް ނެރެފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ފެބުރުއަރީ 2022 | ބުދަ 14:36
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ޚާއްސަ ސްޓޭމްޕް ސެޓެއް ނެރެފިއެވެ.

މި ސްޓޭމްޕް ސެޓް ނެރުމަށް ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ސްޓޭމްޕް ތައް ނެރެދެއްވީ ފަތުރުވެރިކަމުގެ ބާނީންކަމުގައިވާ އެމްޔޫ މަނިކު، ހުސެއިން އަފީފް، އަހުމަދު ނަސީމް، ޖޯޖް ކޯބިން އަދި ރާއްޖެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ އަހުމަދު މުޖުތަބާއެވެ.

މި ރަސްމިއްޔާތުގައި 6 ސްޓޭމްޕެއް ނެރެފައިވާއިރު މިއިން ކޮންމެ ސްޓޭމްޕަކުންވެސް ޚާއްސަ ކަމެއް ރަމްޒުކޮށްދެއެވެ. މިގޮތުން އެންމެ ފުރަތަމ ލޯންޗުކޮށްފައިވާ 5 ރުފިޔާގެ ސްޓޭމްޕުން ރަމްޒުކޮށްދެނީ 3 އޮކްޓޫބަރު 1972 ގައި ރާއްޖޭގައި ފަތުރުވެރިކަން ލޯންޗުކުރިކަމެވެ. އަދި ރާއްޖޭގެ ފުރަތަމަ ރިޒޯޓު ކަމުގައިވާ ކުރުނބާ ވިލެޖު ހުޅުވުނު ދުވަހަކީވެސް މިއީއެވެ. ދެވަނައަށް ލޯޯންޗުކުރި 10 ރުފިޔާގެ ސްޓޭމްޕުން ރަމްޒުކޮށްދެނީ 1980ގެ ފަހު އަހަރުތަކުގައި ރާއްޖެއަށް ވޯޓަރ ބަންގަލޯ ތައާރަފުކުރެވުނު ކަމެވެ. މިގޮތުން ރާއްޖޭގެ ރިސޯޓެއްގައި އެންމެ ފުރަތަމަ ވޯޓަރ ބަންގަލޯއެއް ގާއިމްކޮށްފައިވަނީ 1986 ވަނަ އަހަރު ވާދޫ ޑައިވިންގ ޕެރެޑައިސް ރިސޯޓުގައެވެ. 3 ވަނައަށް ލޯންޗުކޮށްފައިވާ 20 ރުފިޔާގެ ސްޓޭމްޕުން ރަމްޒުކޮށްދެނީ 1987 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮސްޕިޓާލިޓީ ޓްރެއިނިންގ އިންސްޓިޓިއުޓެއް ގާއިމްކުރެވުނު ކަމެވެ. ހަތަރުވަނައަށް ލޯންޗުކޮށްފައިވާ 30 ރުފިޔާގެ ސްޓޭމްޕުން ރަމްޒުކޮށްދެނީ 1993 ވަނަ އަހަރު ރާއްޖެއަށް ސީޕްލޭންގެ ޚިދުމަތް ތައާރަފުކުރެވުނު ކަމެވެ. 40 ރުފިޔާގެ ސްޓޭމްޕުން ރަމްޒުކޮށްދެނީ 2010 ވަނަ އަހަރު ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ފަށައިގަނެވުނު ކަމެވެ. އަދި 50 ރުފިޔާގެ ސްޓޭމްޕަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާ ގުޅެގޮތުން ނެރެފައިވާ ސްޓޭމްޕެކެވެ.

މި ސްޓޭމްޕް ސެޓް ލޯންޗުކުރުމާ ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީގު ވިދާޅުވީ މި ސްޓޭމްޕް ސެޓް ފަރުމާކޮށްފައިވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި މިއީ މިހާތަނަށް ގާއިމްކޮށްފައިވާ މިފަދަ ފުރަތަމަ ސްޓޭމްޕް ސެޓް ކަމަށާއި، މި ސްޓޭމްތައް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި އޮންލައިން ޕްލެޓްފޯމުން ގަންނަން ލިބެން ހުންނާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ 16 ފެބްރުއަރީއަކީ ރާއްޖެއަށް ތާރީޚީ ދުވަހެއް ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ކަމަށާއި، މިކަން ކުލަގަދަކޮށް ފާހަގަކުރެވިގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ 3 އޮކްޓޯބަރުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މިހާރުވެސް ރާވާފައިވާކަމަށެވެ. އެގޮތުން ޓޯކް ޝޯވްތަކާއި، މިފަދަ އެކި އެކި ކަންކަން ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް